ލޯތްބަކީ ވަރަށް ތަފާތު އެއްޗެކެވެ. ބައެއް މީހުންނަށް ލޯބި އެހެން މީހުން ދައްކަން ނޭގުނު ނަމަވެސް، ވަރަށް ލޯބިން އުޅެން އިނގޭ މީހުން އުޅެއެވެ. އެ މީހުންނަކީ ކޮންމެ ދުވަހަކުވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް އެކި ގޮތް ގޮތުން ލޯބިވާކަން ސާބިތުކޮށްދޭ މީހުންނެވެ. މިއީވެސް އެފަދަ ފިރިހެނެކެވެ.

އެމެރިކާގެ އޮކްލަހޮމާގައި ދިރިއުޅެމުން އަންނަ ޖެފް ނަމަކަށް ކިޔާ މި ފިރިހެން މީހާ އާއި އޭނާގެ އަނބިމީހާ ކައިވެނިކޮށްގެން އުޅެނިކޮށް 2013 ވަނަ އަހަރު އެ ކައިވެންޏަށް ހިޔަނި އެޅުނީ އަނބިމީހާ އެކްސިޑެންޓެއްވެ ހުރިހާކަމެއް ހަނދާން ނެތުނު ހިސާބުންނެވެ.

އޭންޖަލާ ނަމަކަށް ކިޔާ އެ އަންހެން މީހާ އެ އެކްސިޑެންޓަށް ފަހު ކޯމާއަކަށްވެސް ދިޔައެވެ. އަދި އޭނާ ވަނީ ހުރިހާ ކަމެއް ހަނދާންވެސް ނެތިފައެވެ. ފިރިއެއް ހުންނަކަންވެސް އޭނާއަށް ނޭނގެއެެވެ.

އެހެން ނަމަވެސް އޭނާ ކައިވެނި ކުރި އެ ފިރިހެން މީހާ ދެކެ އަނެއްކާ ފަހުން އޭނާއަށް ލޯބިވާން ފެށުނީއެވެ. އެއީ އެ ފިރިހެން މީހާގެ ރަނގަޅުކަމުންނެވެ. އެންމެ ފަހުން މި ދެ މީހުން ވަނީ ސެންޓްރަލް ޕާކުގައި ކައިވެނިކޮށްފައެވެ.

އެންޖަލާ ބުނިގޮތުގައި، އޭނާ ހަނދާން ހުރީ އޭނާގެ ފުރަތަަމަ ފިރިމީހާއާއި ކައިވެނި ކުރި ހަނދާން ކަމަށެވެ. ފުރަތަމަ ފިރިމީހާ މަރުވި ހަނދާނެއް އޭނާގެ ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންޖަލާ ބޮޑު ވެހިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ވަރަށް ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ.

އެކްސިޑެންޓަށްފަހު އޭންޖަލާ އޭނާގެ އާއިލާ ކައިރިއަށް ބަދަލުވި ނަމަވެސް، އޭނާ މިހާރު ތައްޔާރުވަމުން ދަނީ އެނބުރި ނިއުޔޯކަށް ބަދަލުވާށެވެ.

ކިޔުންތެރިންގެ ހިޔާލު