ކަނޑުގެ މަންޒަރުތަކަކީ ވަރަށް ގިނަ މީހުން ބަލަން ޝައުގުވެރިވާ މަންޒަރުތަކެކެވެ. ދާދި ފަހުން މިވަނީ މިފަދަ މަންޒަރެއް ފެންނަ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ. އަދި މި ވީޑިއޯ ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
މީސްމީޑިއާގައި މިވަގުތު ދައުރުވަމުން އަންނަނީ ގްރޭޓް ވައިޓް ޝާކެއް އުދުހިފައި ގޮސް ސީލެއްގައި ހިފައި އޭތި ކާލާ މަންޒަރެވެ.
ނޭޝަނަލް ޖިއޮގްރަފިކުން ބުނެފައިވަނީ އެ މިޔަރަށް ސީލުތައް ފެނުމާއި އެކީ މަޑު ރާގަކަށް ގޮސް ސީލު ގްރޫޕުގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުން ސީލުތައް ވަކިކޮށްލުމަށް މިޔަރަށް ފުރުސަތު ލިބިގެންދެއެވެ. އަދި އޭގެ ފަހުން ސީލުތައް އަތުލައިގެންނަން މިޔަރަށްވެސް ފަސޭހަވެއެވެ.
މިޔަރު ތޫނު ދަތްގަނޑުން ސީލުގައި ހިފާލުމަށްފަހު ފެނުން މައްޗަށް އަރައިގަތް ވަގުތ މިޔަރުގެ ބޮޑުމިން އެނގެއެވެ.
އާންމު ގޮތެއްގައި އަންހެން ގްރޭޓް ވައިޓް ޝާކު ހެދި ބޮޑު ވަމުން އަންނަނީ 16 ފޫޓަށެވެ. މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު މިޔަރުގެ ބޮޑު މިނުގައި 20 ފޫޓޫ ހުންނަ ކަމަށް ސައިންސްވެރިން ބުނެއެވެ. މިޔަރުތައް އެތަކެތީގެ ޝިކާރައަކަށް ގިނަ ދިރޭ ތަކެތި ހަދާލާއިރު، އެފަދަ ތަކެތި ހޯދުމުގައި އެއާ އުނދަގޫތަކެއް މިޔަރަކަށް ކުރިމައްޗެއް ނުވެއެވެ. ސަބަބަކީ އެތަކެތީގެ ހިތުގެ ވިންދު މިޔަރަށް އަޑުއިވި، އިތުރު ހިއްސެއް މިޔަރަށް ލިބިފައިވާތީއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ގްރޭޓް ވައިޓް ޝާކު ތެރެއިން އެންމެ ނުރައްކާ ބޮޑީ 15 ފޫޓަށް ވުރެ ދިގު މިޔަރުތަކަށެވެ. ސަބަބަކީ އެތަކެތީގެ އަތުގައި ޖެހޭ ދިރޭ އެއްޗެއް ސިކުންތެއްގެ ތެރޭގައި ކުދިކުދި ކޮށްލާނެތީއެވެ.
އިޓް ވޯސް އޯސަމް ޓު ފުލައި
ކޮބާވީޑިއޯ ؟
ބަލަ މިޔަރު ފުމުނީ އުދުހުނީކީ ނޫން.
މިޚަބަރުގެ ސުރުޚީ އެޅިއުރު މީހުންޤާލުކުރާ ސުރުޚީއެއް އެޅިނަމަތަންކޮޅެއް ރނަގަޅުވީސްކަމަށްފެނޭ މިޔަރެއް އުދުހުމަކީ މުސްތަހީލުކްމެއް!