ބޮލީވުޑްގައި މިހަރު ފިޔަޖަހަމުންދާ ތަރި ސަނީ ލިއޯން މި ވަނީ ކުޑައިރު އޭނާއަށް ކުރިމަތިލި ހިތްދަތި ދުވަސްތަކުގެ ވާހަަކަތައް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި، ކެނެޑާގައި އޭނާ ދިރިއުޅެމުންދިޔައިރު، ގަނާގެ ޝިކާރައަަށް ވިއެވެ.

އޭރު އޭނާ ހުންނަ ގޮތުން ގިނަ ބަޔައެއްގެ މަލާމަތް ރައްދުވާ ކަމަށް ސަނީ ބުނެފައި ވެއެވެ.

ސަނީ އަކީ ކެނެޑާއަށް އުފަން މީހެކެވެ. ސިޚް އާއިލާއަށް ނިސްބަތްވާ ސަނީ އުޅެ، ބޮޑުވެފައި ވަނީ ވެސް ކެނެޑާއަށެވެ.

އިންޓަވިއުއެއްގައި ސަނީ ވަނީ އޭނާ ގަނާގެ ޝިކާރައަކަށްވި ވާހަކަ ހިއްސާކޮށްފައެވެ. އެނާ ބުނީ، ކުޑައިރު އޭނާ ހެދުން އަޅަނީ އެހާ ރަނގަޅަށް ނޫން ކަމަށެވެ. އަދި އޭނާ ހުންނަ ގޮތުން މީހުން އޭނާއަށް މަލާމަތް ކުރާ ކަމަށާއި، އެއީ މަޖާ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އަދި ބޮޑުވަމުން އައި އިރު ވެސް އެހާ ރަނގަޅަށް ކަންކަން ގޮސްފައި ނުވާ ކަމަށް ސަނީ ބުނެފައި ވެއެވެ. އަދި އޭނާ ވަނީ އޭރު ގަނާ ކުރި ގޮތަށް މުޅި ދިރިއުޅުމުގައިވެސް އެކަމާ ކުރިމަތިލާން ޖެހުނު ކަން ކިޔައި ދީފައެވެ.

ސަނީ ބޮލީވުޑްގެ ގިނަ ފިލްމްތަކުގައި މަސައްކަތް ކުރިއެވެ. އޭގެ ތެރޭގައި ވަން ނައިޓް ސްޓޭންޑް، ޖިސްމް2، ރަގްނީ އެމްއެމްއެސް2، ރައީސް، އޭކް ޕެހެލީލާ ހިމެނެއެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާއިރު، އަނަމިކާ، ރަންގީލާ، ވީރާމަހްދޭވީ ހިމެނެއެވެ.

ސަނީ ކައިވެނިކޮށްގެން އުޅެނީ ޑޭނިއަލް ވެބާއާއެވެ. ދެމަފިރިންގެ ތިން ދަރިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ގަނާކުރުމަކީ ޤަބޫލުކުރާކަމެއްނޫން! ދެން އެކޮއި ބަރަހަނާ ގަނާއަކަށްވީ ކީއްވެޔޯ!

    19
    3
    • ސޯލާާ ލިއޯން / ލޫނާރ ލިއޯން

      ސާބަހޭ ހުސޭނުބޭ ލަޓޯފަޓޯ އެކޮއި އެކޮއި އެކޮއި އެކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި ކޮއި

      9
      2
  2. ލީލާ

    ގަަނާ

  3. އެމަންޖެ

    ގަނާގެ ޝިކާރަކަށްވެގެން ރޯ އޮރިޔާމުން ފާހިޝް އަމަލުތައް ކުރަމުން ދުވުނީ އެކަން ކުރަން ފެށީމަ ގަނާކުރުން ހުއްޓި މީހުންގެ ލޯތްބާ އަޅާލުން ލިބުނު ދެއްތޯ...މިހާރުވެސް ކުޅޭ ފިލްމުތަކުން މީހުންގެ ލޯބި ހޯދަން އުޅޭހެން ހީވަނީ.

    10
    1