ކިތައްމެ ފިނި މޫސުމެއް ކަމުގައި ވީ ނަމަވެސް ސުނޯ ފައިބާ ތަނެއްގައި އުޅުނު ނަމަވެސް އާއްމު ގޮތެއްގައި މީހުންނަށް ދެ ދުވަހަށްވުރެ ގިަ ދުވަހު ފެންނުވަރާ ނޫޅެވޭނެ ކަމަށް ދިރާސާތަކުން ބުނަމުން ދިޔަ ނަމަވެސް މި މީހާއަކީ 67 އަހަރު ވަންދެން ފެންނުވަރާ އުޅުނު މީހެކެވެ.

އިރާންގެ ކާމަންޝާ ޕްރޮވިންސްގެ ޑެޖްގަ ވިލެޖަށް ނިސްބަތްވާ އުމުރުން 87 އަހަރުގެ އަމޫ ހާޖީ ނަމަކަށް ކިޔާ މި މީހާ ފެންނުވަރާ އުޅޭތާ 67 އަހަރުވީއެވެ. މި މީހާ އަބަދުވެސް އުޅެނީ އަޅިއާއި ކިލާ ހިސާބުތަކުގައެވެ.

މިހާ ދުވަސް ވަންދެން މި މީހާ ފެންނުވަރާ އުޅެނީ ފެން ދެކެ ބިރުގަންނާތީ ކަމަށް ރިޕޯޓްތަކުގައިވެއެވެ. މި މީހާ ގަބޫލު ކުރާ ގޮތުގައި ފެންވަރައިފި ނަމަ ބަލިވާނެއެވެ.

މިއަށްވުރެ ހައިރާން ކުރުވަނިވި ކަމަކީ މި މީހާ ކެއުމަށް ބޭނުންކުރާ އެއްޗެއްސެވެ. ހާޖީ ކެއުމަށް ބޭނުން ކުރަނީ މަރުވެފައިވާ ޖަނަވާރުންގެ މުޅަ މަހެވެ. ވަކީން ހާއްސަކޮށް ''ޕޯކިޔުޕައިން'' ގެ މަސް ހާޖީއަށް މީރުކަމަށް އޭނާ ބުނެފައިވެއެވެ.

ހާޖީއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވެސް ވަރަށް ފޯރިހުންނަ މީހެކެވެ. ނަމަވެސް ދުންފަތުގެ ބަދަލުގައި ހާޖީ ބޭނުން ކުރަނީ ޖަނަވާރުންގެ ނަޖިހެވެ. މި ނަޖިހުން ވަސްދެމުމަށް އޭނާ ބޭނުންކުރަނީ ހަޑިވެފައި ހުންނަ ކުދި ޕައިޕްތަކެވެ.

ޒުވާން ދުވަސްވަރު ދިމާވި ހިތާމަވެރި ކަންތައްތަކެއްގެ ސަބަބުން ހާޖީ އެކަނި އުޅުމަށް ބޭނުންވީ ކަމަށް ތެހެރާން ޓައިމްސްގެ ރިޕޯޓްތަކުގައި ވެއެވެ.

ފިނި ދުވަސްތަކުގައި ފިނިން ރައްކާތެރިވުމަށް ހާޖީ ބޭނުން ކުރަނީ ހަނގުރާމަތަކުގައި ބޭނުން ކުރާ ވައްތަރުގެ ހެލްމެޓެކެވެ. ހޮހޮޅަ ތަކާއި ގަބުރުސްތާނުގައި ދިރިއުޅެން އާދަވެފައިވާ ހާޖީ ދުވާލެއްގެ މައްޗަށް 5 ލީޓަރު ފެން ބޮއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސަނީ

  ޝިފާ މަތިން ހަނދާންވީ😆

  22
  10
 2. މުދްސުހުތު

  ނަޖިހުން ވަސްދަމައިގެން ވަރަށް ބަލިނުވާނެދޯ އެމީހާ ދެކޭގޮތުން ވެއްޖެއްޔާ😂

  21
  2
 3. ތައްހާނު

  ފެންނުވަރާ ހަޑި ކުއްޖެއް ނަންދެވުނޭ ހަޑިގިއްލާ.

  30
  1
 4. ޗީ

  މިހާ މުޑުދާރުމީހެއް މީގެކުރިއަކުން ނުދެކެން

  34
  1
 5. ދޮނާ

  މީނާ ފެނ ބޮނީ ކީއްކުރަން. ނަޖިސް ނުލިބެނީތަ ދުވާލަކަށް 5 ލީޓަރު ވަރު.

  30
  2
 6. ނުބުނާ، ނަން

  މަ ފަހުން ރައްޓެހިވީ މީގެ އެއްޗަކާ 🙄

  25
  3
 7. ސަމޭދާން ވަލް ވަސަންތީ

  އަމޫހާޖީ މީ ކޮންދީނެއްގެ ބޭފުޅެއް؟

  13
  2
 8. އަޒްރާ

  ހާދަ ނުބައި ވަހެއް ހުންނާނޭ އެމިހަ ފަސްދީ ދިޔަސް ވަރަށް ގިނައިރު އެތާކު ވަސްހުންނާނެ މާޒީގަ ތަޖުރިބާ ކުރެވިފަ ހުރިކަމެއް ހަނދާންވީ😆

  10
  1
 9. ގަނޑިޔާ!!!

  ތިސޮރު ސިހުރު ހަދާތޯ ޖިންނި ގެންގުޅޭތޯ ބަލާ...ނަޖިސް އެއްޗިއްސާ ޝައިތޯނުން ވަރަށް ދޯޅުވާނެ.

  14
  2
 10. ބީނޫ

  މިގައުމުގެ ވެރިކަމުގަވެސް ހުރީ މީގެ އެއްޗެއް

  8
  24
 11. ކުރުކުރު

  އޭނަ އެހެރީ އޭނާ ޒުވާން ދުވަސްވަރު ކުރިމަތިވި ހިތާމަ ތަކުގެ ސަބަބުން ޑެޕުރެޝަންގެ ޝިކާރައައް ވެ އެކަމުން ސަލާމަތް ނުވެވޭ ހިސާބުގަ.
  އޭނަގެ ސިކުޑި އެވަނީ އިންސާނުންގެ ބޭނުން ތަކާ ދިމާ އިދިކޮޅަށް.
  މިވެސް ހަމަ ބައްޔެއް.

  14
  1
 12. ޕޮގުބާ

  ވަރަށް މުޑުދާރު އެއްޗެއް ހީވަނީ އެއްމިލިޔަން އަހަރު ވެފަހުރި ބަކަށްޓެއް ހެން

  2
  6
 13. ޖަމަލު ފޮޑި

  ދައްޖާލު ފާޅުވުންވެސް ވަނީ ވަރަށް ގާތުގައި ކަމަށް ވަނީ..