ނައިޖީރިއާގެ އަމީރެއް ކަމަށްވާ އެދެކުންލޭ އަޑެބަޔޯ އެމިލަނާ ފުރަތަމަ މީހާކާއި އެކީ ލޯބީގެ ގޮތުން ބައްދަލު ކޮށްލަން ރެސްޓޯރެންޓް އެއްކޮށް ކުއްޔަށް ހިފާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އޭނާ ބުނެފައިވަނީ އޭރު އޭނާ ރެސްޓޯރެންޓެއް އެއްކޮށް ހިފައިގެން ފުރަތަމަ ބައްދަލު ކުރުމަށް ދިޔަ ކުއްޖާއަކީ މިހާރު އޭނާގެ އަނބިމީހާ ކަމަށެވެ.

އޭނާ އަށް ކެއިޝާ އޮމިލާނާ ފެނިފައިވަނީ ވިޔަފާރި ދަތުރަކަށް ނިއުޔޯކަށް ގޮސްގެން އުޅެނިކޮށެވެ. އޭރު ކެއިޝާ އެތަނުގައި ހުއްޓިގެން ހުރުމުން އެޑެބަޔޯ ވަނީ އޭނާ ދިޔަ ބައްދަލުވުމަށް ނުގޮސް ކެއިޝާ ކައިރިއަށް ގޮސް ނަންބަރު ހޯދަން ބުނެފައެވެ.

އޭގެ ފަހުން ފުރަތަމަ ފަހަރަށް ބައްދަލުކުރުމަށް މުޅި ރެސްޓޯރެންޓް ހުރި ގޮތަށް އޭނާ ވަނީ ކުއްޔަށް ނަގާފައެވެ.

"ރެސްޓޯރެންޓް މީހުން ގާތު އެގޮތަށް ބޭނުންވެއޭ ބުނުމުން ބުނީ ވަރަށް ބޮޑު އެއްޗެއް ހަރަދު ވާނެ ކަމަށް. އެކަމަކުވެސް މައްސަލައެއް ނެތް ކަމަށް ވާނީ ބުނެފައި" އެޑެބަޔޯ ބުންޏެވެ.

އޭރު އަގަކަށް ނުބަލައި ބިންމަތިއާއި އެކީ މަލުގެ ފަތުން ރީތި ކުރުމަށް ބުނެފައިވާ ކަމަށާއި އެއީ ފުރަތަމަ ބައްދަލުވުން ކަމަށްވުމުން ލޯބީގެ ގޮތަކަށް، ލޯބި ހުށަހަޅާ ގޮތަކަށް ގެންދަން އެޑެބަޔޯ ބޭނުންވިއެވެ.

އެއީ މީގެ 16 އަހަރު ކުރިންނެވެ. އޭރު ކެއިޝާއަކަށް އެއްވެސް ގޮތަކަށް އެޑެބަޔޯ އަކީ އަމީރެއް ކަމަށް އެނގިފައެއް ނުވެއެވެ. އޭނާ އަށް އެކަން އެނގިފައިވަނީ އެމީހުން ބައްދަލުވިތާ 2 އަހަރު ފަހުން އެޑެބަޔޯގެ މަންމައާއި ކެއިޝާ ދިމާވެގެންނެވެ.

އެޑެބަޔޯ އާއި ކެއިޝާ މިހާރު ދިރިއުޅެމުން އަންނަނީ ލަންޑަންގައި އެމީހުންގެ ދެ ކުދިންނާއި އެކުގައެވެ.