އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުވެވަޑައިގަތް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް އެގައުމުގެ ފުރަތަމަ އަދި ކަޅު ނަސްލުގެ ފުރަތަމަ ނައިބު ރައީސް ކަމަލާ ހެރިސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ޖެނިފާ ލޮޕޭޒް ހިތްގައިމު ލަވައެއް ހުށަހަޅައިފިއެވެ.

https://www.instagram.com/tv/CKRrW4rplHu/?igshid=1g3ur05xphd4g

މަޝްހޫރު އެތައް ލަވައެއް ހުށަހަޅައި ދީފައިވާ އުމުރުން 51 އަހަރުގެ ކުޅަދާނަ ލަވަކިއުންތެރިޔާ ހަފްލާގައި ހުށަހަޅައި ދިން ލަވަތަކަކީ ”ދިސް ލެންޑް އިޒް ޔޯ ލެންޑް“ އާއި ”އެމެރިކާ އިޒް ބިއުޓިފުލް“ ލަވައެވެ. އެމެރިކާ ސަރުކާރުގެ އެތައް ބައެއް އެ ހަފްލާއަށް ދިޔައިރު ޖެނިފާ ލޮޕޭޒްގެ ހުށައަޅައިދިނުމަށް އެތައް ބައެއްގެ ތައުރީފު ލިބިގެން ދިޔައެވެ.

ޖެނިފާ ލޮޕޭޒް ވަނީ އޭނާ ހުށައަޅައިދިން ލަވައިގެ ވަކި ހިސާބަކުން ސްޕެނިޝް ބަހުން ވެސް ޖުމްލައެއް ބުނެފައެވެ. އޭނާ ބުނީ، އެމެރިކާއަކީ މިނިވަން އަދި އެންމެންނަށް އިންސާފުވެރި ގައުމެއް ކަމަށެވެ.

ޖޯ ބައިޑެން އަށް އެމެރިކާގެ ރައީސް ކަމުގެ ހުވާ ލާ ދެއްވީ އެޢައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްއެވެ. އަދި ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ކަމަލާ ހެރިސްއަށް ހުވާ ލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޮމަޔާއެވެ.