އެންމެ ކުޑައިރުން ފެށިގެން ވެސް ވަރާށް ގާތެވެ. މަޖާ، ރަނގަޅު، އެހާމެ ހިތްހެޔޮ އެކުވެރިއެކެވެ. ރަހުމަތްތެރިން އުފާވެރިކޮށް ބަހައްޓަން މަަސައްކަތް ކުރެއެވެ. ނަމަވެސް މިއަދު އޭނާ އެ ވަކިވެގެން ދިޔައީ ހުރިހާ އެކުވެރިންނާއި ގާތް މީހުންނާ އާއިލާ ރޮއްވާލައިފައެވެ. އެންމެން އުފާކޮށްފައި ބަހައްޓަން ބޭނުންވާ ނ. ލަންދޫ އަށް އުފަން، އުމުރުން 27 އަަހަރުގެ އަބްދުﷲ އާސިމް މިއަދު ވަކިވެ ދިޔައީ ހިތްދަތި ގޮތަކަށެވެ.
އާސިމްގެ ގާތް އެއް އެކުވެރިއެއް ބުނިގޮތުގައި، އާސިމް އާއި އޭނާއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އެކުވެރިންނެވެ. ސްކޫލްގައި އުޅުނުއިރު ވެސް އުޅުނީ އެއް ކުލާހެއްގައެެވެ. އެއީ ވަަަރަށް ރަނގަޅު ވަރަށް މަޑުމައިތިރި، ވަރަށް މަޖާ ރަހުމަތްތެރިއެއްގެ ގޮތުގައި، ސިފަ ކުރިއެވެ.
"އެރޭ ގުޅި ކަމަށް ވަނީ ވަރަށް މީހުންނަށް"
މިމަހުގެ ހަތް ވަނަ ދުވަހު އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ދަށުވެ ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވި އާސިމް، އެ ހާދިސާއާ ކުރިމަތިވުމުގެ އެއް ދުވަސް ކުރިން ވަރަށް މީހުންނަށް ގުޅި ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެފައި ވެއެވެ.
"ހަ ވަނަ ދުވަަހުގެ ރޭ އޭނާ ގުޅިކަމަށް ވަނީ ވަރަށް މީހުންނަށް، އެރޭ އެ ގުޅި ވަގުތަކީ އަޅުގަނޑާއި، އޭނާގެވެސް އެހެން ރަހުމްތެރިއަކު ހުރި ވަގުތެއްގައި، ވަރަށް މަޖާ، އެކި ވާހަކަ ދެއްކި، ހޭން ބޭނުންވެގެން އަހާ ކަހަަލަ ވާހަކަ އޭނާ ދެއްކީ".
އެރޭގެ ހަނދާންތައް ކިޔައިދެމުން އެ ރަހުމަތްތެރިޔާ ބުނީ، ހެވޭ ވަރުން ވާހަކަ ނުދެއްކިގެން އޭނާ ބައެއް ފަހަރު ފޯނުވެސް ކަނޑާލާ ކަމަށެވެ.
"ދެން އިރުކޮޅަކުން ނޯމަލް ވެލީމަ، އަނެއްކާ ވެސް ގުޅާފައި، ވަރަށް ވާހަކަ ދެއްކި، ދެން ދެ މީހުން، ދެ މީހުންނަށް ދިމާކޮށްފައި ވެސް ވާހަކަ ދެއްކި، ޕަބްޖީގެ ތެރޭގައި ވާ ކަންތައްތަކާއި ކުރެވޭ ކަންތައްތަކުގެ ވާހަކަތައް ކި".
މިތާ އުޅެނިކޮށް އޮންނާނީ ފުނޑިފައޭ ބުނި!
އާސިމް އާ ވަޒީފާއަކަށް ވަނީ އޭނާއަށް އެ ހަދިސާ ދިމާވިތާ ހަފްތާއެއް ދުވަސް ކުރިންނެވެ. އޭނާ އަށް އެ ހާދިސާ ދިމާވީ މަޖޫރީ ގްރޫޕެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.
އާސިމް، އެ ރަހުމަތްތެރިޔާ ކައިރީގައި އޭނާ ރިސޯޓަށް ވަޒީފާ އަށް ދާ އިރެއްވެސް އޮޅުން ފިލުވިއެވެ.
"އަދި ނުދަންހެއްޔޭވެސް ބުނި،، އަޅުގަނޑުމެން ބުނެފިން ލާފައޭ ވާނީ، އެމްޑީ އިންޓަވިއުވެސް ނިންމާފައޭ އޮތީ، ހީވެއޭ ވަރަށް އަވަހަށް ދެވޭނެހެން ރިސޯޓަށް، ބުނީމަ ބުނީ، "ތިމަންނަވެސް ގެންދައްޗޭ މިތާ އުޅެނިކޮށް އޮންނާނީ ފުނޑިފައޭ".
އެ ރަހުމަތްތެރިޔާ ބުނީ، އާސިމް މިގޮތަށް ބުނި ނަމަވެސް އެއީ މިކަހަލަ ކަމެއް ކަން ހީވެސް ނުވާ ކަމަށެވެ. ބުރަ މަސައްކަތް ކުރީމަ މީހާގެ ހައްޓަށް ގޮތްގޮތް ވާނެ އެއްނު، އަޅުގަނޑުވެސް މާނަ ނެގީ އެކަހަލަ ގޮތަކަށް، ބުރަ މަސައްކަތް ގިނަ ދުވަހު ކުރަންޏާ ފުނޑޭނެތާ".
"އެންމެ ހަނދާން ވަނީ ގަނޑަށް އަރާށޭ ބުނާ ހަނދާން"
އެކުވެރިއެއްގެ ހަނދާންތައް އަބަދުވެސް ކައިރީގައި ވާނެއެވެ. ހާއްސަކޮށް އަބަދު ބުނާ ބަސްތަކާއި، ދައްކާ ވާހަކަތައް ހިތުގައި ވެސް ހުރެއެވެ. އާސިމްގެ ރަހުމްތެރިޔާ ބުނިގޮތުގައި، އޭނާ އެންމެ ހަނދާން ވަނީ އާއްމުކޮށް އާސިމް ގުޅާފައި ޕަބްޖީ ގަނޑަކަށް އަރާށޭ ބުނާ ހަނދާނެވެ.
"އޭނާ ގަނޑަށް އަޜާށެ ބުނާ ތަން އެންމެ ހަނދާންވަނީ، އަޅުގަނޑު ދޭތެރެއަކުން ޕަބްޖީ ގަނޑަކަށް އެރިޔަސް ވަރަށް ހަނދާންވޭ، ހަމަ ހިތަށް އަރާ ވަރަށް، މޫޑެއްވެސް ނުހުރޭ އަސްލު ގޭމް ކުޅޭކަށް، އަޅުގަނޑަކަށް ވަރަށް ޕަބްޖީ ކުޅޭ މީހެއް، އެކަމަކު ރޭގައިވެސް ނެތް ޕަބްޖީ ކުޅޭ މޫޑެއް". ރަހްމަތްތެރިޔާ ކިޔައި ދިނެވެ.
އާސިމް ކައިވެނިކޮށްފައި ވަނީ ޑިސެންބަރު 20 ވަނަ ދުވަހުއެވެ. އޭނާގެ ކައިވެންޏަށް މާގިނަ ދުވަހެއް ނުވެ މި ހާދިސާ ހިނގިއިރު، އަނބީމީހާ ހުރީ އިންޑިއާގައެެވެ. އަދި މި ހާދިސާ ހިނގުމާއެކު އެނބުރި ފިރިމީހާ ކައިރިއަށް އަންނަ އުޅުނު ދަތުރަށް ހުރަސް އެޅި އާސިމްގެ އަނބިމީހާ ކޮވިޑް-19 އަށް ފައްސިވީއެވެ.
އިއްޔެ މެންދުރު އާސިމްގެ ހަށިގަނޑު ވަޅުލިއިރު، އަނބިމީހާއަށް އާސިމް ފެންނަން ގޮތް ނުވިއެވެ.
ކުރިން ތިލަފުށި ސައިޓެއްގެ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އާސިމްގެ މަރާއެކު މުޅި ލަންދޫ ހިމޭން ވެއްޖެއެވެ. އެކުވެރިންގެ މޫނުމައްޗަށް ބަނަކަން ވެރިވެއްޖެއެވެ. އާއިލާ ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
Kaivenyah Maheh Nuwey, Asim Vakive Dhiyaee Enmmen Rovvaafaihttps://t.co/Q1oeIEiZOJ
— Vaguthu Online (@VaguthuOnline) January 16, 2021
އާސިމް ނިޔާވެފައި ވަނީ ފަރުވާދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ފަތިރު 05:00ގެ ފަހުންނެވެ.
މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މި ހާދިސާ ހިނގަން މެދުވެރުވީ، ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ އާސިމް އާ އިތުރު މީހަކަށެވެ. މިހާދިސާގައި އަނިޔާވި ދެވަނަ މީހާ ފަރުވާއަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.
އާސިމްގެ ހަބަރުތައް ކިޔާފަ ވަރަށް ދެރަވޭ. މައްޔިތާގެ ފުރާނަޔަށް ރަޙްމަތް ލައްވާށި
ސަލާމަތީކަންކަން އެމްޕީއެލް ސުމެއް
މިރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ %85 މީހުންނަކީ ބުރަކަށީގަ ރިއްސާ މީހުން ހާއްސަކޮއް ރޫމްބޯއިން ގެސްޓުންނައް ހި ދުމަތް ދިނުމައް ވަޒީފާޔައް ނެރެނީ މުވައްޒަފުގެ އިހުސާސްނު ދަނެ ބިލިޔަނުން ފައި ދާނަގާ މަހުޖަނުން ނުވިސްނާ އެމީހުންގެ ހައްޓަކައް ގެސްޓުމީހާގެ ލޯންޑްރީ ދޮންނަން ފޮނުވާނީ ބޮޑުބަސްތާވަރަކައްވީމަ ކޮންޕްލިމަންޓްރީކޮއް މުވައްޒަފު ގަނަތެޅޭނީ ކީއްވެތޯ ދައުލަތުން ކަނޑަނާޅަނީ އޭގެ އަގައްވާ %10 ސާވިސްޗާޖު ދައްކަން ޖެހޭނެ ކަމައް ގައިމުވެސް ރޭގަނޑު 12 ޖަހާދާއިރުވެސް ބުރާތަކާ ޖަންގިޔާތަކާ ހެ ދުމާ ފަޓުލޫނާ އިންޓާކީނާ ދޮވެފަ އިސްތިރިކުރަންޖެހޭ ވީމާ މަސަތްކަތް ތެރިންގެ ހައްގުގަ މިސަރުކާރު ބޮޑުތަނުންފޭލި