މިހާރު އާއަހަރާއެކު އެ ޗެލެންޖްތައް ފަށައިގެން ކުރިއަށްދަނީއެވެ. އާއްމުންގެ ސަމާލުކަން ހޯދުމަށް މިފަދަ ޗެލެންޖްތައް އާއްމުކޮށް ބާއްވާއިރު، މިހާރު މަޝްހޫރު ވެގެން މި އުޅެނީ ފިރިހެނުންނަށް ހާއްސަ ޗެލެންޖެކެވެ. މި ޗެލެންޖަކީ ތުނބުޅިއަށް ބަދަލުތަކެއް ގެންނަ ޗެލެންޖެކެވެ. މިއީ "މަންކީ ޓެއިލް ބިއާޑް" ޗެލެންޖެވެ.

މި ޗެލެންޖްގައި ބައިވެރިވުމަށް ޖެހޭނީ، ތުނބުޅި މަންކީ ޓެއިލް ޝޭޕަށް ބަދަލު ކުރާނެއެވެ. މިއީ އެއްބަޔަކު ބުނާގޮތުގައި، ކެޓް ކެއިލްއެވެ.

 

View this post on Instagram

 

A post shared by Vincent Law (@binzento)

އެއްބަޔަކު ބުނާގޮތުގައި، މިގޮތަށް ފިރިހެނުން މަތިމަހަށް ބަދަލު ގެނައުމުން، ބަލާ ހިތްވެއެވެ. އަދި ގަޔާވާ ކަހަލަ ގޮތެއްވެސް ހުރެއެވެ.

މިގޮތަށް އެއްބަޔަކު ބުނިނަމަވެސް، މިގޮތަށް ހުންނަ މީހުން ޖޯކަރަކައި ވައްތަރުކަމަށްވެސް ބުނެފައި އެބަ ހުއްޓެވެ.

މި ޗެލެންޖަށް ބަލާއިރު، މިހެން ހަދާފައި ހުންނަ މީހުންގެ ތުނބުޅިއަށް ބަލާލުމުން ހީވަނީ އެފަޅި އަނދާފައި ހުރިހެންނެވެ. މީގައި މޫނުގެ އެއްފަޅީގެ ތުނބުޅި ބާލާއިރު، އަނެއް ފަލީގައި އަނގަޔާއި ދިމާލު އެއް ފަރާތުގެ ތިރިން ތަންކޮޅެއް ހުންނަނީ ބާލާފައެވެ. މިއީ ޔަގީނުންވެސް ވަރަށް އެހެން ކަހަލަ ޗެލެންޖެކެވެ.

 

View this post on Instagram

 

A post shared by Wikus Weber (@wikustri)

މި ޗެލެންޖްގެ ފޮޓޯތައް ފެނިފައި އާއްމުން ދަނީ މިގޮތަށް ޗެލެންޖްތަކުގައި ބައިވެރިވެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

އާއްމުކޮށް މިފަދަ ޗެލެންޖްތަކުގައި ބައިވެރިވަނީ ތުނބުޅިއަށް ގޮތްގޮތް ހަދާ އުޅޭ މީހުންނެވެ. މިފަދަ ޗެލެންޖްތަކުގައިވެސް ދިވެހިންވެސް ބައިވެރިވެ އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމޭދާން ވަލް ވަސަންތީ

    ދިވެހި ޒުވާނުން ތިޔަ ޗެލެންޖު ފުރިހަމަކުރާނެ. ބަލަންތިބޭތި.