އެފްރިކާ ބައްރުގެ ގައުމެއްގެ ފަރުބަދަ ސަރަހައްދުން އާ ވައްތަރެއްގެ ވާލެއް ފެނިއްޖެ އެވެ.

އެމެރިކާ މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގެ ސައިންސްވެރިންނަށް ފެނުނު މި ވާލުގައި އޮރެންޖް ކުލަޔާއި ކަޅު ކުލަ ހުރެއެވެ.

މިއީ ނެތި ދިއުމުގެ ބިރު އޮތް ވާލުގެ ވައްތަރެއް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. އަދި މިއީ ކުރިން ފެނިފައިވާ ނުވާ ވައްތަރެއްގެ ވާާލެއް ކަމަށް އެ ސައިންސްވެރިން ބުނެފައި ވެއެވެ.

ވެސްޓް އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގެ ނިންބާ ފަރުބަދައިން މި ވާލު ފެނިފައި ވަނީ 2018 ވަނަ އަހަރު ތެރޭގައެވެ. ބިންގަރާސްގައި އާއި ހޮހޮޅައިގެ އުޅެނީ ކޮން ވައްތަރެއްގެ ވާލުތޯ ބެލުމަށް ހެދި އެ ސާވޭގައި މި އާ ވައްތަރުގެ ވާލު ފެނުމާއެކު އިތުރު ވާލުތައް ފެނޭތޯ ބަލާފައި ވެއެވެ.

މި ވާލު ފެނުނު ސައިންވެރިއެއް ބުނެފައި ވަނީ އާ ވައްތަރެއްގެ ޖަނަވާރެއް ހޯދުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށާއި، އަދި އެއީ އޭނާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

އެ ފަރުބަދައަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ވާލުތައް ދިރިއުޅެމުންދާ ތަނެވެ. އެ ސައިންސްވެރިން އެތަނަށް ގޮސްފައި ވަނީ ލެމޮއްޓެއި ރައުންޑްލީފް ބެޓް އާއި ހިޕޮސިޑެރޮސް ލެމޮއްޓެއި ހޯދުމަށެވެ. މިއީ ހަމައެކަނި އެތަނުގައި އުޅޭ ވައްތަރުގެ ވާލެވެ.

މި ވާލުތަކާއި ގުޅޭ ސާވޭއަށް ކުރި އެ ދަތުރުގައި މި މީހުންނަށް މި އާ ވައްތަރުގެ ވާލު ފެނުނީ އޮޅުމަކުން ކަމަށް ވެއެވެ. އެގޮތުން އެއީ ރައުންޑްލީފް ވާލާއި ވައްތަރު ގޮތެއް ހުރި ވާލެއް ނަމަވެސް، އެ ވާލަކީ އެ ސަރަހައްދުގައި އުޅެ އެހެން ވާލުތަކާއި އެއްގޮތް ކަންކަން ހުރި ވާލެއް ނޫނެވެ.

އެންމެ ފަހުން ސައިންސްވެރިން ވަނީ އެމެރިކަން މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގެ އެހީތެރިކަމަށް އެދިފައެވެ. އެ މީހުން ބޭނުންވީ އެއީ އާ ވައްތަރެއްތޯ ބެލުމަށެވެ.

އެންމެ ފަހުން ހޯދި ހޯދުންތަކުގެ އަލީގައި އެއީ އާ ވައްތަރެއްގެ ވަލެއްކަމަށް ވަނީ ކަނޑައަޅާފައެވެ. އެއަށް ދީފައިވާ ނަމަކީ މިޔޮޓިސް ނިމްބައެސިންސް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞ

    އަވަހަށް ކާލާ

  2. ރާފިޢު

    ތިިކަހަލަ ވާލެއް މިރާއްްޖޭގައިވެސް އުޅޭ މަޖިލިސް ކުރާ ގޭގަ

    15
    2