މަންމައަކު ޔަގީނުންވެސް ދަރިންގެ ހައްގުގައި ގުރުބާން ވާނެއެވެ. އެ ދަރިންނަށް އަނިޔާއެއް ވާން ބޭނުން ނުވާނެއެވެ. އަދި އެ ދަރިން ނުރައްކަލެއްގައި ތިބެން ބޭނުން ނުވާނެއެވެ. އަދި އެފަދަ ނުރައްކަލެއްގެ ތެރޭގައި ދަރިން ތިބޭނަމަ އެކަމުން މިންޖު ކުރުމަށް އަތުކުރި އޮޅާލާނެއެވެ.

މިއީ އެފަދަ ވީޑިއޯއެކެވެ. މަންމައަކު އޭތީގެ ދަރިންގެ ހައްގުގައި ކުރަމުންދާ މަަސައްކަތް ވަަރަށް ރަނގަޅަށް ފެނިގެން ދެއެވެ.

އިންޑިއަން ފޮރެސްޓް އޮފިޝަލެެއް ކަަމަށްވަ ސުސަންޓާ ނަންޑާ ޓްވިޓްގައި ހިއްސާ ކުރި 51 ސިންކުގެ އެ ވީޑިއޯއިން ފެނިގެން ދަނީ ބޮޑު ކޯބްރާއެއް ކިބައިން ފިޔޮަށްތައް ސަލާމަތް ކުރުމަށް، ކުކުޅެއް ކުރަމުންދާ މަސައްކަތެވެ.

އެ ވީޑިއޯ ބަލާފައި އެތައް ބަޔަކު އެއަށް ކޮމެންޓްވެސް ކޮށްފައި ވެއެވެ.

އެ ވީޑިއޯ ބަލާފައި އެެއްބަޔަކު ގައިން ހީބިހި ނަގާ ކަމަށް ބުނެފައި ވެއެވެ.

އަދިއެ ވީޑީއޯގައި ފެނިގެން ދަނީ ބޮޑު ކޯބްރާއެއް ކުކުޅާއި، އޭތީގެ ދަރިން އެކުގައި ތިބި ތަނަކަށް ވަންނަ މަންޒަރެވެ. އެ ކޯބްރޯ އެތަނުގެ ތެރެއަށް ވަންނަން ފެށުމުން ކުރިއަށް ޖެހިލާފައި އެ ކޯބްރާއަށް ހަމަލާ ދޭން ފަށައިފިއެވެ. އަދި ފަހަރަކު ފިޔޮކެއް ބޭރަށް ނުކުންނަމުން ދިޔައެވެ. އެ ކުކުޅު މަސައްކަތް ކުރަމުން ދިޔައީ އެ ކޯބްރާގެ ކިބައިން ދަރިން ސަލާމަތް ކުރުމަށެވެ.

އެ ކުކުޅު ދިޔައީ، އެންމެ ފަހު ފިޔޮށް އެތަނުން ނުކުންނަން ދެން އެ ކޯބްރާއަށް ހަމަލާ ދެމުންނެވެ.

އެ ވީޑިއޯ މީސް މީިޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު އެ ވީޑިއޯ ބަލައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ އަންނި

    ތިމަސައްކަތް އަޅުގަނޑުވެސް ކުރަމުން މިދަނީ.

  2. އެއްކަލަ ގޮލާ

    މިވެސް ދެން ހަބަރެއް؟