އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝްރްމާ އާއި އޭނާގެ ފިރިމީހާ އަަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާއަށް ދަރިއަކު ލިބުނީ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާއަށް މަރުހަބާ ކިޔާ އެތައް ބަޔަކު މެސެޖްކޮށް ހަދައިފިއެވެ. މިގޮތަށް މެސެޖްކޮށް ހެދި މީހުންގެ ތެރޭގައި ވިރާތްގެ ބޭބެ ވިކާސް ކޯލީވެސް ހިމެނެއެވެ.
ވިކާސް ވަނީ އަނުޝްކާ އާއި ވިރާތްއަށް މަރުހަބާ ކިޔާ އިންސްޓަގްރާމްގައި ފޮޓޯއެއްވެސް ހިއްސަކޮށްފައެވެ. އެ ފޮޓޯ ހިއްސާކުރުމާއެކު އެއީ، އެދެމަފިރިންގެ ދަރިފުޅުގެ ފޮޓޯއެއް ކަމަށް ބެލެވޭ މީހުން ވަނީ ހިއްސާކޮށްފައެވެ.
އެހެން ނަމަވެސް އެންމެ ފަހުން ވެފައި ވަނީ މިއީ އެދެމަފިރިންގެ ދަރިފުޅަކަށް ނޫނެވެ. އެކަން ހާމަކޮށް ވިކާސް އިންސްޓަގްރާމްގައި ލިޔުނި ޕޯސްޓެއްގައި ބުނެފައި ވަނީ، ވިރާތް އާއި އަނުޝްކާގެ ދަރިއަކު ލިބުމުން އެކަމަށް މަރުހަބާ ކިޔާ އާއްމު ކުރި އެ ފޮޓޯއަކީ، އެ މީހުންގެ ދަރިފުޅު ފޮޓޯއެއް ނޫން ކަމަށެވެ. އޭނާ ބުނީ، އެއީ އިންޓަނޭޓް އިން ނެގި ފޮޓޯއެއް ކަމަށެވެ.
View this post on Instagram
މި ދެމަފިރިންނަށް ދަރިއަކު ލިބުނުއިރު، ދަރިފުޅުގެ ފޮޓޯ އާއްމުކުރަން ދެމަފިރިން ބޭނުން ނުވެއެވެ. އަދި އެކަން އާއްމުން ކައިރީގައިވެސް އެ މީހުން އެދިފައި ވެއެވެ.
ވިރާތްގެ ބޭބެ، އާއްމު ކުރި ފޮޮޓޯއިން ފެނިގެން އެ ކުއްޖާގެ ފައިތިލައެވެ. އެ ފޮޓޯ އާއްމުކޮށް އޭނާ ލިިޔެފައި ވަނީ އުފާވެރިކަން އިންހާއަށް ކަަމަށެވެ.
View this post on Instagram
އަނުޝްކާއާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެެވެ.