ދާދި ފަހުން ކައިވެނި ކުރި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އޭނާގެ ފޭނުން އުފާކޮށްފައި ބަހައްޓަން އެނގެއެވެ. ލަވަކިޔުންތެރިޔާ ރޯހަންޕްރީތް ސިންގ އާ ކައިވެނިކޮށްގެން އުޅޭ ނެހާ މިގޮތަށް މަޖާ ކުރުމުގެ ތެރެއިން މިއަދު މި ވަނީ އޭނާގެ ފިރިމީހާގެ ކުރީގެ ލޯބިވެރިންނަށް އިންޒާރު ދޭ ވީޑިއޯއެއް އައްމުކޮށްފައެވެ.

އެ ވީޑިއޯއިން އިންޑިއަން އައިޑޮލްގެ ފަނޑިޔާރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ އާއި ރޯހަން ފެނިގެން ދެއެވެ. އަދި އެ ވީޑިއޯގައި ދެ މީހުންވެސް ކިޔަނީ ލަވައެކެވެ. އަދި ދެ މީހުންގެ މޮޅު އެކްޓިންގ ފެނިގެން ދެއެވެ. އޭގައި ފުރަތަމަ ފަށަނީ ފިރިމީހާއެވެ. އޭނާ ލޯބިވެރިންނާއި ގުޅޭގޮތުން ވާހަކަދައްކާައެވެ އެ ވާހަކައިގެ ތެރެއިން ނެހާ މި ވަނީ، ފިރިމީހާގެ ލޯބިވެރިޔާ، ރޯހަންއަށް ނުގުޅުމަށް އިންޒާރު ދީފައެވެ. އަދި އެމީހުން އޭނާ ދޫކޮށްލީ އެހެން މީހަކަށްޓަކައި ކަމަށް ބުނެފައެވެ.

މީޓު ހިޒް އެކްސް ލިޔުމަށްފަހު ނެހާ އެ އިންޒާރު ދީފައި ވަނީ ލަވައަކުންނެވެ.

މީގެ ކުރިންވެސް ނެހާ ވަނީ، ރޯހަންގެ ކުރީގެ ލޯބިވެރިޔާ އޭނާއަށް ގުޅާކަން ހާމަކޮށްފައެވެ.

މިިއީވެސް އެ މީހުންގެ އާ ލަވަ މާކެޓް ކުރުމަށް ޖެއްސި ސްޓަންޓެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެގޮތުން މީގެ ކުރިން ނެހާ ބަނޑުބޮޑުކަމަށް ދައްކައި، ލަވައެއް ޕްރޮމޯޓް ކުރުމަށް ވީޑިއޯއެއް ހަދާފައި ވެއެވެ.

އެ ފޮޓޯ އާއްމު ކުރުމުން ގިނަބަޔަކު ދެ މީހުންނަށް މަރުހަބާ ކިޔާ މެސެޖްކޮށް، ކޮމެންޓް ކޮށްފައި ވެއެވެ.ނަމަވެސް، ފަހުން އެ މީހުން ވަނީ އެއީ އާއްމުންގެ ސަމާލުކަން ހޯދަން ކުރި ކަމެއް ކަަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޥާލުސޮރު

    ނޭހާ ތީ ބޮޑު ބޭވަފާ ތެރިއެއް މަށާ އިންނަށް ހުރިހާކަމެއް ސެޓްކޮށް ބޮޑު ގަނޑުވަރެއް ވަރުގެ ގެއެއް އެޅިފަހުން ތި ދިޔައީ އެހެން މީހެއް ކައިރިއަށް

    5
    5