އިސްކޮޅު ދިގު ކުރަން އެމެރިކާގެ މީހަކު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފިއެވެ.
"ޑެއިލީ މެއިލް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ ޓެކްސަސްގައި ދިރިއުޅެމުން އަންނަ އެލްފޮންސޯ ފްލޮރެސޯ އަކީ އަބަދުވެސް އިސްކޮޅުން ދިގުވާން ބޭނުން މީހެކެވެ. އެއީ ކުޑައިރުއްސުރެން އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.
މި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ވަނީ ޖުމްލަ 84،000 އެމެރިކާ ޑޯލަރު (1،295،280 ރުފިޔާ) ހަރަދު ކޮށްފައެވެ.
މި ހުވަފެން ހަގީގަތަކަށް ހެދުމުގެ ބޭނުމުގައި އޭނާ ވިސްނީ އޮޕަރޭޝަނެއް ކުރުމަށެވެ. އޭނާގެ މި އޮޕަރޭޝަން ކޮށްފައިވަނީ ހާވާޑުން ކިޔަވައިގެން ހުރި ކަށީގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު ކެވިން ޑެބިޕާޝާޑްއެވެ.
ޖުމްލަ 84،000 އެމެރިކާ ޑޯލަރު (1،295،280 ރުފިޔާ) ހަރަދު ކޮށްގެން އޭނާ ވަނީ ހަ ފޫޓޫ އެއް އިންޗިއަށް ދިގުވެފައެވެ. އޭގެ ކުރިން އޭނާގެ އިސްކޮޅުގައި ހުރީ ފަސް ފޫޓޫ 11 އިންޗެވެ.
"އަޅުގަނޑަށް އެނގޭ ފަސް ފޫޓޫ 11 އިންޗަކީ އެއީ އެންމެ ރަނގަޅު ވަރުގެ އިސްކޮޅުކަން. އަދި ގިނަ ބަޔަކު އެހާ ދިގުވާންވެސް ބޭނުންވާކަން. އެކަމަކުވެސް އަޅުގަނޑު ބޭނުންވީ ކުޑަ ތަންކޮޅެއް ދިގުވާން" އެލްފޮންސޯ ބުންޏެވެ.
އޮޕަރޭޝަނަށް ފަހު އޭނާ ވަނީ ނަގާފައިވާ ބައެއް ފޮޓޯތައް މީސްމީޑީއާގައި ހިއްސާ ކޮށްފައެވެ. އެ ފޮޓޯތަކުން ވަރަށް ބޮޑަށް އޭނާގެ އިސްކޮޅުން ދިގުވެފައިވާ ކަން ފެނެއެވެ.
އޮޕަރޭޝަނަށް ފަހު ނަގާފައިވާ ފޮޓޯތައް މީސްމީޑިއާގައި ފެންނަން ފެށުމާއެކީ ބައެއް ފަރާތްތަކުން ވަނީ މައިބަދައިގެ އެފަދަ އޮޕަރޭޝަނެއް ކުރާއިރު، އިންސާނާއަށް ގެއްލުންވާނެ ކަމަށް ވެސް ސުވާލު އުފައްދައިފައެވެ. ނަމަވެސް އެފަދަ މައްސަލައެއް ދިމާ ނުވެ އޭނާގެ އޮޕަރޭޝަން ކާމިޔާބު ވުމުން ގިނަ ބަޔަކަށް ވަނީ އުންމީދު އާވެފައެވެ.
އެސޮރުކައިރީގައި ބުނޭ އަންހެނުން ހައިހީލްސަށް އަރައިގެން އުޅޭށޭ! އޭރުން ތި ހުރިހައި ސަކަރާތްތަކެއް ޖަހާކަށް ނުޖެހޭނެޔޭ!
އެއްވެސް މައްސަލައެއް ދިމާ ނުވާކަން ވަރަށް އަވަހަށް އެނގޭނެ އޭނައަށް