ކުރީގެ އެކްޓްރެސް ސަނާ ޚާންގެ ކައިވެންޏަށް ދެ މަސް ދުވަސް ފުރުމުގެ މުނާސަބަތުގައި އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދުއަށް ހަދިޔާއަކަށް ދިނީ ފޯނެކެވެ.

ނޮވެމްބަރ 20 ވަނަ ދުވަހު ކައިވެނި ކުރި ސަނާގެ ކައިވެންޏަށް އެއް މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން އޭނާގެ ފިރިމީހާ ހަދިޔާ ދިން ފަދައިން ކައިވެންޏަށް ދެ މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން ސަނާ ވެސް ވަނީ އޭނާގެ ފިރިމީހާއަށް ހަދިޔާއެއް ދީފައެވެ.

ސަނާ ދިން ހަދިޔާ އޭނާގެ ފިރިމީހާ ބަލައި މަންޒަރު ވީޑިއޯކޮށް އިންސްޓަގުރާމުގައި ހިއްސާކޮށް ސަނާ ބުނެފައިވަނީ ހަދިޔާ ލިބުމުން އެކަމަށް ޝުކުރުވެރިވާއިރު އޭނާގެ ފިރިމީހާ ކުޑަކުއްޖެއްހާ ވެސް ލޯބި ކަމަށެވެ.

ފިލުމީ ހަޔާތް ދޫކޮށްލަައި އިސްލާމް ދީނުގެ ތެދުމަގުގައި ސާބިތުވެ ހުރުމަށް ބޭނުންވި ސަނާ ވަނީ ވަރަށް ފަހުން އޭނާގެ ފިރިމީހާއަށް ޝުކުރު އަދާކޮށް އިންސްޓަގުރާމުގައި ޕޯސްޓެއް ކޮށްފައެވެ.

ކޮންމެ ހާލަތެއްގައި ވެސް އެންމެ ރަނގަޅު މަގު އިޚްތިޔާރު ކުރުމަށް ސަނާއަށް އަބަދުވެސް މަގުދައްކައިދޭތީ އޭނާގެ ފިރިމީހާއަށް ޝުކުރުވެރިވާ ކަމަށް މި ޕޯސްޓުގައި ސަނާ ބުނެފައިވެއެވެ.

ކުރީގެ ބިގްބޮސްގެ ބައިވެރިއެއް ކަމަށްވާ ސަނާ ޚާންގެ ފިރިމީހާއަކީ ވެސް އޭނާއަށް ވަރަށް އެހީތެރިވެދޭ މީހެއްކަން ކޮށްފައިވާ ޕޯސްޓްތަކާއި ކޮމެންޓްތަކުން ދޭހަވެއެވެ.

މިދިޔަ އަހަރު ނޮވެމްބަރު 20 ވަނަ ދުވަހު ވަރަށް ސިއްރުން ކުރެވުނު މި ކައިވެނި ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ. އަދި ކައިވެނީގެ ފަހުން ސަނާ ވަނީ ކައިވެނީގެ ގިނަ ފޮޓޯތަކެއް މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 🤯

    އިސްލާމީ ދީނުގަނޯވޭ ދެއްކުންތެރި ވުމެއް

    21
    2
  2. ސީލާ

    މުފްތީގެ އަނބިމީހާ އައުރަ ނިވާނުކޮށް އިނީމާ ގޯހެއްނު؟