2008 ވަނަ އަހަރު ފިލުމު ''ޖާނެ ތު ޔަ ޖާނެނާ'' އިން ބޮލީވުޑަށް ތަޢާރަފްވި އާމިރު ޚާންގެ ކޮއްކޮ އިމްރާން ޚާނަށް ބޮލީވުޑު ކަމުނުދާ ކަމަށާައި އިންޑަސްޓްްރީގެ މީހެއް ކަމުގެ އިހްސާސް ނުކުރެވޭ ކަމަށް އޭނާ ބުނެފިއެވެ.

2008 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ފާހަގަ ކޮށްލެވޭ ރޯލުތަކުން ފެނިގެން ދިޔަ އިމްރާން ޚާން ބުނެފައިވަނީ ބޮލީވުޑާއި އެފަދަ ދިރިއުޅުމެއްގައި އުޅުމަކީ އުދަނގޫ އަދި އޭނާ ފޫހިވާ ކަމެއް ކަމަށެވެ.

ރެޑިޓްގައި ''އާސްކު މީ އެނީ ތިންގް'' ގެ ތެރެއިން ރެޑިޓް ޔޫސަރއެއް ބޮލީވުޑު އިންޑަސްޓްރީއާއި މާދުރުދުރުން އުޅެނީ ކީއްވެތޯއާއި، އިންޑަސްޓްރީގެ ދިރިއުޅުމަށްވުރެ އިންޑަސްޓްރީން ބޭރުގެ އަސްލު ދުނިޔެއަށް މާަބޮޑަށް ސަމާލުކަންދޭކަން ފާހަގަ ކުރެވޭ ކަމަށް ބުނެ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި އޭނާ ބުނެފައިވަނީ ފިލުމު އިންޑަސްޓްރީއަށް އޭނާގެ ޝައުގުވެރިކަމެއް ނެތްކަމަށާއި އޭނާ ބޭނުންވަނީ މަޑުމައިތިރި ކަމާއި އެކު އަދި ހަމަޖެހިލައިގެން ދިރިއުޅެން ކަމަށެވެ. އަދި އޭނާަގެ ކުރީގެ ރަހުމަތްތެރިންނާއި އެކު އުޅެން ކަމަށާއި ލޯބިވަނީ ވެސް ކުރީގެ ރަހުމަތްތެރިންނާއި ބުޅާތަކާއި ކުއްތާތައް ދެކެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޓީވީއިން ބައެއް ފަހަރަށް ފެންނާތީ އެކަމާއި މެދު ދެރަވޭތޯ ސުވާލު ކުރުމުން އިމްރާން ބުނެފައިވަނީ އޭނާ ޓީވީ ނުބަލާ ކަމަށާއި ޓީވީއާއި ވީހާ ވެސް ދުރުގައި ހުންނަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިމްރާންގެ ފިލްމީ ކެރިއަރގައި އާމިރު ޚާންގެ މާބޮޑު އަތެއް ނުވާނެ ކަމަށް ވެސް އިމްރާން ބުނެފައިވެއެވެ.