ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާންއާ ވައްތަރު މީހަކު ފެނިގެން އެތައް ބަޔަކު އެ ވާހަކަދަނީ ދައްކަމުންނެވެ. އޭނާ ވައްތަރީ އިމްރާން ޙާން ޒުވާން އުމުރުގައި ހުންނަ ގޮތާއި ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ އިމްރާން ޚާން އާ ވައްތަރު މީހަކު ރިކްޝޯއެއް ދުއްވާ މަންޒަރެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ ޕާކިސްތާންގެ ސިއަލްކޮޓް ސިޓީގައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަކާއި ވައްތަރު ހަތް މީހަކު ތިބޭނެއެވެ. މިއީ އެކަމަކު އަސްލު ތިއޮރީ އެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

އެހެން ނަމަވެސް މީސް މީޑިއާގައި އެތައް ބައެއްގެ ސަމާލުކަން މި ވީޑިއޯއަށް ލިބިގެން ގޮސްފައިވާއިރު، މިއީ އިމްރާން ޚާންގެ ޑޮޕްލެގެންގާ ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ. އެހެންކަމުން އެ ތިއޮރީ ގަބޫލުކުރަން މި ވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުއްމާރި

    ދެރަންމަތި. ހާދަ ވައްތަރޭ

  2. އެސޮރު

    އަންނިޔާ ވަރަށް ވައްތަރު ބޭފުޅުން ފެނޭ ބިތައްޖެހިފަ ތިބޭތަން.

    5
    2