ކައިޒީންއޭ ބުނީމަ ނޭނގޭ މީހަކު މިހާރު މީސްމީޑިއާގައި އުޅޭ މީހުންގެ ތެރޭގައި ހުންނާނެހެނެއް ހިއެއް ނުވެއެވެ. ރީތިކަމާއި ތަފާތުކަމަށް މަޝްހޫރު ކައިޒީން އަކީ ރާއްޖޭގެ އެންމެ މަގްބޫލް އެއް މޫނެވެ. މިހާރުވެސް މަޝްހޫރު އެތައް ބްރޭންޑެއްގެ އެމްބެސެޑަރކަން ކުރާ ކައިޒީން އަކީ އޭނާގެ އަމިއްލަ ތަފާތު ސްޓައިލެއް ގެންގުޅޭ މީހެކެވެ.

ކައިޒީންގެ ކޮންމެ ފޮޓޯއަކުން ވެސް ފެންނަނީ އޭނާ ވަރަށް ރީތިކޮށް އަމިއްލަ ގޮތަކަށް ނަލަ ހެދިލައިގެން ހުންނަ މަންޒަރެވެ. އޭނާ އާއްމުކޮށް ފެންނަނީ އެހާ ސާދާ ނޫން ހެދުންތަކުގައެވެ. ގޮތް ބޮޑު ހެދުންތައް ލާފައި ހުއްޓަސް އެ ސްޓައިލް ކައިޒީން އާއި ކިތަންމެހާވެސް ގުޅެއެވެ. އަދި ކައިގެ ފޭނުންނަށް އެކަން އެހާ ކަމުވެސް ދެއެވެ.

އެހެންނަމަވެސް އިހަށް ދުވަހު ކައިޒީން ހިއްސާކުރި ފޮޓޯ ފެނުނީ މުޅިން ތަފާތުކޮށެވެ. އޭގައި ފެނުނީ ކަކުލަށް ވުރެ ތިރިއަށް ވާ ގޮތަށް ދިގުކޮށް ފަހާފައި އޮތް ބޮޑީކޮން ހެދުމެއް ލައިގެން ކައި ހުރި މަންޒަރެވެ. ރިސޯޓެއްގެ އަތިރިމަތީގައި ހުއްޓިައިގެން ހުރި ކައި މި ފޮޓޯގައި ހުރީ އޭނާގެ އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އައްސާލައިގެންނެވެ. މިއީވެސް އާައްމުކޮށް އޭނާ ފެންނަ ސްޓައިލާއި ތަފާތުކަމެކެވެ. އެންމެ ގިނަ ފޮޓޯތަކުގައި ފެންނަނީ ކައިގެ އިސްތަށިގަނޑު ނިއުޅާލާފައި ވަނިކޮށެވެ.

މި ފޮޓޯއަށް މިހާތަނަށް ސާދަ ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު ކައިގެ މި ފޮޓޯގައި އޭނާ ލިޔެފައި ވަނީ ތަފާތު މެސެޖެކެވެ. އެއީ އޭނާ އާއި ގުޅޭ މީހަކާއި ވަރަށް ގުޅޭ ކަމަށާއި، އެހެން ނޫނީ އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށް ބުނެ ލިޔެފައިވާ މެސެޖެކެވެ. އެ މެސެޖު އޭނާ ރައްދުކުރީ ކާކަށް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް އާއްމުކޮށް ފޮޓޯތަކުގައި ޖަހާ މިފަދަ ކެޕްޝަންތަކުގެ ފަހަތުގައި ވަނީ ފުން މެސެޖުތަކެކެވެ.

 

View this post on Instagram

 

A post shared by KAIZEEN (@kai_zeen)

ކައިޒީންގެ ފުން މެސެޖުގެ މާނަ ނޭންގުނު ނަމަވެސް ޔަގީނުން ވެސް އެކަން ރައްދުވާ މީހަކު އެކަމާއި މެދު ވިސްނާލުން ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކަންދެއްކުން

    ބޯހަލާކު...ތީނަގެ ވަނަން ކައިޒީންއިން ކައްދައިދީ
    އަށް ބަދަލުކުރަން ފެނޭ...ލޯބީގެ ވާހަކަ ނުދައްކާ
    ކަލޭ ބޭނުންވަނީ ލާރިހުންނަމީހުން

    88
    1
  2. ނިޔާ

    ހަށިގަނޑުގެ ވަނާ ތައް ހިލޭ ފިރިހެނުންނަށް ދައްކަމުން ދުވާއިރު ހެއްދެވިފަރާތްދެކެ ބިރުގަތުމެއްވެސް ނުވޭ ދޯ. ާާާާާާާާާާާާާާާާާާާާާާާާާާާ

    124
    2
  3. ތޮއްޑޫ

    ކާކަށް ތިރައްދުކުރީ؟؟ ގުޅޭ މީހަކާއި ގުޅެޔޭ؟

    46
    1
  4. ޙައްވަ

    ހުދުކުލާގެ ފޮށާއެއް އޮޅާ ފަ ސަންދޯކައް ލާނެ ދުވަހެއްވެސް އަންނާނެ. ޙަމައެކަނި ތަ ފާތަކީ އެދުވަހު މޮޑެލް ކޮއްގެން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އައުރަ ނުދެއް ކެނެ ކަން. ޢެދުވަހު އެެހެން ބަޔަކު ތިބާގެ އައުރަ ނިވާކުރާނެ އެވެ. ޙެޔޮވިސް ނުން ﷲ މިންވަރުކުރައް ވާށި...

    157
    3
    • ހަމްދީ

      ކައީ ދުވަހަކުވެސް މައްޔިތެއްގެ ޖަނާޒާއަކައް ދިޔައިންތަ..؟

      29
      1
  5. މުހައްމަދު

    ތީ މީސްތަކުން މަގުފުރައްދަން އުޅޭ މީހެއް

    105
    3
  6. ބޭކާރު

    ހައް ހައް!
    އެއްމެފަހުން ކައި މަށާ ދިމާކޮށްލީ ދޯ؟
    އެއީ ސީރިއަސްކޮށް އަހަރެން ބުނި އެއްޗެއްނޫން.
    ތިހާވަރު ކުޜާނެކަމަކަށް ހިޔާލަަކަށްވެސް ނާދޭ.
    އެކަމަކު ސަޅި ސަޕްރައިޒެއް ތިދިނީ

    9
    33
  7. އައިމަން

    އިންޝާ ﷲ ވަރަށް އަވަހަށް މި ކުއްޖާ އަށް ތެދުމަގުފެނިގެން ތައުބާވާނެކަމީ ޝައްކެއް ހުރި ކަމެއްނުން މި ކުއްޖާއަށް ﷲ ހެޔޮ ވިސްނުން ދެއްވައި ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވާށި އާމީން.

    128
    3
    • Me

      Mind your business

  8. ޙަސަން

    އޭ ކަނބުލޯއެވެ. އަވަހަށް ތިއުޅުން ހުއްޓާލާށެވެ. ހެޔޮމަގަށް އެނބުރޭށެވެ. ކޮއެފުޅަށް މިއަދު ތި ވިސްނެވީ ވަރަށް ހަނިކޮށެވެ. ބޭބެ ދޭނެ ނަޞޭޙަތަކީ ރަނގަޅަށް އައުރަ ނިވާވާ ރީތި ހެދުން ލައިގެން ވާޖިބުތަކާ ސުންނަތްތަކަށް ސަމާލުވެ ރަނގަޅަށް އުޅުމަށެވެ. އޭރުން ފަހުން އޮތީ ހިިތުންވުމެވެ. މީރުބުއިމެވެ. ރީތި ފޭރާމެވެ. ދުވަހަކު ލޮލަށް ނުފެންނަ އަޑުނީވޭ ފަދަ އުވާވެރި މަންޒަރާއި ހިތްމަހަޖެހުމެވެ.

    105
    2
  9. ޢިއްސެ

    އަޅޭ ޚައިޒީން މުސްކުޅިވެ ހުތުރުވާން ފަށައިފި.

    50
    1
  10. ޝީޒާ

    ތިމަންނަ މީ ހުދު ކާފޫރުކޮޅެކޯ

    44
    2
  11. އަޒީޒް

    ވަރައް ނުބައި ޝައިތޯނެއް..

    54
    3
  12. ލޮލް

    ވަގުތުން ހަބަރު ހުސް ވީތަ މިކަހަލަ ބޭކާރު މީހުންގެ ވާހަކަ ތި ލިޔުއްވަނީ؟

    66
    1
  13. އިއްބެ

    އެއީ އެނިމަލް ޕްރިންޓް ގެ ވާހަކަ ޖެހިދުވަހު މަ ކުރި ކޮމެންޓް ފެނިގެން ،މަ ޖެހިން ގޮނޑު ވިޔަސް ނޭގޭނޭ ،އެހެންވެ ކަޑަވީ ،ހެހެހެހެ

    30
    2
  14. 13 ވގ

    މިމަންޖެގެ އަސްލުނަން އެގޭ ކުއްޖަކުބުނަލަދީބަލަ

    27
    1
    • ނަަައިފަރޭ

      ކައިގެ އަސްލުނަމަކީ ޒަޔާން ހަަތަރު ކަށިމަތި ނައިފަރު ކޮޔެއް

      29
      2
    • ގހ

      ޒަޔާން

      19
      1
  15. ރާކީސާވަންތު

    މިހާރު އިންސްޓަގްރާމް ވެރިފައި ނުކުރެވިގެން ހޭބަލިވަނީ

    29
    2
  16. ކަށްދައިދީ

    ގުޅޭ މީހަކާ ހުރީ ރަނގަޅަށް ގުޅިފަ މިހާރު. ކޮންމެސް ރިސޯޓެއްގެ ވެރިޔަކާ

    35
    1
  17. ބާބުލްއަވާލީ މަލިކު

    ޗީޑި.. މީ އަޅެ މުސްލިމެއްތަ؟

    32
    1
  18. ކައި ރާއްޖެ

    ކަލޭ މެން އަސަރު ކޮށްގެން ލިޔުނު ކޮމެންޓަށް ޝުކުރިއްޔާ!

    1
    8
  19. ކައިފޭން

    ލޮބުވެތި ކައިޒީން އެވެ. ތިބާއަށް ﷲ ދެއްވާފައި ވަނީ ރީތި ހަށިގަނޑެކެވެ. ތިހަށިގަނޑުގެ ބޭނުން މާއި ނަލަކަން ދެއްކުމަށް ހުއްދަވެގެން ވަނީ ކައިގެ ފިރިމީހާއަށާއި ކައިއަށެވެ. މިއަދު ތިބާއަށް މީހުން ލައިކް ދިނަސް ނައިސް ޖެހިޔަސް ޤިޔާމަތް ދުވަހުން އެއަކުން ވާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ. ތިބާއާއި ސުވާލު ކުރެވޭނީ ތިބާ ދުނިއޭގެ އުމުރު ހޭދަކުރި ގޮތާއި ގުޅޭގޮތުން އެވެ. ލައިކް ގެ މައްޗަށް ބިނާކޮށް އެކަލާގެ އެއްވެސް ކަމެއް ނުނިންމަވާނެއެވެ. އެހެންކަމަށް ވީގިނދު ތި ރީތި ހަށިގަނޑަކީ މިއަދު ނީލަމުގައި ވިއްކާލާއެއްޗަކަށް ނަހަދާށެވެ. ހެޔޮލަފާ ޞާލިޙް އަންބަކަށް ވާށެވެ. ހެޔޮގޮތުގައި ހަރުކަށި ނުވަތަ މަޑުކަށީގެ މުސްލިމަކަށް ނުވެ އާދައިގެ މެދުމިނުގެ މުސްލިމެއްގޮތުގައި ވުމަށް ނަޞޭހަތް ތެރިވަމެވެ. ތިހަށިގަނޑުގެ ރީތިކަން އޮތް ދުވަހު ދިރުއުޅުމަށް އުޅޭވޭ ކަހަލަ މުއްސަނދި ލޯބި ފިރިއެއް ހޯދާށެވެ. މުއްސަދިން ރެއަކަށް ޖަހާލާ ށޮޓަކަށް ގަންނަމީހަކަށް ނުވާށެވެ. މާދަމާވެސް ދިމާވާ ސިކުންތު ކޮޅަކުން ތިރީތިކަން ގެއްލި މީހާ ބާކީ ވެދާނެއެވެ.

    17
    1
  20. އަހުމަދުއަލޯ

    ލިޔާނެއެއްޗެއް ނެތިއްޔާ ނުލިޔެތިބެބަލަ.

    • Anonymous

      ކޮންމެ ހެން ކައިޒީން އާ ދިމާލަށް އެއްޗެހި ނުކިޔާ ހުރެބަލަ
      ލިޔާނެ އެއްޗެއް ނޭންގެންޏާ ނުލިޔެބަލަ

  21. ލާދީނީ އަންނި

    ކައީ ތިޔަ ހެދުން ލީމަ އަންފުލޯ ކޮއްލައޮފިން.

  22. ބެލެނިވެރިން

    ދެން ބުރުގާ އަޅާ ތައުވާ ވެ ބަލަ ، ކޮންމެ އިންސާނެއް ވެސް (މުސްލިމް) އެމީހެއްގެ އެންމެ ފަހުދުވަހު ހުންނާނީ ހުދުކުލައިގެ ހެދުމުގަ

    2
    1
  23. Anonymous

    ކައިޒީނެވެ. ކަލޭ ހީކުރީ ތިގޮތަށް ވަނާތައް ފާޅުކޮށް ފިރިހެނުންނަށް ތުއިދެއްކެން ކާލޭ އަބަދު ފުރިހަ ޞިއްޙަތުގައި މުސްކުޅިނުވެ ހުންނާނެކަމަށް ހެއްޔެވެ. އަދި ކީއްހެއްޔެވެ، ތިބާ މަރުވެސް ވާނެއެވެ. އެއަށްފަހު އޮތީ ދުނިޔޭގައި ކުރ ޢަމަލަކާ ގުޅިގެން ދެވަނަ ޙަޔާތްފެށުމެވެ. އެހެންޏާ އުފާވެރިކަމެވެ. އެހެންޏާ ބިރުވެރިކަމާ ނާމާންކަމެވެ. އެހެންކަމުން ތިޔަ ބޭކާރުއުޅުން ހުއްޓާލައި އަވަހަށް މާތްﷲ ގެ މަގަށް ރުޖޫޢަވާށެވެ. ދެލޯފުޅާއެވެ. މުސްލިމް ޤައުމެއްގައި މުސްލިމު މަންމަޔަކާއި ބައްޕައަކަށް ލިބުނު ތިފަދަ ރީތި ކުއްޖަކު އެންމެބޮޑަށް ކުރަންޖެހޭނެކަމަކީ އެ ނިޢުމަތްތަކަށްޓަކައި ﷲ އަށް ޝުކުރުކުރުންމަތީ އެކަލާންގެއަށް އަޅުކަންކުރުންމަތީ ސާބިތުވެ ދެމިހުރުމެވެ. މިއަދަކީ އިމްތިހާނުގެ ގޯއްޗެވެ. މާދަމާއަކީ ހިސާބުބައްލަވައި ޖަޒާދެއްވާ ދުވަހެވެ. އެހެންކަމުން ކައިޒީންވެސް ތިހަ ބާރު ހެދުންތަކާއި ދެއްކުންތެރިކަން ދޫކޮށްލާށެވެ. އަވަހަށް އިސްލީމީ ރިވެތި ގަހަނާއިން ޒީނަތްތެރިވާށެވެ. ވަގުތު ފާއިތުވުމުގެކުރިން ތައުބާވާށެވެ. އެއީ މާ އުނދަގޫކަމެއްނޫނެވެ. ކިތަންމެ ގިނަ ފާފަކުރެވޭ މީހަކުވެސް ތައުބާވުމުން އެކަން މާތްﷲ ތަޢާލާ ޤަބޫލުކުރައްވައި ފާފަ ފުއްސަވައިދެއްވާނޭކަން ވަނީ އަންގަވާފައެވެ. މާތްﷲ ތިބާއަށާއި އަހަރެމެން އެންމެހާ މުސްލިމުތަކުންނަށް ހިދާޔަތުގެ މަގުދައްކަވައި ސާބިތުކަންދެއްވާށިއެވެ!އާމީން!