ސަލްމާން ޚާނާއި މާދޫރީގެ ފާހަގަ ކޮށްލެވޭ ފިލުމު ކަމަށްވާ ''ހަމް އާޕްކޭ ހެ ކޯން'' ގެ މި މަންޒަރުގައި ރޭނުކާ ސަހާނޭ ސިޑިން ވެއްޓޭ މި މަންޒަރަށް ތަފާތު މީމްސްތައް ދައުރުވަމުންދާތީ އެކަމުގެ ހަގީގަތް މިވަނީ ކިޔައިދީފައެވެ.

ފިލުމުތަކުގެ ވިލަންގެ ރޯލުން އެންމެ ފާހަގަ ކޮށްލެވޭ މީހުންނަކީ ކޮބައިތޯ ބުނުމުން އެއީ މޮގެމްބޯ، ގައްބަރު ސިންގް ފަދަ ނަންތައް ފާހަގަ ކުރާއިރު، ފިލުމު ހަމް އާޕްކޭ ހެ ކޯންގެ ވިލަންގެ ރޯލު އަދާކޮށްފައިވަނީ މި ސިޑި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މި ފިލުމުގައި ''ލޯ ޗަލީ މެއި'' އަށް ފަހު ރޭނުކާ ސިޑިން ވެއްޓި މަރުވާ ހިސާބުން ސަލްމާނާއި މާދޫރީގެ ގުޅުމަށް ބުރުއަރައެވެ. މި ސީންއަކީ ޕްލޮޓް ބަދަލުކޮށްލުމަށް ބޭނުން ކޮށްފައިވާ އެންމެ މޮޅު ސީން ކަމަށް އަދިވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

މި ފިލުމު އެޅުވިތާ 27 އަހަރު ފަހުން އަނެއްކާ ވެސް މި ސީންގެ ވާހަކަތައް ދެކެވެން ފެށީ މީމްސްގެ ޒަރިއްޔާއިންނެވެ. އިންޑިއާ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރޭނުކާ ބުނެފައިވަނީ އޭނާ ސިޑިން ވެއްޓޭ ސީންއަށް ހަދާފައިވާ މީމްސްތައް އޭނާއަށް ވެސް ވަރަށް މަޖާ ކަމަށެވެ.

''މީހުންނަކަށް އަސްލު ނޭނގެ އެ ސިޑިއަކީ ސްޕޮންޖުން ހަދާފައި އޮތް ސިޑިއެއް. އެހެންވީމާ އަހަރެންނަށް އެއްވެސް ވަރަކަށް އަނިޔާއެއް ނުވެ. ޑައިރެކްޓަރ އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ގޮތަށް ކަންތައްތައް ރާވާފައި އޮތީ. އަހަރެންނަށް އެ ސީންގައި އުދަނގޫ އަހަރެންނަށް ތަދުވާކަން ދައްކަން ޖެހުމުން'' އިންޑިއާ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ހީލާފައި ރޭނުކާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު