ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖެ އައި ހަބަރު ވެގެން ދިޔައީ ދިވެހިން ކައްކުވާލި ހަބަރަކަށެވެ. އޭނާ ރާއްޖެ އައީ ކޮން ބޭނުމެއްގައި ކަންވެސް އެތައް ދިވެހިން އެނގެން ބޭނުންވިއެވެ. މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރްގެ އާއި ހޭއާ ސްޓައިލިސްޓް ޖަވްރްޖީ އެކުގައި ކެޓްރީނާ ރާއްޖެ އައިއިރު، އޭނާ ރާއްޖެ އައިސް ކުރި މަސައްކަތުން ބައެއް އަނެއްވެސް އޭނާ މި ވަނީ ދައްކާލާފައެވެ.

ކެޓްރީނާ ރާއްޖެ އައިސް ފުރަތަމަ ހުރީ ވެލެސަރު މޯލްޑިވްސްގައެވެ. އެތަނުގައި މަޑުކުރުމަށްފަހު އޭނާ ސޮނެވާ ފުއްޓަށްވެސް ދިޔައެވެ.

އެ ދެތަނުގައި އޭނާ ފޮޓޯ ޝޫޓް ކުރިއަށްދިޔަ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އޭނާ ސޮނެވާ ފުށީގެ ޝޫޓިންގ ކުރިއަށްދިޔަ ގަޑީގައި ނަގާފައިވާ ފޮޓޯއެއް އާއްމުކޮށްފައި ވެއެވެ.

އޭނާ އާއްމުކޮށްފައިވާ ފޮޓޯތަކުގައި ބުނެފައި ވަނީ އެއީ ޕީކޮކް މެގަޒިންއަށް ނެގި ފޮޓޯ ޝޫޓެއް ކަމަށެވެ. އަދި އެ ޝޫޓްގައި ބޭނުންކޮށްފައި ވަނީ އޭނާގެ އަމިއްލަ ބްރޭންޑް ކޭބިއުޓީގެ ޕްރޮޑަކްޓްސްތައް ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ނަގާފައިވާ ބައެއް ފޮޓޯތަކުން ރާއްޖެގެ ގޮނޑުދޮށް ރީތިކޮށް ފެނިގެން ދެއެވެ. ހުދު ދޮންވެއްޔާއި، މަޑުނޫ ކަނޑު ފެނިގެން ދެއެވެ.

އޭނާ މިއަދު ވަނީ ރާއްޖޭގައި ނަގާފައިވާ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބޭނުން ކުރި ހެދުންތަކާއި، އޭނާގެ އަމިއްލަ މޭކަޕްތައް ވަރަށް ރީއްޗަށް ފެނިގެން ދެއެވެ.

އަދި އޭނާ އެތައް ވައްތަރެއްގެ ގަހަނާ ބޭނުންކޮށްފައިވާއިރު، މޭކަޕުން މުޅި މީހާ ހުރީ ރީތިކޮށްލާފައެވެ.

އޭނާ އެ ފޮޓޯ ޝޫޓް ކުރިއަށްގެންގޮސްފައި ވަނީ ސޮނެވާ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލާދީނީ އަންނި

  ހާދަ ތަފާތޭދޯ މިހާރު ކެޓީވެސް.

  7
  1
 2. އަަލީހަސަން6

  ނުބޭނުން!!!

  3
  6
 3. ހުސޭނުބޭ

  ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖެ އައި ހަބަރު ވެގެން ދިޔައީ ދިވެހިން ކައްކުވާލި ހަބަރަކަށެވެ...............
  ކޮންތާކު! ............ މި ޚަބަރު ލިޔުނު މީހާ ތިންތަނުން ކެކޭ އުނދުނެއްހެން ކެކުނީ! ދިވިހިން ނޫޅެ ތިއަކާގެން!

  47
  2
 4. ކޭއެފްސީ

  އަދި އޭނާ ލައިގެން ހުރީ ރަތްކުލައިގެ ހެދުމެއްކަން ވެސް ރީތިކޮށް އެނގެއެވެ. އަދި އޭނާގެ އިސްތަށިގަނޑު ކަޅު ކުލައިގައި ހުރިކަމާ، ލޮލުގައި ހުދު ބަޔަކާއި ކަޅު ކަޅިއެއްވެސް ހުރިކަން އެނގެއެވެ. އަދި އޭނާ އަނގަ ހުޅުވާލައިފިނަމަ ދަތްތައް ފެންނަން ހުންނަކަންވެސް ފޮޓޯ ތަކުން ފެނެއެވެ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  14
  1