ޓްވިޓާއަކީ މީސްމީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގްބޫލު އެއް ވަސީލަތެވެ. ދިވެހިންގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް ވަސީލަތަކަށް ވާނީ ޓްވިޓާއެވެ. ޓްވިޓާއަކީ ހުޅުވިފައިވާ ދުނިޔެއާ ވަރަށް ބޮޑަށް ގުޅުވައިދޭ ވަސީލަތެކެވެ. އަދި ދުނިޔޭގެ ގައުމުތަކުގައި ހިނގާ އެކި ކަންކަމާ ޓްރެންޑުތައް ރާއްޖެއާ ހަމައަށް އައުމުގައި ވެސް ޓްވިޓާ ބޮޑު ރޯލެއް އަދާކުރެއެެވެ.

އިއްޔެއިން ފެށިގެން ޓްވިޓާގައި ތަރުކާރީ އާއި މޭވާ ނޫން އެހެން ކާނާގެ ބާވަތްތައް ދޫކޮށްލަން ގޮވާލާ ޓްވިޓާ ބަޒް އެއް ވަނީީ އުފެދިފައެވެ. އެއާއެކު މީހުން ވަނީ ވެޖިޓޭރިއަން ކެއުމުގެ ފައިދާތައް މީސްމީޑިއާއަށް އޮއްސާލާފައެވެ. އެކަމަކު މިއަށް ޖޯކުު ޖެހި މީހުންވެސް އެބަތިއްބެވެ. ވެޖިޓޭރިއަން ޑައިޓްތަކުގެ މައުލޫމާތުވެސް މި ޓްރެންޑާއެކު އެތައް 100 ބަޔަކު ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ.

ވަރަށް ގިނަ ދިރާސާތަކުން އެނގޭ ގޮތުން ތަރުކާރީ އާއި މޭވާ ހިމެނޭ ބެލެންސް ޑައިޓެއް ގެންގުޅޭ ނަމަ ވަރަށް ސިއްހަތަށް ފައިދާވެއެވެ. ނަމަވެސް މަހުގެ ބާވަތްތަކުން ވެސް ލިބޭ ފައިދަ ކުޑައެއް ނޫނެވެ. ހަމައެކަނި ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް ކެއުން ބައްޓަން ކުރާ ނަމަ ހަށިގަނޑުގައި ހިމެނޭ ކޮލަސްޓްރޯލްގެ މިންވަރު ދަށް ކޮށްދެއެވެ. އަދި ޓައިޕް ދޭއްގެ ހަކުރު ބަލި ޖެހުމާއި ދުރުކޮށްދިނުމުގެ އިތުރުން ހުރިހާ ވައްތަރެއްގެ ކެންސަރަކާއި ދުރުކޮށްދެއެވެ.

އަދި ޕްރޮޓީން އާއިި ފައިބަ އަދި މިނަރަލްސްގެ އިތުރުން ވިޓަމިން ހިމެނޭ މިންވަރަށް ބަލާ ނަމަ މަހުގެ ބާވަތްތަކުގައި އެ މާއްދާތައް ހިމެނޭ މިންވަރު މަދު ކަމށް ވެސް ޓްވިޓާގައި އާއްމުން ވަނީ ބުނެފައެވެ.