ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް-21 ސީރީޒްގެ ފޯނުތައް މިރޭ ދައްކާލައިފި އެވެ.

ސަމްސަންގް އިން މިރޭ ވަނީ އެސް-21 މޮޑެލްގެ ތިން ފޯނެއް ދައްކާލާފައެވެ. އެއީ ގެލެކްސީ އެސް-21، އެސް-21 ޕްލަސް އަދި އެސް-21 އަލްޓްރާ އެވެ.

ސަމްސަންގް އިން ވެސް އާފޯނުތައް ނެރުނީ ހެޑްފޯނާއި ޗާޖަރު ފޯނާއި އެކު ނުލިބޭނެ ގޮތަށެވެ. އެހެންކަމުން ޗާޖަރާއި ހެޑްފޯން ބޭނުން ނަމަ ޖެހޭނީ ވަކިން ގަންނާށެވެ. ސަމްސަން އިން ވެސް ބުނީ މިގޮތައް ހެދީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމަށެވެ.

ސަމްސަންގް އިން އާފޯނުތައް ނެރުނީ 5ޖީ ނެޓްވޯޓް ބޭނުން ކުރެވޭނެ ފެންވަރުގައެވެ.

ތިން ފޯނުގެ ތެރެއިން އެސް-21 ގައި 6.2 އިންޗީގެ ޑިސްޕްލޭއެއް ހިމެނެއެވެ. މިފޯނުގައި 8 ޖީބީގެ ރެމް އަދި 256 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. މީގެ އަގު ފެށެނީ 799.99 ޑޮލަރުންނެވެ. ގެލެލްސީ އެސް-21 ޕްލަސް އަކީ 6.7 އިންޗީގެ ފޯނެކެވެ. ރެމް އާއި ސްޓޯރޭޖްގެ ކެޕޭސިޓީ އަކީ އެސް-21 ގެ ވެސް ކެޕޭސިޓީ އެވެ. އަގު ފެށެނީ 999.99 ޑޮލަރުންނެވެ.

އެސް ޕެން ވެސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އެސް-21 އަލްޓްރާގައި 6.8 އިންޗީގެ ޑިސްޕްލޭއާ އެކު 2 ޖީބީ ރެމާ 512 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ. މިއީ ސެމްސަންގުން އެސް ޕެން ސްޓައިލަސްއާ އެކު ނެރޭ ފުރަތަމަ ފޯނެވެ. އަގު ފެށެނީ 1،199 ޑޮލަރުންނެވެ.

ސަމްސަންގް އިން މިރޭ ދައްކާލި ފޯނުތަކުގެ އަގުތައް ވަނީ މިދިޔަ އަހަރު ނެރުނު ފޯނުތަކުގެ އަގުތަކަށްވުރެ 200 ޑޮލަރު ހެޔޮކޮށްފައެވެ.

ފޯނުތަކަށް މިއަދުން ފެށިން ޕްރި-އޯޑާކުރެވޭނެ އެވެ. އެކަމަކު އާންމުކޮށް ވިއްކަން ފަށާނީ މި މަހުގެ 29 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ޗާޖަރ ނުލިބޭފޯނެއް ނުގަންނާނަން. ހުވާވޭ ބަރާބަރު

    19
    1
  2. ޙ

    ޗާޖަރެއް ބޭނުމެއްނުވާނެ. ޢަވިންޗާޖްކުރާނީ. ގޭ ފުރާޅުމަތީގަ ބާއްވާނީ