2013 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ބޮލީވުޑުގެ ބަތަލާ ޖިއާ ޚާންގެ މަރަކީ ސުއިސައިޑެއް ކަމަށް ނިންމާ ސުއިސައިޑް ނޯޓެއް ފެނިފައިވީ ނަމަވެސް ޖިއާގެ މަންމަ ބުނެފައިވަނީ އެއީ ޖިއާގެ އެއިރުގެ ލޯބިވެރިޔާ އެކްޓަރ ސޫރަޖު ޕަންޖޯލީ މަރުގެ ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށެވެ.

ސޫރަޖުއާއި ޖިއާގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ވަކި ގޮތެއް ނިންމިފައިވާ ނުވާ މި މައްސަލައިގެ ތަހުގީގީ ޑޮކިޔުމްޓްރީތަކެއް ބީބީސީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ޑޮކިޔުމަންޓްރީގެ ފުރަތަމަ އެޕިސޯޑު ދައްކައިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ދެވަނަ އެޕިސޯޑު ދައްކައިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ތިންވަނަ އެޕިސޯޑު އަދި އެންމެ ފަހު އެޕިސޯޑު ޖެނުއަރީ 13 ވަނަ ދުވަހު ވަނީ ދައްކާފައެވެ.

މި ޑޮކިޔުމަންޓްރީގައި ދައްކައިދެނީ ޖިއާ ޚާންގެ މަރުގެ ކޭސް ދިޔަގޮތާއި، ޖިއާއަށް އިންސާފު ހޯދައިދިނުމަށް އޭނާގެ މަންމަ ކުރަމުންދާ މަސައްކަތާއި، ޖަވާބު ނުދެވި ހުރި ބައެއް ސުވާލުތަކާއި އަދި ސޫރަޖު ޕަންޗޯލީއާއި ގުޅޭ ކަންކަމެވެ.

މި ޑޮކިޔުމަންޓްރީ ބެލުމަށްފަހު ގިނަ ފަރާތްތަކަކުން ދަނީ ޓްވިޓާގައި ހިތާމަ ފާޅުކޮށް އަދި ސޫރަޖުއަށް ރުޅިވެރިކަން ފާޅު ކުރަމުންނެވެ.

ޖިއާގެ މަރުގެ ތަހުގީގުގެ ވާހަކަތަކާއި ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގައި އެއްގޮތް ކަމެއް ހުރިކަމަށް ވެސް ބައެއް ފަރާތްތަކުން ޓްވިޓާގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ބޮލީވުޑުގެ އަނދިރި ފަރާތް ފެންނަމުންދާ ކަމަށް ވެސް ބައެއް ފަރާތްތަކުން ޓްވިޓާގައި ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު