ސޯނޫ ސޫދު އަކީ ފާއިތުވި 10 ވަރަކަށް އަހަރު ވަރަށް ކާމިޔާބު ކަމާއި އެކު ބޮލީވުޑްގައި ފައިތިލަ ހަރުކޮށްލި ކުޅަދާނަ އެކްޓަރެކެވެ. އާއްމުކޮށް ނުބައިބައި ނުވަތަ ނެގެޓިވް ރޯލުތަކުން ފެނިގެންދާ ސޯނޫ އަކީ ވަރަށް ފިޓް މީހެކެވެ. އޭނާ އަކީ އަބަދުވެސް ވަރަށް ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބި ކުރާ މީހެކެެވެ. އޭނާގެ ފިލްމީ ދާއިރާގެ މަސައްކަތް ފިޔަވާ ދެން އެންމެ ގިނަ ބަައެއްގެ ނަޒަރު ހުއްޓެނީވެސް އޭނާގެ ދުޅަހެޔޮކަމާއި ދިމާލަށެވެ.

ނަމަވެސް މިފަހަރު ސޯނޫ ސޫދު އެންމެން ސިއްސުވާލީ މުޅިން އާ ވާހަކައަކާއި އެކުގައެވެ. އެއީ އޭނާގެ ފެހުމުގެ ހުނަރުގެ ޚަބަރާއި އެކުގައެވެ. ސޯނޫ ވަނީ މިއީ އޭނާގެ އަމިއްލަ ފަހާ ފިހާރައެއް ހުޅުވާފައެވެ. މި ފަހާ ފިހާރައިގެ އެއްޗެހި ފަހަނީ ވެސް ހުދު ސޯނޫއެވެ. އެހެންކަމުން ސޯނޫ އަށް އެ ދާއިރާއިން ލިބި ހުރިތަޖުރިބާ އާއި އޭނާ އަށް އެ ދާއިރާ އެނގޭ މިންވަރާއި މެދު ބައެއް ފޭނުން ވަނީ ސުވާލު އުފައްދާއެވެ.

20 ސިކުންތުގެ ކްލިޕްކޮޅެއް މެދުވެރިކޮށް ސޯނޫ ވަނީ އޭނާ ފަހާ މަންޒަރު ވެސް ދައްކާލާފައެވެ. އޭނާ ވަނީ އޭނާގެ ފިހާރައިގެ އެއްޗެހި ފަހަނީ އޭނާ ކަމުން ފަހާ އެއްޗެހި ކަމާއި، އެކަމުގެ އިތުބާރު ނެތް ކަމަށް ސޯނޫ ބުނި ރާގުން ބެލެވެނީ ފަހާ ފިހާރައިގެ ވާހަކަ އަކީ ސަމާސާ ވާހަކައެއް ކަމަށެވެ. އެހެންނަމަވެސް ގިނަ ފޭނުންނަށް އެ ސަމާސާ ރާގު ބަލައިގަނެވުނުހެނެއް ކޮމެންޓުތަކަށް ބަލާލުމުން ހިއެއް ނުވެއެވެ. އެހެނީ އޭނާ އަށް އެއްބަޔަކު ތައުރީފު ކުރަމުން ދިޔަ އިރު އަނެއް ބަޔަކު ސޯނޫ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު