ބޮލީވުޑުގެ ބަތަަލާ ސާރާ ޢަލީ ޚާންގެ މިފަހަރުގެ ޗުއްޓީ ހޭދަ ކޮށްލުމުގެ މަންޒިލަކީ ރާއްޖެއެވެ. ވޮއްމުލި ރިސޯޓުގައި ނަގާފައިވާ ފަރި ފޮޓޯތަކެއް ސާރާ ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

ތަފާތު ކުލަތަކުން ޖަރީކޮށްފައިވާ ހެދުމެއްގައި ސާރާ ފޮޓޯއަށް ހުއްޓިލައިގެން ހުރިއިރު ރާއްޖޭގެ ހިތްގައިމު ކަމާއި ރީތި މޫދު ފެނެއެވެ. އަދި ސާރާގެ އިންސްޓަގުރާމު ސްޓޯރީގައި ވެސް އޭނާ ވަނީ ވޮއްމުލި ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ހިއްސާ ކޮށްފައެވެ.

ސާރާ ވަނީ ދާދިފަހުން އޭނާގެ ކޮއްކޮ އިބްރާހިމް ޢަލީ ޚާނާއި ބައެއް ރަހުމަތްތެރިންނާއި އެކު ވެސް ޗުއްޓީ ހޭދަކޮށް އުފާވެރި ވަގުތުތަކެއް ހިއްސާ ކޮށްފައެވެ. މި ޗުއްޓީގެ ހަނދާންތައް ވެސް ސާރާ ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ސާރާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑޭވިޑް ދަވަންގެ ކޫލީ ނަންބަރު 1 ން ވަރުން ދަވަންއާއި އެކުގައެވެ. މި ފިލުމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައިނުވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސާރާ މިހާރު މަސައްކަތް ކުރަމުންދަނީ ފިލުމު ''އަތުރަންގީ ރޭ'' ގައި އަކްޝޭ ކުމާރާއި ދަނުޝްއާއި އެކުގައެވެ. އާނަންދު އެލް ރާއީ ފިލުމްސްގެ ފަރާތުން އުފައްދާ މި ފިލުމުގެ ކުރޫއާއި އެކު ސާރާ ވެސް ވަނީ ވަރަށް ފަހުން އާގްރާގެ ތާޖުމަހަލްއިން ފެނިފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ސައިފް ޢަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރި ސާރާ ޢަލީ ޚާން ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ސުޝާންތު ސިންގް ރާޖުޕޫތުއާއި އެކު ކުޅުނު ފިލުމު ''ކެޑަނާތު'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    އޯ ސާރާ އައް ހިތް ކިޔަން ފަށައިފި މިހާރު ބޭނުން މީޓް ކޮއްލަން.

    3
    7