ކީޕިން އަޕް ވިތު ކާޑޭޝިއަން ޝޯ އަކީ ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ އެންމެ ނުފޫޒު ގަދަ މީހުން ގިނަ އެއް ޝޯކަން ފާހަަގަކޮށްލެވެއެވެ.

އަބަދުވެސް މީސްމީޑިއާގައި ވަރަށް ގިނަ ޕޯސްޓްތައްކޮށް އުޅޭ ފަންނާނުން ހިމެނޭ މި ޝޯކީ ރޭންކިން އަށް ބަދަލު ނައިސް ކުރީ ސަފުގައި އެތައް އަހަރެއް ހެން ހިފަހައްޓާލާފައިވާ ޝޯއެކެވެ. ކްރިސް ޖެނާ ނަމަކަށް ކިޔާ އަންހެނަކާއި އޭނާގެ ދަރިންގެ ދިރިއުޅުމުގެ މައްޗަށް ގެނެސްދޭ ހަގީގީ ޝޯއެއް ކަމަށްވާ ކީޕިން އަޕް ވިތު ކާޑޭޝިއަންގެ އެންމެ މަޝްހޫރު މޫނުތަކަކީ ކިމް ކާޑޭޝަން އާއި ކައިލީ ޖެނައެވެ.

އޭގެ ތެރެއިން ކައިލީ ޖެނައަކީ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތް ކަޑާޝަންސް" އިން އެތައް ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ފަންނާނެކެވެ. މީސްމީޑިއާއާ ވަރަށް ދޯޅު ފަންނާނަކަށް ކައިލީވާ އިރު އޭނާ އަކީ އެންމެ ހަގު ބިލިއަނަރު ވެސް މެއެވެ. އޭނާ އަކީ އަމިއްލަ މޭކަޕް ބްރޭންޑެއް ވެސް ގެންގުޅޭ ކުޅަދާނަ ވިޔަފާރިވެރިއެކެވެ.

މިފަދަ އެތައް ސަބަބަކާ ހުރެ އާންމުންގެ ބޮޑު ސަމާލުކަމެއް ކައިލީއަސް ވަނީ ލިބިފައެވެ. މި ސަމާލުކަމުގެ ސަބަބުން މީސްމީޑިއާގައި އޭނާ ހިއްސާކޮށްލާ ކުޑަކުޑަ ވާހަކައަކުން އޭނާ އަށް ތައުރީފު ލިބޭ ފަދައިން އޭނާ އަށް މަލާމާތާއި ފުރައްސާރަވެސް ކުރިމަތިވާ ފަހަރު އާދެއެވެ. މިއޮތީ އެކަހަލަ ފަހަރެކެވެ. ކައިލީ ވަނީ ދާދިފަހުން ފޭނުންނަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ހަދާފައިވާ ފެން ޝަވަރު ދައްކާލައިފައެވެ.

އޭނާގެ ފާހަނާ ދެއްކުމުން ފޭނުން ވަނީ އޭނާގެ ޝަވަރުގެ ފެން ޕްރެޝަރު ދަށްވުމުން އެ ކަމަށް ޖޯކު ޖަހާ މަލާމާތްކޮށްފައެވެ. އޭނާ އަށް މަލާމާތްކޮށް އެތައް ސަތޭކަ މީމްއެއް ވެސް މިކަމާ މެދު މީސްމީޑިއާގައި ވަނީ ދައުރުކުރަން ފަށައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން ސޮފްވާން..(ސޮފޫރާ )

    ދެން ތިއުޅޭ ފިލްމު ކުޅޭ ދެއްކުން ތެރި އައްޒަ(އަހަރެމެން ކިޔާނަމުން އަޒީޒާ ) ފާހާނާ ތޯއްޗެއް ދެން އެންމެ އަވަހަށް ފެންނާނީ

    3
    1
  2. ނަދޫ

    ދެން ތިއުޅޭ ފިލްމު ކުޅޭ ދެއްކުން ތެރި އައްޒަ(އަހަރެމެން ކިޔާނަމުން އަޒީޒާ ) ފާހާނާ ތޯއްޗެއް ދެން އެންމެ އަވަހަށް ފެންނާނީ

    5
    1