ޢުމުރުން 45 އަހަރުގެ މުސްލިމު ފިރިހެނަކު އޭނާއާއި ކައިވެނި ކުރުމަށް ޢުމުރުން 12 އަހަރުގެ ކްރިސްޓިއަން އަންހެން ކުއްޖެއް ޖަނަވާރުން ބަހައްޓާ ފަދަ ކޮށްޓެއްގައި ފޮރުވައިގެން ގެންގުޅޭތާ 5 މަސް ދުވަސް ފަހުން އެ ކުއްޖާ ސަލާމަތްވެއްޖެއެވެ.
މި ފަސް މަސް ދުވަސް ވަންދެން މި ކުއްޖާ ހޭދަ ކޮށްފައިވަނީ އެ ފިރިހެން މީހާ ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމުގައެވެ.
ޕާކިސްތާނުގެ ފެއިސަލްއާބާދުން މިދިޔަ މަހު ސަލާމަތް ކުރެވުނު މި ކުޑަ ކުއްޖާގެ އަތުގައި ޗޭނު އަޅުވާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އަންހެން ކުއްޖާގެ އާއިލާއިން ފުލުހަށް އެތައް ފަހަރަކު މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ފުލުހުން އެކަމާއި އަޅާނުލައި ދޫކޮށްލާފައިވާ ކަމަށް އެ ކުއްޖާ ހޯދަން އުޅުނު ފަރާތްތަކުން ބުނެފައިވެއެވެ.
އަންހެން ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި މި ކުއްޖާއަށް ވަނީ އަނިޔާ ލިބިފައި ކަމަށާއި ދުވާލު ހަތަރުދަމު ހޭދަކޮށްފައިވަނީ ޖަނަވާރުންގެ ކަންތައްތައް ބެލެހެއްޓުމުގައި ކަމަށެވެ.
އާއިލާއިން ބުނާގޮތުގައި މި ކުއްޖާ ވަގަށް ނަގާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އަދި އެ ކުއްޖާ ވަނީ އެތައް ފަހަރެއްގެ މަތިން ރޭޕްކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ.
ޕާކިސްތާނުގެ ނޫޙެއް ކަމަށްވާ ދި ޓެލެގުރާފުގައި ބުނާގޮތުން މި މައްސަލަ މިހާރު ދަނީ ޕާކިސްތާނުގެ ކްރިސްޓިއަން ޗެރިޓީތަކުން ބަލަމުން ކަމަށާއި އަދި މިހާރު ޕާކިސްތާނުގައި ކުޑަކުދިން ވަގަށް ނަގައިގެން ގަދަކަމުން އެ ކުދިންނާ ކައިވެނި ކުރުމަށް މަޖުބޫރު ކުރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް މި ޗެރިޓީތަކުން އަޑު އުފުލަމުންދާ ފަރާތްތަކުން ބުނެފައިވެއެވެ.
ކުޑަކުދިންގެ ފޮޓޯ މިގޮތަށް ޖެހޭތޯ
ޖޭހޭ ކަމުންތާ އެއޮތީ ފޮޓޯ ޖަހާފަ.
ދޮގު