މިއީ މީސް މީޑިއާގައި ދައުރުވާން ފެށި ފޮޓޯއެކެވެ. ފޮޓޯއިން ފެނިގެން ދަނީ ދެ އަންހެނުންނެވެ. އެ ފޮޓޯއަކީ ސީދާ ރާއްްޖޭގެ ފޮޓޯއެއްކަން އެނގެން ނެތް ނަމަވެސް ފޮޓޯއަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ އެކަކު ހެދުން އަޅާފައިވާ ގޮތުންނެވެ.

މި ފޮޓޯއަކީ ހުޅުމާލޭގައި ނަގާފައިވާ ފޮޓޯއަކާއިވެސް ވައްތަރެވެ. ނަމަވެސް އެކަންވެސް ކަށަވަރު ނުވެއެވެ.

ފޮޓޯއިން ފެނިގެންދާ އެއް އަންހެނަކު ފެނިގެން ދަނީ ބްރައުން ވައްތަރެއްގެ ހެދުމެއް ލައިގެން ހުއްޓާއެވެ. އޭނާ ހުރީ ތިރިން ކަޅު ކުލައިގެ އެއްޗެއް ލައިގެންނެވެ. އަދި ހުރީ ބްރައުން ޒާތަކަަށް ދާ ކުލައެއްގެ ބުރުގާއެއް އަޅައިގެންނެވެ.

އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ދެން ހުރި މީހާއަށެވެ. އޭނާ ހުރީ ކަކުލުން މައްޗަށް ހުންނަ ވަރުގެ އަތް ކުރު ހެދުމެއް ލައިގެންނެވެ. އޭނާ އެ ހެދުން ލައިގެން ހުރިއިރު، އާއްމުންނަށް ކަމު ނުދިޔައީ، އައުރާ ނިވާ ނުވާއިރު ބުރުގާއެއް އަޅައިގެން ހުރު މުންނެވެ. އޭނާ ތިރިން އައުރަ ނިވާވާރުގެ އެއްޗެއް ލާފައެއް ނުވެއެވެ. އޭނާގެ އެއް އަތުގައި ދަބަހެއްވެސް އެބަ އޮތެވެ.

އެ ފޮޓޯ އާއްުމުކޮށްފައި ވަނީ ރިއައްޓޭ ހުޅުމާލެ ކިޔާ ޕޭޖަކުންނެވެ. އެ ފޮޓޯ އާއްމުކޮށް އެ ޕޭޖްގައި ލިޔެފައި ވަނީ އަވަސް ކުރަން ހަދައިގެން ޖީންސް ލާން ހަނދާން ނެތުނީ ކަމަށެވެ.

އެ ފޮޓޯ އާއްމުވުމާއެކު އެއްބަޔަކު ރުޅިގަދަ ވިއެވެ. އެއްބަޔަކު ބުނެފައިވާގޮތުގައި، އޭނާ ހަނދާން ނެތިގެން ބުރުގާ އެޅުނީ އެވެ.

އެ ފޮޓޯގެ ކޮމެންޓްތަކުންވެސް އެއީ ކޮން ގައުމެއްގައި ނަގާފައިވަ މަންޒަރެއްކަން އެނގޭކަން ނެތެވެ.

އެކަމަކު ބޮޑަށް ބެލެވޭގޮތުގައި، އެއީ ދިވެހިން ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަމްސިއްޔާ

    ރާއްޖޭގައކ ތިޔަ ގޮތަށް ހެދުން އަޅާ ބަނގުލަދޭޝް އަންހެނުން އުޅޭ

    33
    2
    • ރަނާ

      އެ މީހުންވެސް ތިރިން އެއްޗެއް ލާފަ ހުންނަނީ އެކަ މު އަތް ކުރު ހެދު މާއެކު ބުރުގާއަޅާ

  2. ޙުސައިން

    ރާއްޖޭގައި ހެދުންއެޅުމުގެ ގަވާއިދެއް ހަދަންޖެހޭނެ

    36
    6
    • ޢަލި

      ނުޖެހޭ ހަދާކައް އުމުރު އުޅުނަސް އެކަމެއްނުވާނެ މޮޔަވާހަކަ ނުދައްކާ

      11
      20
  3. ޅަތީފާ

    އަނެއްކާ އެޑިޓެއްނޫންތަ ތީ ބަންގާޅި އަންހެނުންވެސް ތި ފާޑަކައްއުޅޭ

    21
    2
  4. މަބުރޫކުގެ

    ތީ ޑޮލަރު އަހައްމަދާގެ ހައްވާ

    9
    1
  5. ޚާރު

    ޑިވެހި ފޫކޮޅު ތިހެން ހުރޭތަ... ތި ހީވަނީ ފަތި ޓީވީހެން

    13
    2
  6. މޮހޮނު

    ޕިލިޕީންސް ކުއްޖަކު ސްކާފެއް އަޅާފަ ތިޔަހުރި

    11
    1
  7. ހޮޓް ސީޓް

    އެންމެ އަވަހައް ދެން ފާސްކުރަމްވީ މަގުމަތީގައި އުޅޭއިރު ފޭރަމްލުމުގެ ގަވައިދެއް. މިމީހުންނަށް ބަލަން ހަދައިގެން ކިރިޔާ އެހެން މީހެއްގެ ދެފައިދޭތެއަށް ސައިކަލު ފުރޮޅު ނުވަނީ!

    9
    2
  8. ޙައްވި

    އެއީ މަ. މަހީކުރީ ޓައިޓްލެވިފަކަމަށް. އަވަހަށް ރެސްޓޯރެންޓަކުން ކެއުމެއްލިބިގެން ދާންވެގެން. ދިޔަފަހުން އެނގުނީ އެއްޗެހި ނުލެވިކަން. ޢެހެންވެ އަވަހަށް ގެޔަށް ދަނިކޮށް އެހެރީ ފޮޓޯނަގާފަ

    5
    1
  9. މޮޔަ

    ރާއްޖޭގައި އެހެން ދީންތައް ފެތުރެމުންދާ ކަމުގެ ވަރުގަދަ ހެއްކެއް

    6
    1
  10. ބުރުނީ55

    ތިޔަވާނީ ދިވެހި ފިރިހެނުންނަށް މަލާމާތް ކޮއްލުމަށް ކޮއްލިކަމަކަށް. ދިވެހިފިރިހެނުންގެ ނޮހޮރޮއްޕާން ތި ކުއްޖާއަށް ކުރާވަރުން ދިން މެސެޖް އަކާ ވައްތަރީ.

    2
    4