އިންޑިޔާގެ ފިލްމީތަރި މޮހިތު މާލިކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. ލޮކްޑައުންކީ ލަވް ސްޓޯރީގެ އެކްޓަރުކަންވެސް ކުރާ މޮހިތު ކޮވިޑަށް ފައްސިވިކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓެއްގައި އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިނަމަވެސް ލިބުނު ކުޑަކުޑަ ފުރުސަތެއްގައި ކޮވިޑުގެ ނުރައްކާ އޭނާ އާއި ކުރިމަތިވީކަމަށް އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ފޭނުންނަށް އެންގި އެވެ.

އުމުރުން 37 އަހަރުގެ މޮހިތު މަޝްހޫރު ވެފައި ވަނީ ބަނޫ މެއިން ތޭރީ ދުންހާން އިން ނެވެ. 2010 ވަނަ އަހަރު މޮހިތު ވަނީ އަދިދުތޭ ޝިރްވައިކަރް އާއި ކައިވެނިކޮށްފައި އެވެ. މޮހިތު ކޮވިޑަށް ފައްސިވެފައިވާ މި ދަނޑިވަޅަކީ އޭނާގެ އަންހެނުން ބަނޑުބޮޑު ދުވަސްކޮޅެވެ. އަދި އަންހެނުން މިހާރު ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފައިވާއިރު މޮހިތު ވަނީ އަމިއްލައަށް އެކަހެރި ތަނަކަށް ބަދަލުވެފަ އެވެ.

 

View this post on Instagram

 

A post shared by Mohit Malik (@mohitmalik1113)

މޮހިތު ވަނީ ފާއިތުވި ދުވަސްކޮޅުގައި އޭނާ އާއި އެކު މަސައްކަތް ކުރި ހުރިހާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށް ބަލީގެ ނިޝާންތައް ފެންނަ ނަމަ ބައްޔަށް ތަހުލީލު ކުރުމަށް އަންގާފަ އެވެ. އަދި އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަށް މޮހިތު ވަނީ އެދިފަ އެވެ.

މޮހިތު މިހާތަނަށް ފެނިގެން ގޮސްފައިވާ ޓީވީ ޝޯތަކުގެ ތެރޭގައި ބެޓިޔާން އާޕްނީ ޔާ ޕަރަޔާ ދާން، ޕަރި ހޫން މެއިން، ގޯދް ބަރާއި، ދުރްގޭޝް ނަންދުނީ ، މަން ކީ އާވާޒް ޕުރާތިގްޔާ އަދި ޕުލްވާ ހިމެނެ އެވެ. އަދި އޭނާ ވަނީ ނަޗު ބަލިޔާގެ ހަތަރަކުންވެސް ފެނިގެން ގޮސްފަ އެވެ.

އަދިދުތޭ ޝިރްވައިކަރް އަށް މޮހިތު ލޯބިވާކަން ހުށައެޅީ 1 އޭޕްރީލް 2006 ގައި އެވެ. އަދިދުތޭ ޝިރްވައިކަރް އަކީ ޓީވީ ފަންނާނެއްގެ އިތުރުން މޮހިތު އާއި އެއްކޮށްވެސް މަސައްކަތް ކޮށްފައިވާ ތަރިއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އެމީހުންނަށް ދަރިއަކު ލިބޭކަން ވަނީ އިޢުލާން ކޮށްފަ އެވެ.