ހަމަނުޖެހުންތަކާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުމުގެ ސަބަބުން މީސް މީޑިއާގެ ބޮޑެތި ވެބްސައިޓްތަކުން ހުރަސްތައް ކުރިމަތި ކުރަމުން ގެންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްނެޕް ޗެޓުން ވެސް އުމުރު ދުވަހަށް ބޭރުކޮށްލައިފިއެވެ.

ސްނެޕްޗެޓް އިން ނެރުނު ބަޔާނެއްގައި ބުނީ ސެނެޕްޗެޓްގެ އުސޫލުތަކާއި ހިލާފު ވެގެން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކުރި ކުރުން އުމުރު ދުވަހަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ޓްވިޓާ އިން ވެސް ވަނީ އުމުރު ދުވަހަށް ޓްރަމްޕް ބޭރުކޮށްލާފައެވެ. އަދި ފޭސްބުކް އާއި އިންސްޓަގްރާމް އިން ވަނީ ޓްރަމްޕްގެ އެކައުންޓްތައް ދެހަފްތާ ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ބެލެވޭ ގޮތުގައި ފޭސްބުކް އިން ޓްރަމްޕްގެ ސަސްޕެންޝަން މުއްދަތު އިތުރު ކުރާނެއެވެ. މީގެ އިތުރު ޔޫޓިއުބް އިން ވެސް ވަނީ ޓްރަމްޕްގެ ޗެނަލް އެއްހަފްތާ ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

މީސް މީޑިއާ ވެބްސައިޓްތަކުން ޓްރަމްޕަށް ފިޔަވަޅު އަޅަން ފެށީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކުރާގެ ކަމަށްވާ ކެޕިޓަލް އަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ އެމެރިކާގެ ތާރީޚްގައި ވެސް ދައުލަތުގެ މިފަދަ މުހިއްމު ބިނާއެއްގައި ނުހިންގާ ފަދަ ހަމަނުޖެހުންތަކެއް ހިންގުމުންނެވެ.

ޓްރަމްޕް އާއި ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެހަމަނުޖެހުންތައް ހިންގީ ޓްރަމްޕް އޭނާގެ ސަޕޯޓަރުންނަށް ހިތްވަރުދިނުމުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އެކަން ދޮގުކޮށްފައެވެ.

މީސް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ބޭރު ކުރަމުން ދާތީ ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ގެންދަނީ ޓެކްނޮލޮޖީ ކުންފުނިތަކުން ބޭނުން ގޮތަކަށް މިފަދަ ނިންމުންތަކެއް ނުނިންމޭނެ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    އުމަރުބެ ވެރިކަމުން ފައިބާގެން ދާންމިޖެހުނީހުސްއަތާދޯ ؟ ހުންނާނީރާކަނިމަސްކެވި ފަ!! ޖަލުންގޮޅިއެއްވެސްއެބަތައްޔާރުކުރޭ..

    16
    1
  2. Mahujanu

    ތިޔަ ހުރިހާ ކަމަކުން ބޭރުކުރަންޖެހޭ ޓުރަންޕެޓެއް މިރާއްޖޭގަވެސް އެބައުޅޭ.

    13
    2
  3. މާ ކަ ނާ

    ކަލޯ މީނަ ގުރެޖުއޭޓުވީ ޔާމިނު ފޮތުންތަ؟

    9
    13
  4. ޑގގ

    އަނިޔާ އާއި ދެކޮޅު ނަމަ އިޒްރޭލް ނޫނީ މިނޫން ވެސް ގޯސް އަމަލު ހިންގާ ފަރާތަކަށް ނުވަތަ ހަނގުރާމައަކަށް ބައިޑަން މީހުން ފޮނުވައިފި ނަމަ ތިޔަ ފިޔަވަޅު އޭނައާއި ދެކޮޅަށް އަޅާނެ ބާ. ދެފުށް ކެހެރިން..

    9
    1