ކީޕިންއަޕް ވިތް ކާޑޭޝިއަން ޝޯ އަކީ ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ، އެންމެ ނުފޫޒު ގަދަ މީހުން ގިނަ އެއް ޝޯކަން އެއީ ސުވަލެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމުގެ ހެއްކަކީ ސާދަ އަހަރުވަންދެން މެދުކެނޑުމެއް ނެތި ދައްކަމުން އައި "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ރޭންކިންއެވެ. ކްރިސް ޖެނާ ނަމަކަށް ކިޔާ އަންހެނަކާއި އޭނާގެ ދަރިންގެ ދިރިއުޅުމުގެ މައްޗަށް ގެނެސްދޭ ހަގީގީ ޝޯއެއްކަމަށްވާ ކީޕިން އަޕް ވިތް ކާޑޭޝިއަންގެ އެންމެ މަޝްހޫރު އެއް މޫނަކީ ކިމް ކާޑޭޝިއަންސްއެވެ.

ކިމް ކާޑޭޝިއަންސް އޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު މަދުން ނޫނީ ހުންނާނެހެން ހިއެއްނުވެއެވެ. މުޅި މީސް މީޑިޔާގައި އާއި އިންޓަނެޓުގައި ކިމްގެ ފޮޓޯތައް އަބަދުވެސް ވައިރަލް ވަމުން ދާއިރު އޭނާ އަކީ ތަފާތު ބްރޭންޑުތައް އިސްތިހާރު ކުރުމުގައި އާއި އެކި ވިޔަފާރިތައް ހިންގައި މުއްސަނދި ވެފައިވާ މީހެކެވެ. ކިމް މަޝްހޫރު ވެފައިވާ އެކައްޗަކީ ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަން ޝޯއިންނެވެ. އެ ޝޯއަކީ އޭނާ މުއްސަނދިވި އެއް ސަބަބުކަން އެންމެން ގަބޫލުކުރެއެވެ.

ކިމް މަގްބޫލުވާ އަނެއް ސަބަބަކީ އޭނާގެ ތަފާތު މޭކަޕެވެ. އަދި އޭނަގެ ސްޓައިލެވެ. މިފަހަރު އޭނާ ޓްވީޓް ކުރި ވީޑިއޯއެއްގައި ކަޅު މޭކަޕެއް ކުރުމުން ހޫނު ފެނަށް ވެއްޓި އާއްމުން ދަނީ އޭނާ އަށް ފާޑު ކިަމުންނެވެ. ކިމް ކަޅު މޭކަޕެއް ކުރުމަކީ ކަޅު ނަސްލަށް ކުރެވޭ މަލާމާތެއް ކަމަށް ފޭނުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ކަޅު މޭކަޕް ކުރާތީ ކިމްގެ އިތުރުން ކައިލީ އަށް ވެސް ވަނީ ފާޑުކިޔުން އަމަޒުވެފައެވެ. ގިނަ ކަޅު މީހުން ޤަބޫލު ކުރާ ގޮތުން ކަޅު ނޫން މީހުން އެގޮތަށް މޭކަޕް ކުރުމަކީ ނަސްލީ ތަފާތު ކުރުމެވެ.

ކިމް ކަޅު މޭކަޕެއް ކުރި މައްސަލަ ހޫނުވެފައި މިވަނީ އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް ކައިރިން ވަރިވާން އުޅޭކަމަށް ބުނޭ ރިޕޯޓްތަކެއް ވެސް އާއްމުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައިޒީން

    މިއަށް ކިޔަނީ ބްރޮންޒް މޭކަމް. ކީއްވެ ކަޅުކޮށް ތިބޭ މީހުން ފެއާރ އެންޑް ލަވްލީ ބޭނުންކޮށް، އަމިއްލަ ހަމުގެ ކުލަޔަށްވުރެ އަލި ޝޭޑްގެ ފުށާއި ފައުންޑޭޝަން ހޭކީމަ ހޫނުފެނަށް ނުދަނީ. ކިމް ދައިތަ އާ އަޅައިގަނެގެން

    13
    2