2009 އަހަރު ޒީ ޓީވީއިން ދެއްކި ޑްރާމާ ''ޕަވިތުރަ ރިޝްތާ'' އިން އެކްޓިން ކެރިއަރ ފެށި ސުޝާންތު ސިންގް ރާޖުޕޫތުގެ މި އަހަރުގެ އުފަންދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ވަނީ ސުޝާންތު ޑާންސް ކުރާ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައެވެ.

ޝާހުރުކް ޚާންގެ ''ޖާދޫ ތޭރީ ނަޒަރު'' ލަވައަށް ސުޝާންތު ޑާންސްކޮށްފައިވާ މި ވީޑިއޯ އިންސްޓަގުރާމުގައި ހިއްސާކޮށް އަންކިތާ ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔައި އަދި ސުޝާންތުއަކީ ޝާހުރުކް ޚާންގެ ބޮޑު ސަޕޯޓަރެއްކަމަށް ބުނެފައެވެ.

އަންކިތާގެ މި ޕޯސްޓުގައި ސުޝާންތު ކޮންމެ ތަނެއްގައިވީ ނަމަވެސް އަބަދުވެސް ހިނިތުންވެފައި ހުރުމަށް ވެސް ލިޔެފައިވެއެވެ. އަންކިތާގެ މި ޕޯސްޓަށް ސުޝާންތާއި އަންކިތާގެ ސަޕޯޓަރުންގެ އިތުރަށް ޓެލެވިޜަން އިންޑަސްޓްރީގެ ވެސް ބައެއް ފަންނާނުން ކޮމެންޓް ކޮށްފައިވެއެވެ.

މި ވީޑިއޯގައި ސުޝާންތުގެ ނެށުމުގެ ހުނަރުގެ އިތުރުން އޭނާގެ އެކްޓް ކުރުމުގެ ހުނަރު ވެސް ދައްކުވައިދީފައިވެއެވެ. ވީޑިއޯ ފެށޭއިރު ސުޝާންތު އެކަނި ޑާންސްކުރި ނަމަވެސް ފަހުން އަންކިތާ ވެސް ސުޝާންތުއާއި ބައިވެރިވެފައިވެއެވެ.

 

View this post on Instagram

 

A post shared by Ankita Lokhande (@lokhandeankita)

''ޕަވިތުރާ ރިޝްތާ'' ޑްރާމާގެ ދުވަސްވަރު އަންކިތާއާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނެވެ. އަދި މި ގުޅުން ހަ އަހަރު ވަންދެން އޮތެވެ. ނަމަވެސް އޭގެފަހުން ދެމީހުން ވެސް ވަނީ މި ގުޅުން ނިންމާލާފައެވެ.

ނަމަވެސް ދެމީހުންގެ ރަހުމަތްތެރިކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ސުޝާންތުގެ ކޮންމެ ފިލުމެއް އެޅުވުމުން ވެސް އެކަމާއި ގުޅިގެން ވާހަކަ ދައްކައި ކަަމަށާއި ހާލު އަހުވާލު ބަލައިކަމަށް އަންކިތާ ބުނެފައިވެއެވެ.

ސުޝާންތު މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ މުމްބާއީގައި ދިރިއުޅުނު އެޕާޓްމަންޓުންނެވެ.