ކޮވިޑް-19 އާ ހެދި ގެއަށް ދާން ބިރުން ޗިކާގޯގެ އޯހަރޭ އެއާޕޯޓްގައި ފިލައިގެން ދިރިއުޅެމުންދިޔަ ހައްޔަރުކޮށްފިއެވެ. އޭނާ އެތަނުގައި ދިރިއުޅެމުންގެންދާ ތިން މަސް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދިތްޔާ ސިންގ ނަަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައި ވެއެވެ.

ދައުލަތުގެ ވަކީލުން ބުނީ، ސިންގ ލޮސް އެންޖަލަސް އިން ޗިކާގޯއަށް އައިސްފައި ވަނީ އޮކްޓޯބަރު 19 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ، އޯ ހަރޭގެ ސެކިއުރިޓީ ޒޯންގައި ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ އެތަނުގައި ދިރިއުޅެމުންދާތާ ތިން މަސް ދުވަސް ވަރުވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ އެތަނުގައި ދިރިއުޅެމުން ގެންދިޔައީ އޮކްޓޯބަރު 26 ވަނަ ދުވަހު ގެއްލުނު އެއާޕޯޓް އޮޕަރޭޝަން މެނޭޖަރުގެ އެއާޕޯޓް ބެޖް ހިފައިގެންނެވެ. އަދި ސިންގ އެތަނުގައި ދިރިއުޅެމުންގެންދިޔަ ކަން ފަޅާ އަރާފައި ނުވަނީވެސް އެހެންވެގެން ކަމަށް ބެލެވޭ ކަމަށް ވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އެއާޕޯޓްގައި އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު، މުވައްޒަފުން މާސްކް އަޅަން ޖެހެއެވެ. އޭނާއަށް މެނޭޖަރުގެ ބެޖް ބޭނުން ކުރެވުނީ، އެގޮތަށް މޫނު ފޮރުވައިގެން ހުރުމުން ކަމަށް ބުނެފައި ވެއެވެ.

އެކަން ފަޅާއަރާފައި ވަނީ މިދިޔަ ހޮނިހިރުދުވަހު އޭނާގެ އައިޑީބެޖް ދެއްކުމަށް އެއާލައިން ސްޓަފަކު އެދެމުންނެވެ. ަދި އެ ބެޖަކީ އޭނާގެ ބެޖް ނޫންކަން ޔަގީންވެގެން ދިޔައެވެ. ވަގުތުން ސްޓާރުން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ސިންގ އެއާޕޯޓްގައި ދިރިއުޅެ،ުން ގޮސްފައި ވަނީ ކޮވިޑް-19 ހެދި ގެއަށް ދާން ބިރުންނެވެ. އަދި އެއާޕޯޓްގައި ދިރިއުޅެމުންދިޔައިރު ކާން ދެނީ ފަސެންޖަރުން ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު