ޕޮމްޕޭއަކީ ރޯމަނުންގެ އެންމެ ގަދީމީ އެއްރަށެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ރޯމަނުންގެ އެންމެ ގަދަރުވެރި މީހުން އުޅުން ރަށެވެ. އާބާދީގައި ވިހި ހާހެއްހައި މީހުން އުޅުނު ޕޮމްޕޭއަކީ އެ ޒަމާނުގައި މުޅި ދުނިޔެއިންވެސް އުމްރާނީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށެވެ. ޒަމާނީ ވަސީލަތްތަކާއި ގުދުރަތީ ރީތިކަމަށް ނަން މަޝްހޫރު ރަށެކެވެ. އެރަށުގެ މަގުތަކާއި އިމާރާތްތަކަކީ އެފަދަ ދެވަނައެއް ނެތް ތަންނަނެވެ. ޕޮމްޕޭގެ އަހުލުވެރިންނަކީ އިޓަލީގެ ރޯމަނުންގެ އެންމެ ތަނަވަސް މީހުނެވެ. އެރަށުގެ އަހުލުވެރިންނަކީ ގާފިލްކަންމަތީ ދުނިޔަވީ އެދުމާއިގެން މަސްއޫލުވެ އުޅުނު މީހުންނެވެ.

ޕޮމްޕޭގެ އަހުލުވެރިން ނެތިގެން ގޮސްފައިވަނީ ޕޮމްޕޭގެ ކައިރީގައިވާ ބިޔަ އަލިފާން ފަރުބައެއް ކަމަށްވާ ވާސިލިއަސް، ކުއްލި ގޮތަކަށް ގޮވުމުގެ ސަބަބުންނެވެ. އަދި އެ ފަރުބަދައިން ފޭބި އަޅިއާއި އަލިފާނާއި ފަރުބަދައިން ބޭރުވި ވިހަ ގޭހުގެ ސަބަބުން ޕޮމްޕޭގެ އަހުލުވެރިން ހިނދުކޮޅެއްގެ ތެރޭގައި ފަނާކޮށް ނެތިކޮށްލިއެވެ.

އެރަށުގެ މީހުން ފަނާވެގެން ދިޔަ ގޮތް އެރަށަށް ޒިޔާރަތް ކޮށްލުމުން މިއަދުވެސް ފެންނާން ހުރިއިރު، އަލިފާން ފަރުބަދަ ގޮވި އެ ހާދިސާގައި އެއްވެސް މީހަކަށް ސަލާމަތެއް ނުވެވުނެވެ. އެހެނަސް ފަރުބަދައިން ފައިބަމުންދިޔަ އަލިފާނުން ސަލާމަތްވި މީހެއްގެ ހަށިގަނޑު ދާދި ފަހުން ވަނީ އެ ސަރަޙައްދުން ފެނިފައެވެ.

މީގެ އެތައް އަހަރެއް ކުރިން ހިނގި އެ ބިރުވެރި ހާދިސާގެ ތެރެއިން އެމީހާވެސް މަރުވެގޮސްފައިވާއިރު، އޭނާ މަރުވީ އަލިފާނުން ސަލާމަތްވެ، ސަލާމަތްކަން ހޯދުމަށް ދުވަފައި ދަނިކޮށްކަން ވަނީ ހާމަވެފައެވެ. އެގޮތުން އެރަށާއި ދުރު ހިސާބަކުން އޭނާގެ ހަށިގަނޑު ފެނުނުއިރު، އޭނާ މަރުވެފައި ވަނީ އަލިފާން ފަރުބަދައިން ބުރައިގެން އައި ބޮޑު ހިލަގަނޑަކުން ޖެހި އޭނާގެ ކަރު، ހަށިގަނޑާއި ވަކިވެގެންނެވެ.

ތަޖުރިބާކާރުން އޭނާގެ ހަށިގަނޑު ބަލައި، ކުރިއަށްގެންދިޔަ ދިރާސާތަކުން އެނގިފައިވަނީ، އަލިފާން ފަރުބަދަ އެންމެ ފުރަތަމަ ގޮވައިގެން ޕޮމްޕޭގެ އެންމެން މަރުވެދިޔައިރުވެސް އޭނާ އެ އަލިފާނުން ސަލާމަތްވި ކަމެވެ. އެހެނަސް ފަޔަށް އަނިޔާތަކެއް ލިބިފައި ހުރިކަމާއިއެކު، އެކަމުގެ ސަބަބުން އޭނާއަށް ރަށުން ފައިބައިގެން ސަލާމަތާއި ހަމައަށް ދިއުމަށް ހުރަސް އެޅުނުކަން އެނގިފައި ވެއެވެ.

ޕޮމްޕޭގެ ބޮޑު އާބާދީ އެކީގައި ނެތިގެންދިޔައީ ހޫނު އަލިފާނާއި ވިހަ ގޭހުގެ ސަބަބުން އަނދައިގެން އޭގެތެރެއަށް ކަމަށްވާއިރު، މިއީ އަލިފާން އެންމެ ފުރަތަމަ ފެތުރުނު ސަރަޙައްދާއި ދުރުން ފެނުނު މީހެއްގެ ހަށިގަނޑެވެ. އުމުރުން 30 އަހަރުގައި މަރުވި އެމީހާ އާއި އޭނާގެ ނިމުން އެދުވަހު ބައްދަލުކުރިގޮތް މިއަދުވެސް ހަށިގަނޑު ވަޅުލެވިފައިވާ ތަނުން ފެންނާން އޮތްއިރު، އޭނާގެ ބޮލުގެ ކަށިތައްވެސް އެ ސަރަޙައްދުން ފެންނާން ނެތްކަމަށް އާކިއޮލޮޖިސްޓުން ވަނީ ބުނެފައެވެ.

ޕޮމްޕޭގެ އަހުލުވެރިން ފަނާވެ ވަޅުލެވިގެންދިޔަ ގޮތް އޭގެ އެތައް ޒަމާނަކަށްފަހު މިއަދުވެސް އެ ބިރުުވެރި މަންޒަރުތައް ބިމުގެ ދިހަ ފޫޓު އަޑީގައި ފެންނާން ހުރިއިރު، ގިނަ ޢަދަދެއްގެ މީހުންގެ، ފަނާވެގެން ގޮސްފައިވާ ހަށިގަނޑުތަކާއި ކަށިތައް އެރަށުގައި އެހުއްޓެވެ. އެމީހުން މަރުވެދިޔައީ ކުއްލި ގޮތަކަށް، އެމީހުން  ކުރަމުންދިޔަ ކަންކަމުގެ ތެރޭ މަސްއޫލުވެ ތިއްބައެވެ. އެގޮތުން ކާންތިބި މީހުން ކާން ތިއްބައެވެ. ޒިނޭ ކުރަން ތިބި މީހުން ޒިނޭކުރަން ތިއްބައެވެ.

ޕޮމްޕޭގެ އަހުލުވެރިންނަކީ ގާފިލްކަންމަތީ ދުނިޔަވީ އެދުމާއިގެން މަސްއޫލުވެ އުޅުނު ބައެކެވެ. ރާވިއްކާ ގެތަކާއި ހަށިވިއްކާ އިމާތްތަށް ހެދިފައި ހުށްޓެވެ. ގިނަ މީހުން އެއްފަހަރާ ފެންވެރޭނެ ފަދަ ބޮޑެތި ގިފިލިތަށް އެރަށުގައި ހެދިފައި ހުށްޓެވެ. އެރަށަކީ އެއް ޖިންސުން ގުޅުން ހިންގުމާއި ޖުވާ ކުޅުމާއި ޒިނޭ އާއި އަޅުންނަށް އިހާނެތިކޮށް ހިތުންފަދަ އެތަކެއް ފާހިޝް ކަންކަމެއް ކުރުމުގައި ދެމިތިބި މީހުން އުޅުން ރަށެކެވެ. ނަތީޖާއަށްވީ މާތް ﷲ ކޯފާ އެބައިމީހުންނާ ބައްދަލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަސްލުހާލަތު

    ކިހިނެއް އެނގެނީ ފަހު މީހާކަމެއް؟ ތިގޮތަށް އެތައްބަޔަކު ބަޗައިގެން ދާންއުޅޭނެ އެއްބަޔަކު ސަލާމަތުން ދުރުރަށަކަށް ދިއުންވެސް އެކަށީގެންވޭ.. ޤަދީމީ ރޯމަނުންނަކީ މިހާރިގެ އެއީ ގުރީސް އިޓަލީ ގުރީކު ފުރާންސް ސްޕެއިން ޖަރަމަނީ ރޮމޭނިއާ އެއޮތް ބޮޑު ސަރަހަށްދަށް ފެތުރިފަ ތިބިބައެއް..ފަހުން ޤައުމުތަށް ބެހިގެން ދިޔައިރު ޕޮންޕޭ ވަދެފައިވަނީ އިޓަލީގެ ތެރެއަށް

  2. ބޯގޮވާފަހުރި މީހަކު ލިޔުނު ރިޕޯޓެއް. ވާނުވާ!! ދޭބަލަ މަހަށް

  3. ކީރިތި ޤްރުއާންގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންގެ ވާހަކަ ވަރައް ފުރިހަމަކޮއް ބަޔާން ކުރައްވާފައި.އެބައިމީހުންގެ ތެރެއިން ހަމައެކަނި ސަލާމތްވީ ލޫތުގެފާނައް ތަބާވީ މީހުން އެކަނި. ދެން ބަކީ ތިބި އެންމެން ހަލާކުވެ ނެތި ދިޔައީ ފާހިޝް މުޑުދާރު އަމަލް ކުރުމުގއި ހައްދު ފަހަނައަޅައި ދިއުމުގެ ނަތީޖާ.

    • ޕޮންޕޭއާއި ލޫތުގެފާނުގެ ގައުމު ސަދޫމްއަކީ މުޅިން ތަފާތު ދެތަނެއްގަ އޮތް ދެރަށް.ސަދޫމް އޮންނަނީ އަރަބި ޖަޒީރާގަ.އެއީ ޑެޑްސީ އޮތް ސަރަހައްދު.

  4. ކަމަނަ އަލީ

    ﷲ ފޮނުުއްވާ މުއުޖިޒާތެއްގެ ހަގީގަތެއްގެ އަސްލެއް ނޭންގޭނެ އެއްވެސް ފަރާތަކަށް ....
    ޙީވަނީ އެތާގަ ހުރެ މަންޒަރު ދެކެފަ ކިޔާހެން ...???