2020 ވަނަ އަހަރު ކައިވެނީގެ ގޮށް ޖެހުމަށް ތައްޔާރު ވެފައިވީ ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ކައިވެނި ނުކުރެވިތިބި އެތައް ފަންނާނުންގެ ކައިވެނި 2021 ވަނަ އަހަރު ފެށުމާއި އެކު އިޢުލާނު ކުރެވެން ފަށައިފިއެވެ.

ހިންދާ ޑްރާމާ ''ދޭވޯން ކާ ދޭވް، މަހާދޭވް''ގެ ބަތަލާ މޯނީ ރޯއީގެ ވެސް ކައިވެނި ވަރަށް އަވަހަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުބާއީގެ ބޭންކެއްގެ މެނޭޖަރު ކަމަށްވާ ސޫރަޖު ނާމްބިއާ ނަމަކަށް ކިޔާ މީހަކާއި އެކު ކައިވެނީގެ ގޮށް ޖެހުމަށް މޯނީ ރޯއީ ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

މިދިޔަ ފުރަބަންދު ދުބާއީގައި ދައްތައާއި އެކު ހޭދަ ކޮށްފައިވާ މޯނީ ރޯއީއާއި ސޫރަޖުގެ އާއިލާއާއި ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާގައި ލިޔެފައިވެއެވެ. މޯނީއާއި ސޫރަޖުގެ އާއިލާއާއި އޮންނަ ގާތް ގުޅުމުގެ އަސްލަކީ މޯނީއާއި ސޫރަޖުގެ ގުޅުން ކައިވެންޏަށް ތައްޔާރު ވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އިންޑިޔާގެ ނޫހެއް ކަމަށްވާ ލީޑިން ޑެއިލީ ނިއުސްގައި ވެއެވެ.

މޯނީއާއި ސޫރަޖު އެއްކޮށް ދުބާއީއިން ވަރަށް ގިނައިން ފެނިފައިވާ ކަމަށާއި މޯނީ އޭނާގެ މި ގުޅުން އާއްމު ކޮށްފައިނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ސޫރަޖުއާއި މޯނީގެ ގުޅުމުގެ ޚަބަރުތައް 2019 ވަނަ އަހަރު ފެތުރުމުން މޯނީ ބުނެފައިވަނީ ކޮންމެ ކޮންމެ މީހަކާއި އެކު ޑޭޓް ނުކުރެވޭނެ ކަމަށާއި އެންމެ ރަނގަޅު ބައިވެރިއެއް ހޯދުމަށް އޭނާ ވެސް ބޭނުންވާ ކަމަށެވެ.

މޯނީގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ''ބްރަހްމަސްތުރާ'' އިން ރަންބީރު ކަޕޫރާއި އާލިއާ ބަޓްއާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާހިދު ގެ އެކުވެރިޔާ

    ތިކަހަލަ ކަންތައް ބަލާ ރައްޓެއްސެއް އުޅޭނެ. ދިހާޒް. އޭނަ ކައިރިން އަހާލަން ޖެހޭނީ