(ފުވައްމުލައް ސިޓީ) ސުލްތާނާ ހަދީޖާ ރެހެންދި ކަނބައިދިކިލެގެއަކީ ކޮން ބޭކަނބަލެއްކަން މިހާރު ގިނަބަޔަކަށް އެނގޭނެއެވެ. އެއީ ދިވެހިރާއްޖޭގެ ރަސްކަން ނުވަތަ ރަނިކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. ރާއްޖޭގައި 35 އަހަރު ވަންދެން ރަނިކަން ކުރެއްވި ރެހެންދި ހަދީޖާއާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް އަޑު އިވިގެން ގޮސްފައިވާ އިރު، އެކަމަނާއާ ގޮތުން ފޮތް ފޮތުގައި ވެސް ތަފާތު ވާހަކަތަކެއް އެބަ ހުއްޓެވެ. މިއީ އެކަމަނާއާ ބައްދަލު ކުރައްވަން މީގެ އެތައް އަހަރެއް ކުރިން ފުވައްމުލަކުން ދިޔަ އަންހެނެކެވެ. މިއީ މިރަށު ގަލްއަޑިގެދަރި ދޮންސިއްތީބުގެ ވާހަކައެކެވެ.
ފޮތްތަކުން އެނގެން އޮންނަ ގޮތުގައި ރެހެންދި ހަދީޖާއަކީ އަބުއި ބޭފުޅެކެެވެ. އެ ޒަމާނުގައި ކަންތައް އޮންނަ ގޮތުން ރަނިކަން ކުރައްވާ ބޭފުޅަކު ރުއްސުމަކީ ފަސޭހަކަމެއް ނޫނެެވެ. އެހެންކަމުން ކަނބަލަކު ރެހެންދި ހަދީޖާގެ ޝައުގުވެރިކަން ދަމައިގަންނާނީ ކިހާވަރެއް ވީމަ ހެއްޔެވެ؟ ދޮންސިއްތީބު ވަނީ ރެހެންދި ހަދީޖާގެ ޝައުުގުވެރިކަން ދަމައިގަނެފައެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ މިރަށުގައި ވާރުވެރިކަން (އަތޮޅުވެރިކަން) ކުރަން ހަވާލުކޮށްފައެވެ. ވާރުވެރިންނަކީ އިހުގައި ވާރާއި ހަވާލުވެ ހުންނަ މީހާއެވެ. ވާރު ނެގި ޒަމާނުގައި އެއީ އަތޮޅުވެރިޔާއެވެ.
ދޮންސިއްތީބުއާ ގުޅޭގޮތުން މިރަށުގައި ކަތީބުކަން ކުރެއްވި މުހައްމަދު ވަހީދު އަހުމަދު ވިދާޅުވީ، ދޮންސިއްތީބުގެ މަހާނައޭ ކިޔާފައި މީހުން ދައްކާ މަހާނައެއް ކެޑޭރި މިސްކިތްދޮށުގައި ހުންނަ ކަމަށެވެ. އަދި ދޮންސިއްތީބުގެ މަހަނާއަށް މީހުން ނަދުރު ބުނެ ނަހަދާ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރީ ޒަމާނުގައި އަންހެން ބޭފުޅަކު އަތޮޅެއްގެ ވާރުވެރިކަން ކުރެއްވި ވާހަކައެއް އެއްވެސް ތަނަކުން އިވިފައެއް ނޯވޭ، ބެލެވެނީ ރާއްޖޭގެ ފުރަތަމަ އަންހެން އަތޮޅުވެރިޔާ ކަމަށް" މުހައްމަދު ވަހީދު ވިދާޅުވިއެވެ.
ދޮންސިއްތީބު ވަޅުލާފައި ވަނީ މިރަށުގައި 1550 ވަނަ އަހަރު ވެލިގަލުން އެޅި ކެޑޭރެ މިސްކިތުގެ ގަބުރުސްތާނުގައެވެ.
ދޮންސިއްތީބުއާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަ!
އޭނާގެ ދައްތައެއް/ކޮއްކޮއެއް ކޮންމެވެސް މައްސަލައެއްގައި މާލެ ގެންދިޔަ ދަތުރެއްގައި އޭނާވެސް ދިޔައެވެ. އެ ދިޔައިިރު، އޭނާ ރޯނު ވެށީ ފެންފޯއް ދޮންވެގެން އޭގެ ތޮށި ހިކުމުން އޭގެންނެވެ. އާންމުކޮށް ދަތުރު މަތީގައި ރޯނު ވަށައެވެ. އެ އެއްޗެހިން އޭނާ ރޯނު ވަށައިގެން، ތައްޔާރުކޮށްގެން އޭނާ ދިޔަަ ކަމަށް ވަނީ ރަސްކަލުގެ ވެދުމަށް އަރުވާށެވެ. އޭރު ތަހުތުގައި އިންނެވި ކަމަށް ބުނެވެނީ ރެހެންދި ހަދީޖާއެވެ.
"ރެހެންދި ހަދީޖާއަށް އޭނާއަކީ ވަރަށް ހާއްސަ މީހަކަށްވެގެން، ރެެހެންދި ހަދީޖާއޯ އޭނާއަށް ވާރުވެރިކަން ދިނީ، އެހެން ކިޔަނީ" މުހައްމަދު ވަހީދު ވިދާޅުވިއެވެ.
އަތޮޅު ގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހުސައިން ޝަރީފް މުހައްމަދު ވިދާޅުވީ، އޭނާއަށް ރަށުގެ ވެރިކަން ލިބިގެން އެނބުރި ރަށަށް އޮޑިއެއްގައި ވަޑައިގަންނަވަނިކޮށް ހުވަނދު އަތޮޅުގައި އޮަޑި ދުއްވި ދުވަހު އޮޑި މީހުން ހިބަރެއް ބޭނި ކަމަށެވެ.
"އެ ހިބަރު ބޭނުމުން އޭނާ ވިދާޅުވިކަމަށް ވަނީ އޭގެ އެންމެ މީރު ތަނަކީ ކޮބައިކަން، އެގޮތަށް ބުނުމުން އެ މީހުން ބުނި ކަމަށް ވަނީ އެއީ ބޯށި ފިޔައޭ އެންމެ މީރު ވާނީ، އެހެންބުނީމަ ވިދާޅުވި އޮޑި އަނބުރާލާށޭ، ދެން އޮޑި އަނބުރާލާފައި އަނެއްްކާ މާލެ ދިޔައީ، އޭނާ މާލެ ގޮސް ރަދުން އަރިހުގައި ދެންނެވިއޭ ހިބަރުގެ ބޯށި ފިޔައަކީ ވާރުވެރިޔާއަށް އޮންނަ އެއްޗެއްކަމަށް ފަތްކޮޅެއް ލިޔުއްވާށޭ،" ހުސައިން ޝަރީފް މުހައްމަދު ވިދާޅުވިއެވެ.
މި ދެ ބޭފުޅުންވެސް ވަނީ މި ވާހަކަތަކަކީ ތެދު ވާހަކައެއްކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ހުސައިން ޝަރީފް ވިދާޅުވީ، އޭނާ ކުޑައިރުވެސް ހިބަރުގެ ބޯށި ފިޔައަކީ ކަތީބު ގެއަށް ގެންދާ އެއްޗެއްކަމަށް އޭރު މީހުން ބުނެ އުޅޭ ކަމަށެވެ.
ދޮންސިއްތީބު މަހާނަ ކައިރީގައި އިތުރު މަހާނައެއް!
ދޮންސިއްތީބު ކިޔުނު މި މީހާގެ މަހާނަ ކައިރީގައި އިތުރު މަހާނައެއްވެސް ހުރެއެވެ. މިރަށު މީހުން ބުނާގޮތުގައި، އެއީ އޭނާގެ ފިރިމީހާގެ މަހާނައެވެ. އޭނާގެ ފިރިމީހާއަކީ ކެލާ އަށް ނިސްބަތްވާ މީހެކެވެ. އޭނާއަށް ކިޔަނީ ކެލޭ ތަކުރެވެ.
"އެ މަހާނަ ހުރި ގޮތަށް ބަލާއިރު ބޮޑަށް ފާހަގަކުރެވެނީ ކެލައި ތަކުރު މަރުވީ ކުރިން ކަމަށް، އެއީ ބިސްތާން ހުރިއިރު، ފުރަތަމަ މި ހުންނަނީ ކެލައި ތަކުރު މަހާނަ، ދެން މި ހުންނަނީ ދޮންސިއްތީބު މަހާނަ، ފުރަތަމަ މަރުވާ މީހާތާ ފުރަތަމަ ވަޅުލާނީ، ދެން ޖެހިގެންތާ ދެން މަރުވާ މީހާ ވަޅުލާނީ". ހުސައިން ޝަރީފް މުހައްމަދު ވިދާޅުވިއެވެ.
ދޮންސިއްތީބުގެ މަަހާނަ ހުންނަނީ ކެޑޭރެ މިސްކިތައް ވަދެގެން ދާއިރު، މިސްކިތުގެ ކުރިމަތިން އޮންނަ ހަނި ޖަގާއިގެ ކަނާތް ފަރާތުގައެވެ. އެތަނުގައި ފިލާ ޖަހާފައި ވެއެވެ. އަދި ބިސްތާނެއްގެ ގޮތުގައި ރާނާފައިވެސް ވެއެވެ.
ދޮންސިއްތީބުއާ ކެލާތަކުރާ ގުޅޭ އިތުރު ވާހަކަތައް!
އޭރު ރާއްޖެ ތެރޭގެ ރަށަކުން މީހަކު އައިސްގެން އެ މީހާއަކީ ރަނގަޅަށް އުޅޭ މީހަކު ކަމުގައިވާ ނަމަ، އެ މީހާއަކީ އެހެން މީހުން ގަބޫލު ކުރާ މީހެއްގެ ގޮތުގައި ވެފައި އޮވެއެވެ. އެގޮތަށް ގަބަލޫ ކުރެވުނު ގަބޫލުކުރުންތަކުގައި ކެލޭ ތަކުރަކީ ހާއްސަ މީހެކެެވެ.
ދޮންސިއްތީބު އަށް ބަލާއިރު، އޭނާއަކީ މުއްސަނދި މީހެއް ކަމަށް ބުނެ އުޅެއެވެ.
އޭނާއާ ގުޅޭގޮތުން މިރަށު ކަތީބުކަން ކުރެއްވި މުނީރު ވިދާޅުވީ، އޭނާގެ ދޯންޏަކުން މަހަށް ދިޔަ ކޮއްކޮގެ ފިރިމީހާ އެނބުރި ރަށަށް އައިސް، އެ ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ފިރިމީހާ މަރުވީ ކަމަށެވެ. އެ މައްސަލާގައި ފަނޑިޔާރު ގެއަށް ދޮންސިއްތީބު ދާން ޖެހުނީއެވެ.
"މި ދިޔައީ ދޮންސިއްތީބުގެ އަމިއްލަ އޮޑިއެއްގައި، ދިޔައިރު، ދިޔައީ އަމިއްލައަށް މަސައްކަތް ކޮށްގެން ރޯނު ވަށައިގެން، ފެންފޯށް ތޮށީގައި ރޯނު ވެށިކަމަށް ކިޔާ އުޅެނީ، ގޮސްފައި ފަނޑިޔާރު ގެއިން އޭނާ އިށީންނާށޭ ބުނީމަ، މި އިށީންނީ އެއްކަލަ ރޯނުކޮޅު ބިންމަތީ ބާއްވައިގެން އޭގެ މަތީގައި" މުނީރު ވިދާޅުވިއެވެ.
މުނީރު ވިދާޅުވީ، އޭނާ އެ ރޯނު މަތީގައި އިށީންނުމުން، އެތަނުގައި ތިއްބެވި މީހުން، އޭގެ މަތީގައި އިށީންނީ ކީއްވެގެންތޯ ސުވާލު ކުރި ކަމަށެވެ. އަދި ދޮންސިއްތީބު ބުނިކަމަށް ވަނީ، އޭނާއަކީ އަމިއްލަ މަސައްކަތުން އުޅޭ މީހެއް ކަމަށާއި، ބޭނުންވަނީ އަމިއްލަ މަސައްކަތުން ހެދި އެއްޗެއްގައި އިށީންނަން ކަމަށް ބުނި، ކަމަށް މުނީރު ވިދާޅުވިއެވެ.
"ރަދުން އެކަމާއި، އޭނާއަށް ބޭނުންވަނީ ކޮންއެއްޗެއްތޯ ދޭންވީ، ބުނީމަ ބުނީ، ތިމަންނަ ބޭނުންވަނީ ފުވައްމުލައް ވާރުވެރިކަމޭ، ދެން އޭނާއަށް ވާރުވެރިކަން ލިބިގެން އޭނާ މިކޮޅަށް އައިސް އޭނާ މިތަނުގައި ވާރުކުރީ" މުނީރު ވިދާޅުވިއެވެ.
އޭނާގެ ހާއްސަ ހިދުމަތްތަކެއް ފާހަގަކުރެވިފައެއް ނުވެއެވެ. އޭނާ ދިރިއުޅުނު ގެކޮޅުވެސް މިރަށުގައެއް ނެތެެވެ. އަދި އާއިލާގެ މީހަކުވެސް މިރަށުގައި ނެތެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ތިޒާތުގެ ވާހަކަތައް ގަބޫލުކުރަން ދަތިވާނެ. ޔޯލަ ވާހަކަތައް ލިޔުމުގެ ބޭނުމެއް ނެތް.
ތާރީޙް އަކީ އަބަދުވެސް ގިނަފަހަރަށް މީހުންގެ ތުންތުން މަތިން އަންނަ ވާހަކަ ތަކެކެވެ. އެޒަމާނަކީ ފޮޓޯ އެއް ހުރި ޒަމާނެއް ނޫނެވެ. ވީމާ މިވާހަކަތައް ޤަބޫލު ކުރެވެއެވެ.
ހަމަ ހުސް ހޮޅި ފޭކު ވާހަކަ. މިޒަމާނުގަ އަހަރެމެން ގަބޫލެއް ނުކުރަން ތިޒާތުގެ ވާހަކަތަކެއް. ދޮން ބަންޑާރައިން، ޕޯޗުގީޒުން، ބޮޑުތަކުރުފާނު ފަދަ ވާހަކަ ތަކަކީ މީހުން ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ދައްކާ ފޭކު ވާހަކަތައް
ރެހެންދި ޚަދީޖާއަކީ އޭރުގެ ފެމިނިސްޓެއް. ގަނޑުވަރުގައި އަންހެންކުދީން ގެންގުޅޭކަމަށްވޭ. ދެން ފުވައްމުލަކުން ރީތި އަންހެނަކު ފެނުނީމާ އެ އަންހެނާއާ ގުޅެން އޭގެ އަގަކަށް ދެއްވީ، ފުވައްމުލަކުގެ ވާރުވެރިކަން. އެހެން އުޅެނިކޮށް ދޮންތިއްތިބޫއާ ކެލޭ ތަކުރާ ދިމާވީ. ކެލޭ ތަކުރަކީ، ގަނޑުވަރުގައި ގެންގުޅުނު ޚާދިމެއް. ކޮންމެއަކަސް މި ކެލޭ ތަކުރާއި ދޮންތިއްތިބޫ ހިތާވެގެން އުޅޭކަން އެނގުމުން، ރެހެންދި ޚަދީޖާ އެ ދެމީހުން ފުވައްމުލަކަށް ފޮނުވާލީ. އަދި ދޮންތިއްތިބޫއާއެކު މަރުދުވަހަށްވެސް އުޅުމަށް ވަޢުދުކުރުވާ ފައި ކެލޭ ތަކުރު ފޮނުވާލީ. އެ ދެމީހުންގެ ޢާއިލާވެސް އެބައޮތް. ވަގުތުމީހުން ސަރުކާރަށް ތިކޮށްދޭ ކެމްޕޭނަށް ސަލާމް. ސަންޖޭ ފަރީދަށްވެސް ސަލާމް.
މަ ކޮބާ؟ މަވެސް ވެރިކަން ކުރިން.
ވަރަށް ސަލާމް،
އެނދި މަރިޔަނބު
ތޯތޯ ވާހަކަތަކަކީ ތޯތޯ ވާހަކަ. އެބާވަތުގެ ގިނަ ވާހަކަ ތަކުގެ ތެރޭގައި ވަރަށް ނާދިރު ކަންކަމުގެ ވާގަކަ އާދޭ. ވެދާނެކަމަށް ނުވަތަ ކުރެވިދާނެ ކަމަށް ސިކުޑިއަށް އެއްގޮތަކަށް ޤަބޫލު ކުކުރެވޭ ކަންކަން ކޮށްފައިވާކަމަށް ކިޔާ އުޅޭ. ކޮންމެއަކަށް ޙަޤީޤަތެއްގެ ބައިކުޅަބައި ހިމަނާގެން ފުލޯކު ތޯތޯތަކާއެކު ކިޔޭ މިފަދަ ވާހަކަ ތަކަކީ ބޭނުންތެރި އެއްޗެއް. މިވާހަކައިންވެސް އެންމެ ކުޑަމިނުން މިއަންހެން ބޭފުޅާއަކީ ވަރަށް ކެރޭ ބޭފުޅެއްކަން އެގޭ. ރަނިކަމަނާއާ ބައްދަލުވާން ބައްދަލުވާން އިސްނަގާން ކެރޭ ބޭފުޅެއްކަން އެގޭ. ރަޢިއްޔަތެއްގެ ތެރޭގައި ނުފޫޒު ހުރި ބޭފުޅެއްކަން އެގޭ. ތާރީޚަށް ޓަކައި މިފަދަ ވާހަކަ ލިޔެފައި ހުރުން މުހިންމުކަމަށް އަޅުގަޑު ދެކެން.
ކުރިއޭޝަން އޮފް ފޭކު ހިސްޓުރީ !