މިދިޔަ އަހަރު ތިއޭޓަރތަކުގައި ފިލުމު ނޭޅުވުނު ނަމަވެސް އޯޓީޓީ ޕްލެޓްފޯމް މެދުވެރިކޮށް ވަނީ ގިނަ ފިލުމުތަކެއް ދައްކާފައެވެ. މި ފިލުމުތަކުގެ އިތުރަށް ވެސް ލީޑު އެކްޓަރުން ވަނީ ބެލުންތެރިން ހެއްވާލާ، ރޮއްވާލާ، އަދި މަޖާ ފިލުމުތަކެއް ގެނެސްދީފައެވެ.

ބޮލީވުޑު ލައިފްގެ 2020 ވަނަ އަހަރުގެ އެންމެ މޮޅު އެކްޓަރެއް ހޮވުމަށް ބޭއްވި ޕޯލްއަކުން ވަރަށް ބޮޑު ތަފާތަކާއި އެކު 2020 ވަނަ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ލިބިފައިވަނީ ސުޝާންތު ސިންގް ރާޖުޕޫތަށެވެ. މިއީ ސުޝާންތު މަރުވުމުގެ ހިތާމައިގައި އޭނާގެ ސަޕޯޓަރުންގެ މަސައްކަތަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މި ޕޯލުގައި ހިމެނެނެނީ ތަންހާޖީ އިން އަޖޭ ދޭވްގަން (%15)، އަންގްރޭޒީ މީޑިއަމް އިން އިރުފާން ޚާން (%10)، ދިލް ބެޗާރާ އިން ސުޝާންތު ސިންގް ރާޖުޕޫތު (%67)، ގުލާބޯ ސިތާބޯ އިން އަމީތާބު ބައްޗަން (%3)، ލޫޑޯ އިން ޕަންކަޗް ޓްރިބާތީ (%4) އަދި ކުލާސް 83 އިން ބޮބީ ޑިއޯލް (%1) އެވެ.

މި ޕޯލް ސުޝާންތަށް ކާމިޔާބު ވެފައިވަނީ 67 އިންސައްތަ ވޯޓުގެ ބޮޑު ތަފާތަކުންނެވެ. މިއިން ދައްކައިދެނީ ސުޝާންތުގެ އެންމެ ފަހުގެ ފިލުމު ދިލް ބެޗާރާއިން އޭނާގެ ސަޕޯޓަރުންނަށް ނުހަނު ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ސުޝާންތުގެ އެންމެ ފަހުގެ ފިލުމު ދިލް ބެޗާރާއަށް ވަނީ އެތައް ބައެއްގެ މަގޫބޫލުކަން ލިބި އެތައް އެވޯޑެއް ވެސް ލިބިފައެވެ. ރަސަލް ޑި ސިލްވާ ބުނެފައިވަނީ އެ ފިލުމަކީ ސުޝާންތުގެ މޮޅު ހުނަރު ބަލައިލަން ލިބުނު އެންމެ ފަހު ފިލުމުކަމަށެވެ.