ހަށިގަނޑުގެ ގުނަވަންތައް ރީތި ކުރަން އޮޕަރޭޝަންތަކާއި ފަރުވާތައް ކުރާ މީހުންގެ ތެރެއިން ލަދުވެތި ނަތީޖާތަކާއި ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު މަދެއް ނޫނެވެ. މިއީވެސް އެފަދަ އަންހެނެއްގެ ވާހަކައެވެ. އިނގިރޭސިވިލާތުގެ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށްވާ ލޫސީ ސްމިތު ބޭނުންވީ ވަރަށް ރީތި، ޗާލު ތުންފަތެކެވެ.

ނަމަވެސް އޭނާ ސެލޫނަކުން ނެގި ފަރުވާއެއްގެ ސަބަބުން މީހާގެ ސިފަ ގެއްލި ތުންފަތް ވަނީ "ޖެލީބީންއެއްގެ ސިފައަށް" ބަދަލުވެފައެވެ.

ލޫސީ ބުނާ ގޮތުގައި އޭނާ ބޭނުންވީ އޭނާގެ ކުޑަކުޑަ ތުންފަތް ކޮންމެވެސް ވަރަކަށް ބޮޑު ކޮށްލާށެވެ. އެއީ ތުންފަތް ބޮޑުވުމުން އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވާނެ ކަމަށް އޭނާ އަށް ގަބޫލު ކުރެވިފައި އޮތުމުންނެވެ.

80 ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 1600 ރުފިޔާ) ޚަރަދުކޮށްގެން ސެލޫނުން ހޯދި ފަރުވާގައި ތުންފަތް ބޮޑުކުރަން ޖެހީ އިންޖެޝަނެކެވެ. ވަރަށް ގަދައަށް ތަދު އިހްސާސް ކުރެވުނު އިންޖެކްޝަންގެ ސަބަބުން ތުންފަތް ދުޅަވެ، އޭނާ އަށް ގެއިން ބޭރަށް ނިކުންނަން ނުކެރޭވަރު ވިއެވެ. ނަމަވެސް މިހާރު ހާލަތު އަންނަނީ ރަނގަޅު ވަމުންނެވެ.

ލޫސީ ބުނާ ގޮތުގައި އޭނާގެ ނަސޭހަތަކީ ގޮތްނޭންގޭ ތަންތަނުން މިފަދަ "ފަރުވާތައް" ނުހޯދުމެވެ. އެއީ ރީތިވާން ކުރާކަމުން މުޅި އުމުރު ދުވަހު ހަށިގަނޑަށް ހުތުރު ސިފައެއް އައިސްދާނެތީ ކަމަށް ވެސް އޭނާ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝީޒާ

    މިހާރު ރީއްޗޭ ހީވަނީ ތުނބުރަށް ފިލޮޅެއް ހެން

    27
    2
  2. Anonymous

    ދޮންފަޅޯ މަހުގެ ތުންފަތް ވެސް ތިއަށްވުރެ މާރީތި