ރޭގަނޑު ނިދުމުގެ ކުރިން ގާތް ރަހުމަތްތެރިއަކަށް ނުވަތަ ލޯބިވެރިއަކަށް އެރޭ ފަތިހު އިރުއަރާ މަންޒަރު ބަލަން ދިއުމަށް ގަޑި ކިޔުމަކީ ދިވެހިންގެ ތެރޭގައި ވެސް އާންމު ކަމެކެވެ.
މިކަމަށް ވަގުތު ކޮޅެއް ހުސްކުރުމަށް ރާވަނީ ފުރިހަމަ ޔަގީން ކަމާއެކު، އާ ދުވަހެއް އެންމެ ރަނގަޅު ގޮތުގައި ފެށުމަށެވެ. ނަމަވެސް އަޖައިބުވާން ޖެހޭ ކަމަކީ، އިރު އަރާ މަންޒަރު ބަލަން ދާން ގަޑި ކިޔުމަށް ފަހު އެ ހިޔާލު އެނބުރޭ ވަހުތާނެއް ފަދައިން ބަދަލުވާތީއެވެ.
އިރު އަރާ މަންޒަރު ބަލަން ދާން ގަޑި ކިޔާ ކަމަކީ އާންމު ކަމަކަށްވެފައިވާ ފަދައިން އެ ހިޔާލު އެންމެ ފަހުން ބަދަލުވުން ވެސް މިވަނީ އާންމު ކަމަކަށް ވެފައެވެ. މިގޮތަށް މިކަންވާން މެދުވެރިވާ ސަބަބަކީ ފަތިހު ނުހޭލެވުން ކަމުގައި ވެއްޖެ ނަމަ ދެން ޖެހިގެން އަންނަ ދުވަހު އޭގެ ސަބަބަކަށް ވާނީ ދާހިތް ނުވުމެވެ.
މީގެ އިތުރުން އިރު އަރާ ތަން ބަލަން ދާ ހިތްވިކަމުގައިވީ ނަމަވެސް ކަންނެތް ކަން ބޮލަށް ސަވާރުވާ ހިސާބުން ހުރިހާ ކަމެއްގެ "މޫޑު" ދާކަމީވެސް މިކަމަށް މެދުވެރިވާ ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަން ފާހަގަކޮށްލެވެއެވެ.
މިގޮތަށް މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި ފަތިހު ހޭލުމަށް ގަޑި ކިޔައި، ހުރިހާ ކަމެއް ރާވައިގެން ނިދާ ފަރާތްތައް ގިނައިރު، ހަމަ އެކަނި ނުވާކަމަކީ އެންމެ ފަހު ވަގުތު އިރު އަރާތަން ބަލަން ނުދެވުމެވެ. އަދި އޭގެ ބަދަލުގައި ހުވަފެނުން އިރު އަރާ މަންޒަރު ބެލުމަށް ތަންމަތި ތަކުގައި ނިދަން ތިބެވުމެވެ. ނަމަވެސް ހެނދުނު ހޭލުމަށްފަހު އަނެއްކާވެސް ދައްކާނީ އަނެއް ދުވަހުގެ އިރު އަރާތަން ބަލަން ދާ ވާހަކައެވެ.
5 ފަހަރު
ލޮލް
6 އަހަރާ 2 މަހާ 4 ދުވަސް ވެއްޖެ އަދި ނުދެވޭ.
ޖާބިރުބެ ދައުވަތު ދިނީލަދޯ ދެވޭނީ! ފުރަތަމަ ޖާބިރުބެ ކައިރީގައި އަހާބަލަ ދައުވަތު ދީފީންހެއްޔޭ!