ބޮލީވުޑުގެ ބަތަލާ ސަނީ ލިއޯންގެ ފުރަތަމަ އެކްޝަން ފިލުމުގައި، އޭނާގެ އެކްޝަންގެ ހުނަރު ދައްކުވައިލާ ފިލުމުގެ ޑައިރެކްޓަރ ހައިރާން ކޮށްލުވައިފިއެވެ.

ސަނީ ލިއޯން މިހާރު ކުޅެމުންދާ އެކްޝަން ސީރީސް ''އަނާމިކާ''ގެ އެކްޝަން ސީންތަކުން ޑައިރެކްޓަރ ވިކްރަމް ބަޓް ހައިރާން ކުރުވި ކަމަށް ވިކްރަމް ބުނެފައިވެއެވެ.

''ސަނީ އަހަރެމެން އެންމެން ހައިރާން ކޮށްލުވައިފި. މި ފިލުމުގައި ސަނީގެ އެކްޝަން ސީންތައް ކުޅެމުން އެދަނީ އޭނާ އަމިއްލައަށް. އެކްޝަން ސީންތައް އަމިއްލައަށް ކުޅޭތީ އެއީ ވަރަށް ފަސޭހަ ކަމެއް. ސަނީ މި ސީންތައް ކުޅެނީ ވަރަށް ކެރިހުރެގެން. އަދި ވަރަަށް ފުރިހަމައަށް ހުރިހާ ސީންއެއް ވެސް ކުޅެލާ'' ސަނީގެ އެކްޝަންގެ މޮޅު ހުނަރަށް ތަޢުރީފު ކުރަމުން ފިލުމުގެ ޑައިރެކްޓަރ ވިކްރަމް ބަޓް ބުނެފައިވެއެވެ.

ލޯނާރޭންޖާގެ ނަމުގައި ޕްރޮޑިއުސް ކޮށްފައިވާ މި ސީރީސް ޑައިރެކްޓް ކޮށްފައިވަނީ ވިކްރަމް ބަޓްގެ އިތުރުން ކްރިޝްނާ ބަޓްއެވެ. 10 އެޕިސޯޑެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ މި ސީރީސްގައި ސަނީ ލިއޯންގެ އިތުރަށް ސޮނާލީ ސޭގަލް ވެސް ފެނިގެންދާނެއެވެ.

މިހާރު މުމްބާއީގައި ޝޫޓް ކުރަމުންދާ މި ސީރީސް ދެއްކުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހު، އެމްއެކްސް ޕްލެޔާއިންނެވެ.

ސަނީ ލިއޯންގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ބޮލީވުޑުގެ ފިލުމުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ޓީވީ ޝޯ ތަކާއި ސީރީސްތައް ކުޅެ ބައެއް ޝޯތައް ހުށަހަޅައި ދީފައެވެ.

ސަނީ ކުޅެފައިވާ ބައެއް ފިލުމުތަަކަކީ ''ކުޗް ކުޗް ލޯޗާ ހޭ''، ''ރާގިނީ އެމްއެމްއެސް 2''، ''އެކް ޕަހޭލީ ލީލާަ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ތަލްއަތު

  ކުރީގަ ކުޅުނު އެކްޝަން ފިލްމްތައްކޮބާތޯ

  18
  3
 2. ހަރުކަށިމީހާ

  މީ ތިބުނާ މެދުމިނުގެ މަޑުކަށު މީހެއްތަ؟ ޙަރުކަށި ފިކުރާ ދެކޮޅަށް ހަންގުރާމަކުރާ؟

  5
  1
 3. ސަނީ ފޭން

  ސަނީ އަކީ ނިކަމެތިންނަށް އަޅާލާ ވަރަށް ރަނގަޅު އިންސާނެއް.

  8
  3
 4. ރޫކް

  ހިތާމައަކީ އަދިވެސް ބައެއްމީހުން ކުރިން ސަނީ އުޅުންގޮތާބަލާފަ އޭނައަށް ބަދުބަސް ދޭތީވެ. ބުނެލަން އޮތީ މިހާރުއޭނަ އެކަހަލަ އެއްވެސް އަމަލެއް ނުހިންގައޭ އަދި އޭނަ މިހާރުފާހަގަ ކުރެވިފަ ވަނީ ނިކަމެތިންނަށް އަޅާލާ މީހެއްގެ ގޮތުގައެ

  8
  2
 5. އަލްޖިބްރާ

  މީހުންބުނޭ އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއްފުޅަށްމަތިންވެސް ފުންމާލާނެއޭ ! ކުރީގަ ކުޅުނު އެކްޝަން ފިލްމްތަށް މިހާރު ހުއްޓިފާ ވިއަސް އަދިވެސް އެދިމާލަށް ހިގައިދާނެ !