ބޭނުންވާ ތަކެތި

2 ޖޯޑު ފުށް 2 މޭޒުމަތީ ސަމްސާ ހަކުރު (މުގުރާފައި) 2/3 ޖޯޑު ކޮކޯ ޕައުޑަރ 2 ބިސް 1 1/2 ޖޯޑު ކިރު 1/4 ޖޯޑު ބަޓަރު (ވިރުވައިފައި)

ތައްޔާރުކުރާނެ ގޮތް

ފުށާއި ހަކުރު އަދި ކޮކޯ ޕައުޑަރ ތަށްޓެއްގައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބިސް އަޅާލުމަށްފަހު، ރަނގަޅަށް އެއްކޮށްލާ، ކިރު ފޮދުވެސް އަޅާލައިގެން ގިރާލާށެވެ. އުނދުން މައްޗަށް ތަވާއެއް އުދައި ހޫނުވުމުން ބަޓަރު ކޮޅެއް އުނގުޅާލައި، ގިރާފައިހުރި ފުށްގަނޑުން އެތިކޮޅެއް އުނދުޅިއަކުން އަޅާށެވެ. އެއްފުށް ފިހެވުމުން އަނެއް ފުށަށް ޖަހާށެވެ. އެއްކޮށް ފުށްގަނޑު ފިހެވުމުން ދެ ޕޭން ކޭކް ދޭތެރެއަށް ޗޮކްލެޓް ސޯސް އަޅައިގެން ކާލާށެވެ.