ކޭކާއި ޕިއްޒާ ފަދަ އެއްޗެހީގައި ވަރަށް ބޮޑު އެއްގޮތް ކަމެއް ހުރެއެވެ. އެއެއްޗެހި ހަމައެކަނި ވައްކޮށް ހުރުމެއް ނޫނެވެ. ޕިއްޒާ ފޮތި ވެސް އަދި ކޭކް ފޮތިވެސް ހުންނަނީ ހަމައެއްގޮތަކަށެވެ.

ކޭކަކީ ވަރަށް ގިނައިން އަހަރެމެން ކައި އުޅޭ އެއްޗެކެވެ. ގިނައިން އާއިލާ ކޮންމެވެސް މެންބަރެއްގެ އުފަންދުވަސް ފާހަގަ ކުރަން ކޭކް ފަޅާލެވެއެވެ. އެކޭކް ބައެއް ފަހަރު ދެތިން ދުވަސް ވަންދެން ހުރެއެވެ. އެހެން ހުންނަ އިރު ކޭކްގެ ތާޒާ ކަމަށް އަސަރު ކުރުން އެއީ އެންމެ ބޮޑު ކަންބޮޑުވުމެވެ.

މިކަމަށް ވެސް ވަނީ ދިރާސާތަކާއި ހޯދުންތައް ހޯދިފައެވެ. ނަމަވެސް އެމައުލޫމާތު ނުލިބި އޮތުމުން ބައެއް މީހުންނަށް ބޭނުން ކުރާކަށް ނޭނގެއެވެ.

ADS BY SHEESHA

މިހާރު އިންޓަނެޓްގައި ވައިރަލް ވެފައިވާ ވީޑިއޯ އަކުން ވަނީ ސައިންސާއި ހިސާބު އިލްމަށް ބަލާއިރު ކޭކް ފަޅަން އެންމެ ރަނގަޅު ގޮތް ކިޔައިދީފައެވެ. މިއީ ކޭކް ތާޒާކޮށް ބަހައްޓަން އޮތް އެންމެ މޮޅު ހައްލު ކަން ސައިންސްގެ އަލީގައި ސާބިތުވެއެވެ. އެހެންކަމުން މިކަން އަމިއްލަ އަށް ތަޖުރިބާ ކޮށްލުމަށްޓަކައި ތިރީގައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.

Comments are closed.