އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި މާސްކް ނަޅައި އުޅުނު ފަތުރުވެރިންތަކަކަށް އަދަބު ދީފިއެވެ. އެ މީހުންނަށް އަދަބެއްގެ ގޮތުން ވަނީ 50 ޕުޝްއަޕް ޖައްސަން އެންްގިއެވެ.

މި ހަފްތާ ތެރޭގައި މީސް މީޑިއާގައި ދައުރުވާން ފެށި ވީޑީއޯއަކުން ފެނިގެން ދަނީ ޓީޝާޓަކާއި، ސޯޓެއް ލައިގެން ތިބި ފަތުރުވެރިންތަކެއް، ހޫނު އަވީގައި ޕުޝްްއަޕް ހަދާ މަންޒަރު ފެނެއެވެ. އަދި އެ މީހުން ކައިރީގައި ސެކިއުރިޓީ އޮފިޝަލުން ތިބޭ މަންޒަރުވެސް ފެނެއެވެ.

ކޮވިޑް-19 އަށް ފަހު ކަމާއި ގުޅުން މުވައްސަަސާތަކުން ވަނީ ބާލީގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެހެން ނަމަވެސް އެ ގައުމުގައިވެސް ފަހަކަށް އައިސް މާސްކް ނާޅާ އެހެން ގައުމުތަކުގެ މީހުން އުޅޭ މަންޒަރު ފެނިގެން ސެކިރުޓީން އެކަމާއި ފިޔަވަޅު އަޅާފައި އެބަ ހުއްޓެވެ.

އެގޮތުން 70 އަަށްވުރެ ގިނަ މީހުން ހަތް ޑޮލަރަށް ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ފައިސާ ނެތް ކަމަށް ބުނި 30 މީހަަކަށް އަދަބެއްގެ ގޮތުން ވަނީ ޕުޝްއަޕް ޖައްސަން ބުނެފައެވެ.

އެގޮތުން މާސްކް ނަޅާ އަދި ނުގެންނަ މީހުން 50 ފަހަރަށް ޕުޝްއަޕް ހަދަން އެންގިއިރު، މާސްކް ރަނގަޅަށް ނަޅާ މީހުންނަށް ވަނީ އަދަބުގެ ގޮތުގައި 15 ޕުޝްއަޕް ޖައްސަން އަންގާފައެވެ.

ސެކިއިރުޓީން ބުނީ، ފުރަތަމަ އެ މީހުން ބުނަނީ އެ މީހުންނަށް އެ ގަވާއިދު ނޭނގޭ ކަމަށެވެ. އަދި ފަހުން ބުނަނީ އެ މީހުން ހަނދާން ނެތުނީ ކަމަށެވެ.

އޮންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ސަރަހައްދު ތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޒ

    ރާއްޖޭގަ ވެސް ތިކަންކުރަން ވެފަ މިހުރީ

    11