ކަލާސްގެ މަޝްހޫރު ޝޯއެއް ކަމުގައިވާ ބިގް ބޮސްގެ ޓެލެންޓް މެނޭޖަރ ޕިސްޓާ ދަކަޑް މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު މި އެކްސިޑެންޓް ހިނގާފައިވަނީ ބިގް ބޮސްގެ ''ވީކެންޑް ކާ ވާރް'' ގެ ޝޫޓިން ނިންމާލުމަށް ފަހު ޕިސްޓާއާއި އަދި ބިގް ބޮސް ޓީމުގެ އެހެން މެމްބަރަކާއި އެކު ގެއަށް ދިޔުމުގެ މަގުމަތީގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ސައިކަލުގައި ދިޔަ މަގަކީ އަނދިރި މަގެއްކަމަށާއި، އެ މަގުން އޭނާ ދަނިކޮށް އޭނާއާއެކު ސައިކަލުވެސް ވެއްޓުނީ އެވެ. އޭނާ ވެއްޓިފައި އޮއްވާ ކުއްލިއަކަށް ކުރިމަތިން އައި ވޭނެއް އޭނާގެ ގައިމަތިން ލާފައި ދިޔައީ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އިންޑަސްޓްރީގެ ފަންނާނުން ވަކީން ހާއްސަކޮށް ޓީވީ އިންޑަސްޓްރީގެ ފަންނާނުން ދަނީ މީސް މީޑިޔާގައި ޕިސްޓާއަށް ތަޢުޒިޔާގެ މެސެޖުތައް ލިޔަމުންނެވެ.

ޑެވޮލީނާ ބެޓަޗަރުޖީ ބުނެފަައިވަނީ ކުއްލި ޚަބަރު އޭނާއަށް ގަބޫލު ކުރަން ދަތި ކަމަށާއި މަރުވުމުގެ އެއްރޭ ކުރިން ވެސް އެ މީހުން ދެމީހުން ވާހަކަ ދައްކާފައިވާ ކަމަށާއި އަދި އަބަދުވެސް ޕިސްޓާ މަތިން ހަނދާން ވާނެ ކަމަށާއި ޕިސްޓާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ކެތްތެރިވުމަށް އެދިފައެވެ.

ޕިސްޓާގެ މަރުގެ ޚަބަރު ކުއްލިއަކަށް ލިބުމުން އަދި ވެސް ޝޮކުގައި ހުރިކަމަށް ބުނެ ހިމާންޝީ ކުރާނާ ބުނެފައިވަނީ ޕިސްޓާއަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދޭ ކަމަށެވެ.

ޕިސްޓާއާއި އެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް ހިއްސާކޮށް ވިކާޝް ގުބްތާ ބުނެފައިވަނީ ޕިސްޓާގެ ފުރާނައަށް ހެޔޮ ދުޢާ ކުރާ ކަމަށާއި ދެގޮތެއް ނުވާ އެ ރަހުމަތްތެރިކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.