10 ފަހަރަށް ޑްރައިވިންގ ޓެސްޓުން ފާސްނުވީ ހެއްޔެވެ؟. އެހެންކަމުން އަނެއްކަވެސް އެ ޓެސްޓު ހަދާނަން ހެއްޔެވެ؟ ބޭނުންވަނީ ލައިސަންސް ކާޑު ހޯދުން ތާއެވެ. އެ މަސައްކަތް އެންމެ ބުރަކޮށް ކުރި މީހަކަށް 157 ފަހަރު އެ ޓެސްޓު ހެދި މި މީހާ ވާނެއެވެ،

އޭނާ ޑްރައިވިންގ ޓެސްޓުން ފާސްވެފައި ވަނީ 157 ވަނަ ފަހަރުވެސް ކަޑައްތު ކުރުމަށްފަހު، 158 ވަނަ ފަހަރު އެވެ.

އިންގްލޭންޑްއަށް ނިސްބަތްވާ އެ މީހާ އެ ޓެސްޓުން ފާސްވިިއިރު، އެމީހާ އެ ޓެސްޓުން ފަސްވިކަން އެނގިފައި ވަނީ އެ މީހުން ނެރުނު އާ ތަފާސްހިސާބުތަކުންނެެވެ.

އޭނާ ވަނީ އެ ޓެސްޓު ހެދުމަށް 3،000 ޑޮލަރު ހޭދަކޮށްފައެވެ. އެންމެ ފަހުން އޭނާ ވަނީ އެކަން ކާމިޔާބުވެސް ކޮށްފައެވެ.

"ޑްރައިވިންގ ޓެސްޓުން ފާސްވުމަކީ އުނދަގޫ ޗެލެންޖެއް، ބައެއް މީހުންނަށް އެކަން ކުރުމަށް ވަރަށް ވަގުތުދޭ، އެއްފަހަރު އެ ޓެސްޓުން ފެއިލް ވިޔަސް ނޫނީ 157 ވަނަ ފަހަރު ފެއިލް ވިޔަސް، އަނެއްކާވެސް އަނެއް ފަހަރު އެކަން ކުރުމަށް ތެދުވުމަކީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން".ޑައިރެކްޓަރ އޮފް ސެލެކްޓް ކާ ލީސިންގ މާކް ޓޮންގ ބުނެފައި ވެއެވެ.

އެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 117 ފަހަރަށް ޓެސްޓު ހެދި، އަންހެނަކު އަދިވެސް ދަނީ ޓެސްޓު ހެދުމަށް ތައްޔާރު ވަމުންނެވެ. އަދި އެހެން މީހަކު ވަނީ 72 ފަހަރަށް މަސައްކަތްކޮށް ލައިސަންސް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މާލޭގަ ޓެސްޓު ހަދުވަންދާ މީހުން ބޭނުން ނުވާގޮތަކައް ދުއްވިޔަސް ފެއިލް ދުއްވަން ހަދާފަ އޮންނަ މަގަކައް ދެމީހުނައް އެރުނަސް ފެއިލް.

    11
    1