ހަތް އަހަރު ވަންދެން ޓޮންސިލްގެ އުނދަގޫތައް ތަހައްމަލް ކުރުމަށް ފަހު ހޮލީވުޑްގެ ފިލްމީތަރި ނޯއާ ސެންޓިނިއޯ ޓޮންސިލް ނެގުމަށް ސާޖަރީއެއްކޮށްފި އެވެ. މިމަހުގެ 17 ވަނަ ދުވަހު ނޯއާ ޓޮންސިލް ނެގުމަށް ސާޖަރީއެއް ކޮށް މިހާރު ކުރިން ވި އުނދަގޫތަކުން އަރައިގަނެވިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CKKaa3jMCGS/?igshid=159idtygs6rkw

'ޓު އޯލް ދަ ބޮއިސް އައިހެވް ލަވްޑް ބިފޯ' ގެ ތަރި، 24 އަހަރުގެ ނޯއާ ވަނީ ސާޖަރީއަށް ފަހު ނަގާފައިވާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. "ހުރިހާ ކަމެއް ރަނގަޅު، ހުރިހާކަމެއް ނިމިއްޖެ" އޭނާގެ އަނގަ ހުޅުވައިފައި އަނގަތެރެ ދައްކަމުން ފޭނުންނަށް ކިޔައި ދިނެވެ.

މެއި 9، 1996 ވަނަ އަހަރު އުފަންވެފައިވާ ނޯއާ އަކީ އެމެރިކާގެ އެކްޓަރެއްގެ އިތުރުން މޮޑެލް ވެސް ކުރާ ފަރާތެކެވެ. ދަ ފޮސްޓާގެ އެންމެ ފަހު ތިން ސީޒަނުން މަޝްހޫރުކަން ހޯދާފައި ނޯއާ ވަނީ ޑިޒްނީ ޗެނަލްގެ ފިލްމެއް ކަމަށްވާ ހައު ޓު ބިލްޑް އަ ބެޓާ ބޮއި (2014) އިން ވެސް ފެނިގެން ގޮސްފަ އެވެ.

ނެޓްފްލިކްސް އިން ދައްކާ ލޯބީގެ ފިލްމުތަކުން ވެސް ނޯއާ ފެނިގެންދާ އިރު އެ ފިލްމުތަކުގެ ތެރޭގައި ސިއެރާ ބާގެސް އިޒް އަ ލޫޒާ، ދަ ޕާފެކްޓް ޑޭޓް ފަދަ ފިލްމުތައް ހިމެނެއެވެ.

މިދިޔަ އަހަރުން ފަށައިގެން ނޯއާ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅެނީ މޮޑެލް އެއް ކަމަށްވާ އެލެކްސިސް ރެން އާއެވެ. ނޯއާ އަކީ އޭނާގެ ރީތިކަމަށް އެތައް އަންހެން ކުދިންނެއް ހިތް ކިޔާފައިވާ ފިލްމީ ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު