ބަނޑު ހިންދާލުމަކީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ސަމާލުކަން ދޭ މީހެކެވެ.

ފުރިހަމަ ސިއްހަތަކީ އެތައް ހާސް ނިއުމަތެކޭ ބުނެވޭ އިރު، އެ ނިއުމަތް ހޯދުމަކީ މުހިންމުކަމެކެވެ. ވުމާއެކު ފުރިހަމަ ސިއްހަތެއް ހޯދޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާލުން މުހިންމެވެ. އެގޮތުން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކަންނެއް ކަމުން ހަށިގަނޑަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން ތިބޭ މީހުންނެވެ. އެމީހުން އެއްވެސް ހައްދެއް ނެތި ކާނެއެވެ. އަދި ސިއްހަތަށް އެއްވެސް ވަރަކަށް ނުބަލާނެއެވެ.

ކޮންމެއަކަސް ދިވެހިންގެ ކެއުމުގެ އާދަ އޮންނަ ގޮތުން ބަނޑެއް ލުމަކީ އާއްމު ކަމެކެވެ. ގިނަ ފަހަރަށް މިކަމުގެ އުނދަގޫ ކުރިމަތި ވާން ފަށަނީ ވަގުތު ފާއިތު ވާފަހުންނެވެ. މާނައަކީ ބަނޑު ހިންދަން މަސައްކަތް ކުރަނީ ބޮޑު ބަނޑެއް ލާ ފަހުންނެވެ. ނަމަވެސް، ގިނަ ފަހަރަށް މިކަން ކާމިޔާބުވާާ ގޮތެއް ނުވެއެވެ.

ރީތި ހަށިގަނޑެއް ހޯދުމަށް ކޮންމެ މީހެއްވެސް ކުރާ ދަތުރުގައި އެކި މީހުން ހިޔާރު ކުރަނީ އެކި އޮޑިއެވެ. ބައެއް މީހުން ފިޓްނަސް ސެންޓަރެއްގައި މެމްބާޝިޕް ހަދައެވެ. އަނެއް ބައިމީހުން އައުޓްޑޯ ކޮންމެވެސް ކުޅިވަރެއް ކުޅެން އާދަކުރެއެވެ. ހަށިގަނޑު ރީތިކުރުމަށް މޫދަށް އެރި ފަތާމީހުންވެސް މަދެއް ނޫނެވެ.

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފައި ހޮޓަލަށް ދިޔުމުގެ ބަދަލުގައި ހަވީރު ފުޓްބޯޅަ، ފަދަ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ. މޫދަށް އެރުމަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކަސްރަތު ލިބޭ ކަމެކެވެ. މޫދު ކުޅިވަރަކީ ހަށިގަނޑު ވަރަށް ރީތިކޮށްދޭ ކަމެކެވެ.

ކޮންމެ މީހަކަށްވެސް އެމީހާ ބޭނުންވާ ހަށިގަނޑު ލިބިދާނެއެވެ. ބޭނުންވަނީ ހިތްވަރެކެވެ. މަސައްކަތްކޮށްފި ނަމަ ބަނޑު ހިންދާލެވޭނެއެވެ.

ގިނަ ބޭސްތަކެއް ބޭނުންކުރިޔަސް ނުވަތަ ކިތަންމެ ނުކައި ޑައެޓްގައި ހުރިޔަސް އެ ބޮޑު ބަނޑު ހިނދޭ ގޮތެއް ގިނަ ފަހަރު ނުވެއެވެ. ގިނަ ފަހަރަށް ނުކައި ހުރުމުގެ ސަބަބުން އިތުރު މައްސަލަތައް ދިމާވެއެވެ. ގޭސްޓްރިކްގެ މައްސަލަ ޖެހި އިތުރު ވޭނަކަށް މިކަން ވެގެން ދެއެވެ. ވީމާ ބަނޑު ހިފައިގެން އުޅުމުގެ ވޭނާއި ތަކްލީފު އުފުލުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކޮންމެސް މިންވަރަކަށް ކަސްރަތުކޮށް، ކާ އެއްޗެހި މަދުކުރުމަކީ ބަނޑު ހިންދާލުމަށް ކުރެވިދާނެ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފިޒިކަލީ

  ދިވެހިންގެ ގިނަ ފިރިހެނުން ތިބެނީ ހަމަ ބަނޑުނުލާ ހިކިތޮޅިކޮށް.

  4
  2
 2. ހުސޭނުބޭ

  ބަނޑުހިންދާފައި ފަހުން އެކަމާ ނުރޯތި! ބަނޑަކީ މީހާގެ ޞަހްޞިއްޔަތު ދައްކާދޭ އެއްޗެއް! ބަނޑުހިންދާލީމާ މީހާގެ ޞަޚްޞިއްޔަތުވެސް ހިނދުނީ!

  6
  6
 3. ޝީޒާ

  ބަނޑު ލާފަ ތިބޭ ފިރިހެނުން އެއްގޮތަކަށްވެސް ކަމަކުނުދޭ. ވަރަށް އުނދަގޫ ގެންގުޅެން