އެމެރިކާގައި ދަނޑުވެރިކަން ކުރާނެ އެންމެ ގިނަ ދަނޑުބިން އޮތް މީހަކީ މައިކްރޯސޮފްޓްގެ ވެރިޔާ، އަދި މިހާރު ވެސް ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ބިލް ގޭޓްސް ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކައިފިއެވެ.

"ލޭންޑް ރިޕޯޓް" ގައި ބުނެފައިވާ ގޮތުގައި ބިލް ގޭޓްސް އަތުގައި 242000 އޭކަރުގެ ދަނޑުބިން އެބައޮތެވެ. އެހެންކަމުން އޭނާ ވެފައި ވަނީ އަމިއްލަ މީހަކަށް އެމެރިކާގައި އެންމެ ދަނޑުބިން ގިނަ މީހާއަށެވެ.

މިލްކިއްޔާތުގައި 121 ބިލިއަން އެމެރިކާ ޑޮލަރު ހުރި ގޭޓްސްގެ ބިންތައް އެމެރިކާގެ 18 ސްޓޭޓެއްގައި އެބައޮތެވެ. އޭގެތެރެއިން އެންމެ ބޮޑު ބިމެއް އޮތީ ލޫސިއާނާގައެވެ. އެބިމުގެ ބޮޑުމިން 69071 އޭކަރަށް އަރައެވެ. އަލަސްކާގައި 47927 އޭކަރުގެ ބިމެއް އޮތްއިރު ނެބްރަސްކާގައި 20588 އޭކަރުގެ ބިމެއް އެބައޮތެވެ.

ގޭޓްސްގެ ބައެއް ދަނޑުބިންތައް މެނޭޖް ކުރުމުގެ މަސައްކަތް ކަސްކާޑް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފައި ވާއިރު ބައެއް ބިންތައް އެއްވެސް ފަރާތަކާއި ހަވާލުނުކޮށް ގޭޓްސް އަމިއްލައަށް ވެސް މެނޭޖް ކުރެއެވެ.

ދަނޑުވެރިކަން ކުރުމުގައި ގޭޓްސްގެ ނަން މަޝްހޫރު ނޫން ނަމަވެސް ގޭޓްސް އާއި އޭނާގެ އަނބިމީހާ މެލިންޑާ އަކީ ހާއްސަކޮށް އެފްރިކާ ސަރަހައްދުގައި ދަނޑުވެރިކަން ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ދެބޭފުޅުންނެވެ. 2017 ވަނަ އަހަރު ދެކަނބަލުންގެ ޖަމިއްޔާ އިން ވަނީ އޭޝިއާ އާއި އެފްރިކާ ސަރަހައްދުގެ ދަނޑުވެރިންނަށް ފައިދާ ހުރި ކަންކަން ކުރުމުގެ ދިރާސާތަކަށް އެކަނިވެސް 300 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ކުކުޅު ބިސް އުފައްދަން އޭނާ 40 މިލިއަން ޑޮލަރުގެ އެހީއެއް ކުރިން ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ރާއްޖޭގަ ބިން އެއްމެގިނައީ ގާސިމުގެ...ފައިސާ އެއްމެގިނައީ ޗަންޕާގެ...އަހަރެމެންނަ ހިންދިރުވާލެވޭނީ....އެއްމެ ބިމަކަށް ފައިސާދައްކަން ޖެހުނަސް ގާސިމުގެ ހަށިގަނޑުން ފުރާނަ ނުކުމެދާނެ ހިތްހުއްޓިގެން..ހުރިހާ ދިވެހިންގެ ހައްގުތައް ގުރުބާންކޮއްދީގެން މުއްސަދިކޮއްދީ ފަ ގާސިމު ބަހައްޓަންޖެހެނީ...ބިލްގޭޓްސް ވިއްޔާ އަމިއްލަ މަސައްކަތުންތާ ތަނަވަސްކަންހޯދީ..ދިވެހިންނަ ނާށިގަޑު ގާސިމަ ކާށިގަޑު..

  2. ވިސްނާ

    ބިލްގޭޓްސް ކީއްކުރާ ކުކުޅު ބިހެއް؟ ވިސްނާ. ޥެކްސިން އުފައްދަން ކުކުޅު ބިހުގެ ގޮބޮޅި ބޭނުންވޭ. މުޅިންވެސް ވިޔަފާރި

    1
    2
    • ހެހޭ

      އޭގަ އޮތީ ބިލް ގޭޓސް ކުކުޅުގެންގުޅޭވާހަކަތަ