2013 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ބޮލީވުޑުގެ ބަތަލާ ޖިއާ ޚާންގެ މަރުގެ ތަހުގީގުތަކާއި ގުޅޭގޮތުން ބީބީސީއިން ދައްކަމުންދާ ޑޮކިޔުމަންޓްރީގެ ފުރަތަމަ އެޕިސޯޑަށްފަހު ކުރިން އެނގިފައިނުވާ އެތައް ކަމެއް ހާމަވެގެން ގޮސްފިއެވވެ. ޖިއާގެ އެއިރުގެ ލޯބިވެރިޔާ ސޫރަޖު ޕަންޗޯލީއަށް އެތައް ބައެއްގެ ނުރުހުމުގެ ނަޒަރުތައް އަމާޒުވެފައިވެއެވވެ.

މި ޑޮކިޔުމަންޓްރީގެ ދެވަނަ އެޕިސޯޑާއި އެކު ހާމަވެގެން ދިޔައީ ފޮރުވިފައިވާ އެހެން ސިއްރެކެވެ. ޖިއާ ޚާނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ސާޖިދު ޚާންގެ ނަން ޖިއާގެ ދައްތަ ކަރިޝްމާ ވަނީ ހާމަ ކޮށްފައެވެ.

''އެއީ ރިހާސަލްއެއް. ޖިއާގެ ސްކްރިޕްޓް ކިޔަން އިންދާ ސާޖިދު ބުނީ ޖިއާގެ ހެދުމާއި އަދި އެތެރެއިން ލާފައިވާ އެއްޗެހި ބޭލުމަށް. ޖިއާއަށް ހަނދާނެއް ގޮތެއް ނޭނގުން. ތިކަހަލަ ވާހަކަ ތި ދައްކަނީ އަދި ޝޫޓިން ނުވެސް ފެށެއޭ. އެރޭ ގެއަށް އައިސް ޖިއާ ވަރަށް ގިނައިން ރުއި'' ޖިއާގެ ދައްތަ ކަރިޝްމާ ބުންޏެވެ.

ސާޖިދުއާއި އެކު ވެފައިވާ ކޮންޓްރެކްޓްގެ ސަބަބުން ފިލުމު ކުޅެން މަޖުބޫރުވީ ކަމަށާއި ފިލުމު ދޫކޮށްލައިފި ނަމަ އެތައް ލައްކަ ރުފިޔާއެއް ދައްކަން ޖެހޭނެ ކަމަށާއި ޖިއާގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި ފިލުމު ދޫކޮށްނުލައި ހުރެއްޖެނަމަ ޖިންސީ ފުރައްސާރަތައް ކުރިމަތިވާން ކަމަށް ޖިއާ ބުނެފައިވާ ކަމަށް ޖިއާގެ ދައްތަ ބުންޏެވެ.

މީގެއިތުރުން ޖިއާއާއި އެކު ސާޖިދުގެ ގެއަށް ކަރިޝްމާ ދިޔަ ދުވަހު އޭނާއަށް ވެސް ޖިންސީ ފުރައްސާރަކުރި ކަމަށާއި ނަމަވެސް ޖިއާ އޭނާގެ ދައްތަ ދިފާޢު ކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު