ޖޯލް ކިނަމެން އާއި ކެލީ ގާލް އާއި އެކު މުޅިހަޔާތް ހޭދަކޮށްލަން އެއްބަސްވެއްޖެ އެވެ. 41 އަހަރުގެ އަލްޓާށް ކާބަންގެ ގެ އެކްޓަރ އާއި ވިކްޓޯރިޔާ ސީކްރެޓްގެ މޮޑެލް އެންގޭޖުވިކަން ހާމަކޮށްފައި ވަނީ ޖޯލްގެ މީސް މީޑިޔާ މެދުވެރިކޮށް ލާފައިވާ ޕޯސްޓެއްގައި އެވެ.

މުޅި އުމުރަށް އެކީގައި ވާނެ ކަމަށް ބުނެ މޫދު ކައިރީގައި ކެލީ މީސްމީޑިޔާގައި ހިއްސާކޮށްފައިވާ ފޮޓޯގައިވެސް ވަނީ ބުނެފައެވެ. ކެލީ އާއި ޖޯލްގެ އުމުރުގައި ބޮޑު ތަފާތެއް ހުރި އިރު ކެލީގެ އުމުރަކީ 25 އަހަރެވެ.

ކެލީ އާއި ޖޯލްގެ އެންގޭޖްމެންޓުގެ އުފަލުފައި ދެތަރީންނަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން އެމީހުންނަށް މަރުހަބާ ކިޔާފައިވާ މީހުންގެ ތެރޭގައި ޖޯލްގެ ކުރީގެ ލޯބިވެރިޔާ އޮލީވިޔާ މުން ވެސް ހިމެނެ އެވެ. އޭނާ ކޮށްފައިވާ ކޮމެންޓުގައި ’100‘ ޖަހާފައިވާ އިމޯޖީ ސްޓިކާއެއް ވަނީ ފޮނުވާފަ އެވެ.

ޖޯލް އާއި ކެލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރުވެފައިވާއިރު ދެމީހުން ފުރަތަމަވެސް ޢާންމުންގެ ތެރެއަށް އެކީގައި ނިކުތީ 2019 ވަނަ އަހަރުގައި ބޭއްވި ކޯޗެލާ މިއުޒިކް ފެސްޓިވަލްގައި އެވެ.

ޖޯލް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކްލިއޯ ވެޓެންސްޓްރޮމް ވަކިވެފައި ވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެވެ. ޖޯލް އާއި ކެލީ ރެޑް ކާޕެޓުން ފުރަތަމަ ފެނިފައި ވަނީ 2019 ވަނަ އަހަރުގައި އޯލް މެންކައިޑްގެ ޕްރިމިއާ ހަފްލާގައި އެވެ.

ކިޔުންތެރިންގެ ހިޔާލު