ރެކޯޑް އަދަދަކަށް ވިއްކާލި ގެ
ރެކޯޑް އަދަދަކަށް ވިއްކާލި ގެ

މީގެ ކުރިން ދުނިޔޭގެ އެއްވެސް ތަނެއްގައި ގެއެއް ވިއްކާލުމަށް ނުހިންގާ ވަރުގެ ބޮޑު ވިޔަފާރީގެ މުއާމަލާތެއް ޗައިނާގައި ހިންގައިފިއެވެ. ޗައިނާގެ ގެއެއް މިވަނީ 154 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަށް ވިއްކާލާފައެވެ.

މިގެ ވިއްކާލި ފަރާތެއް މީޑިއާ އަށް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ސުޒޯއީ ގައި ހުންނަ މިގޭގައި 32 ނިދާ ކޮޓަރި އާއި 32 ފާހާނާ ހުރެއެވެ.

މިގެއަކީ ޗައިނާގެ އެންމެ ބޮޑު ކޯރުގެ އައްސޭރިފަށުގައި ބޮޑު ބަގީޗާއެއްގެ ތެރޭގައި ހުންނަ ގެއެކެވެ. ގޭގެ ކައިރީގައި އޮންނަ ބަގީޗާ އަކީ ވޯލްޑް ކަލްޗަރަލް ހެރިޓޭޖް ލިސްޓްގައި ވެސް ހިމަނާފައިވާ ބަގީޗާއެކެވެ.

ތިން އަހަރު ދުވަހުގެ މަސައްކަތުން އިމާރާތް ކުރި މިގެއަކީ ޗައިނާގެ ގަދީމީ ސަގާފަތް ވަރަށް ބޮޑަށް ފެންނާނެހެން ޑިޒައިން ކޮށްފައިވާ ގެއެކެވެ.

ADS BY ASTERS

Comments are closed.